ރާއްޖޭގައި މިހާތަނަށް އައި އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް މިސަރުކާރުގައި މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތް ކޮށްފައިވާ ކަމަށް ރައްޔިިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިކްރާމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރި ވަރަށް އެއްވެސް ސަރުކާރެއްގައި މަސައްކަތްކޮށްފައިނުވާ ކަމަށެވެ.
އެގޮތުން ރައީސް ސޯލިހުގެ ވެރިކަމުގެ ކުރިން ފާއިތުވި 10 އަހަރުގައިވެސް މަސްތުވާތަކެތީގެ ހާލަތު ރާއްޖޭގައި އޮތް މިންވަރު ދެނެގަތުމަށް ދިރާސާއެއް ހަދާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ފަރުވާ ފޯރުކޮށްދިނުމުގައިވެސް ކުރީ ސަރުކާރުތަކުން ބޮޑެތި އިހުމާލުތަކެއް ވެފައިވަނިކޮށް، މި ސަރުކާރުން އައިސް އެ ފަރާތްތަކަށް ޖަލުތަކުގައިވެސް ފަރުވާ ފޯރުކޮށްދޭން ފަށާފައި ކަމަށް އިކުރާމު ވިދާޅުވި އެވެ.
މީގެއިތުރުން ކުރީގެ ސަރުކާރުން 300 އަށްވުރެ ގިނަ މީހުންނަށް އެކަށީގެންވާ ފަރުވާނުދީ ޖަލަށްލާފައިވާކަން އިކުރާމް ވިދާޅުވިއެވެ.
"300 އަށްވުރެ ގިނަ މީހުންނަށް އެކަށީގެންވާ ފަރުވާ ނުދީ ކުރީ ސަރުކާރުން ވަނީ ޖަލަށް ލާފައި. އެމީހުންނަށް ފަރުވާ މި ސަރުކާރުން ވަނީ ޖަލުގައި ހަމަޖައްސާދީފައި. 80 ޕަސެންޓު މީހުންނަކީ ރީހެބްނެތި ޖަލަށް ލާފައިވާ މީހުން، އެހެންކަމުން މި ސަރުކާރުން ވަނީ ޖަލުން އެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާދީފައި" އިކްރާމް ވިދާޅުވިއެވެ.
އެމްޑީޕީ ސަރުކާރެއް އައިއިރު ރާއްޖޭގައި މަސްތުވާ ތަކެތީގެ މައްސަލަތައް ހައްދު ފަހަނައަޅާފައިވާއިރު ފަރުވާ ޕްރޮގްރާމުގެ ތެރެއިން ބައެއް ޓްރީޓްމަންޓުތައްވެސް ވަނީ ހުއްޓިފައި ކަމަށާއި އެކަންކަން އަލުން ފަށައިގަނެ ދާއިރާއިން މީހުން ބިނާކުރުމަށްވެސް ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކޮށްފައިވާކަމަށް އިކުރާމު ވިދާޅުވިއެވެ. އަދި އިތުރުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން މަސްތުވާތަކެތީގެ ވަބާއިން އަރައިގަތުމަށް ފަރުވާ ދޭން ފެށީވެސް މި ސަރުކާރުންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އިކްރާމް ވިދާޅުވި ގޮތުގައި މިސަރުކާރުން މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތް ނުކުރާ ކަމަށް ބުނާ މެންބަރުން ވާހަކަދައްކަވަމުން ދަނީ ހަގީގަތާއި ދެކޮޅަށެވެ. އަދި މި ސަރުކާރުން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތް އެގެން ބޭނުން ނަމަ އަމިއްލަފުޅަށް ދިރާސާއެއް ހެދުމަށް އިކުރާމް ވަނީ ގޮވާލާފައެވެ.
ނަފްސާނީ ޑރ ބޭނުންވޭ ވ އާރޖެންޓްކޮއް
ހެއްއްއް... އަނގައެއް އޮތީމަ ލަދެއްނެތި ތަޅުވައިގަންނަނީއޭ ހަމަ
ހޫމް.. ބޭރުންވެސް މީހުންލައްވާ އެތެރެކުރުވީ..
އޭގެތެރޭގައި ސީދާ ސަރުކާރުން ބޭރުގެ އެޖެންޓުންނާ ގުޅިގެން މަސްތުވާތަކެތި އެތެރެކޮށް ވައިގެ މަގުން އެ ގެނައި އެޖެންޓުން އެނބުރި ޤައުމަށް ފޮނުވާދޭ!
މީނަ މިހުރީ ހަމަހޭގަބާ؟
އެއްވެސް ސަރުކާރަކުން ނުކުރާވަރަށް މިސަރުކާރުން މަސްތުވާތަކެތީ އެތެރެކުރަން މަސައްކަތްކުރިއެވެ. އެކަމުގެ ހެއްކަކީ ރާއްޖެއިން މިއިން ދުވަހަކު ނުފެންނަވަރަށް މަސްތުވާތަކެތިފެނިފައިވުމެވެ. އަދި މަސްތުވާތަކެތި އެތެރެކުރާ ބޭރުމީހުން ދޫކޮށްލުމެވެ. އެކަން މާރިޔާވެސް އެއޮތީއެއްބަސްވެފައެވެ.
ރޯދަވިއްލައިގެން ހަމަހޭވެރިކަންޖެހުނީމަ ނުބުނާތި އޮޅިގެން ދެއްކުނުވާހަކައެކޭ
އެއްކަލަ އިޒަތްތެރިޔާތަމީ؟؟؟
ޟީނާ ހުރީ ހަމަހޭގަބާ
މަސްތުވާތަކެތިއެތެރިކުރީމާއަދަބެނުދީފޮނުވާލުމުގެމަށެކަތޭމިސަރުކާރުންކުރީ
ތީ ވަރަށް ވީއައިޕީ ވާހަކަ އެއް
ކަލޭ ތިހުރީ ކޮށިއަރާފަ ރަގަޅަށްވެސް! މި ސަރުކާރަށް ފިޔަވައި އެއްވެސް ސަރުކާރަކަށް ޕްރައިވެޓް ފަރާތްތަކުން މިހާތަނަކަށް ޑްރަގު އެތެރެކޮށްދީފައެއް ނުވޭ! މި ސަރުކާރަށް ޕްރައިވެޓް ފަރާތްތަކުން އެތަކެއް ކިލޯގެ ޑްރަގު އެތެރެކޮށްދީފި! މީގެއިތުރުން ކަސްޓަމްސްގައި ހުރި 25 ކިލޯގެ ޑްރަގު ސަރުކާރުން ވަނީ ވަގަށްނަގައި ފޮރުވާފަ! މިހިރަ މީހެއްގެ ލަދުކުޑަކަމާއެވެ!!!!
މީ ހަމަބުއްދި ފިލާފައި ހުރި މީހެއް އޭނަގެ ދާއިރާ މުލި ދިއްގަރު ގައި ޑްރަގު ބޭނުންކުރާ ކިތަން މީހުން އުޅޭތޯ އޭނަ ބަލަންވެއްޖެނު މިހާރު ޑަރަގު މީހުން ވައްކަން ކުރާވަރަކީ ރޯދައަށް ހަދާފައި ހުރި ހަވާދު ކޮޅުވެސް ވިއްކަނީ މީ އެބުނާ ކޮންޓަރޯލްއަކީ
ފޮނި ކިބުރުވެރިޔެއް، ކަލޭ ވީނުން އިންޑިޔަން އައިޑޮލް އަކަށް ވެގެން މިރާއްޖޭން ފެއްސެން.
ކަލެއަށް ކިހާވަރެއްދީގެން ތިޔަވަކާލާތުކުރަނީ ޑުރަގުކޮޅުއަތުލާފަ ފޮނުވާލުމަކީ ދެކޮޅަށް މަސައްކަތްކުރުންތަ އަދި އެއްއައިނުއަޅާބަލަ ވިކުނަސްތީ ބޮޑުވަރު.