މިހާރުވެސް މަސައްކަތްތެރިންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ، ނަސްލީ ތަފާތެއް އަދި މިންތީ ތަފާތެއް ނެތި، ވަރަށް އިންސާފުވެރި ސިޔާސަތެއްގެ ދަށުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަހަރުގެ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިޠާބުގައެވެ. ރައީސް ވިދާޅުވީ ދޭސީންނާއި ބިދޭސީން ފަރަގުކުރުމެއް ނެތި، ހުރިހާ މަސައްކަތްތެރިންގެ ޙައްޤުތައް ކަށަވަރުކޮށްދެމުން މި އަންނަނީ، އެއިން ކޮންމެ މީހަކުވެސް އެ އަދާކުރަނީ ޤައުމީ ތަރައްޤީގެ ވަރަށް މުހިންމު ދައުރެއްކަން ޤަބޫލުކުރަމުން ކަމަށެވެ.

ނަމަވެސް މަސައްކަތްތެރިންގެ ޙައްޤުގައި ކުރަންޖެހޭ ކިތަންމެ ކަމެއް އަދިވެސް ހުރިކަން ފާހަގަ ކުރެވޭ ކަމަށާއި އަދި އެކަންކަން ކުރުމުގައި ސަރުކާރު ދެމިއޮންނާނެކަމުގެ ޔަޤީންކަން ވެސް، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރުވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ޕްރައިވެޓް ސެކްޓަރގެ ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ މީހުންގެ ޙައްޤުތައް ވެސް، އެމީހުންގެ އިންސާނީ ކަރާމާތާއި، ޤާނޫނީ ގޮތުން ލިބެންޖެހޭ ޙައްޤުތަކަށް އުނިކަމެއް ނާންނާނެ ގޮތެއްގެ މަތިން ލިބިދިނުމަށް އިލްތިމާސް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ތެރޭގައި ވަޒީފާ އަދާކުރާ އެންމެހައި މަސައްކަތްތެރިންގެ މެދުގައި ހަމަހަމަކަން ޤާއިމުކޮށް، އެ މީހުންގެ އިންސާނީ ޙައްޤުތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތައި، އެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް މި ފުރުޞަތުގައި އަޅުގަނޑު ގޮވައިލަމެވެ. މަސައްކަތްތެރިންނަށް ހޯދައިދެވޭ މިފަދަ ކޮންމެ ރަނގަޅަކީ، ދިވެހި ރައްޔިތުންނަށް ހޯދައިދެވޭ ރަނގަޅެކެވެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ޢާއިލާތަކުގެ ފޯރުންތެރިކަމާއި ތަނަވަސްކަމާ ގުޅިފައިވާ މިފަދަ ބަދަލުތައް ގެނައުމުގައި ސަރުކާރަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ، ޞުލްޙަވެރިކަމާއި ހަމަޖެހުމުގެ މަތީގައި ދެމިތިބުމަށް ރާއްޖޭގެ ލޮބުވެތި ރައްޔިތުން ދެއްވާ އިސްކަމެވެ. ދިވެހި ޤައުމުގެ ލާބަޔާއި މަންފާއަށްޓަކައި މިކުރާ މަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އަދިވެސް އިތުރަށް ދެއްވުމަށް ރައްޔިތުންނަށް އިލްތިމާސްކުރާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހާ އަޅުގަނޑުމެން ކުރިމަތިލާއިރު، މިދިޔަ ހަތަރު އަހަރެއްހާ ދުވަހަކީ، ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މަސައްކަތްތެރިންގެ ޙައްޤުގައި، ދިވެހި ސަރުކާރުގެ ފަރާތުން މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ދުވަސްތަކެއްކަން ފާހަގަކޮށްލެވޭ ކަމަށެވެ. "ވިހެއުމާ ގުޅިގެން މަންމައަށް 6 މަސްދުވަހުގެ މެޓަރނިޓީ ލީވް، އަދި ބައްޕައަށް 1 މަސް ދުވަހުގެ ޕެޓަރނިޓީ ލީވް، ސަރުކާރުން ހަމަޖެއްސީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އަދި މުވައްޒަފުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖް އަޅުގަނޑުމެން ކަނޑައެޅީ 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އަދި ސަރވިސް ޗާޖްގެ ފައިދާ، މުވައްޒަފުންނަށް ހަމަހަމައަށް ލިބިދެވޭނެ ގޮތަށް ޤާނޫނަށް ވާނީ އެ ބަދަލު ގެނެސްފައެވެ." ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޅޮލް

    ޝަހާދެއް މީހަކު އަވަދިވެދާނެ

    10
  2. ވަރައް ވާހަކަ

    މަސަތްކަތްތެރިންގެގޮތުގަ މިސަރުކާރުން ބަލައިގަންނަނީ ސިޔާސީމުވައްޒަފުން. ލޮލް

    11
  3. ރަސްދޫ

    ކަލޭ ތީ ބޮޑު ވަގެއް …

  4. ޝާން

    ހިންނަވަރު އިބްރާހީމް ކަލޭގެ ލަދުޙަޔާތް ކޮބާ؟

  5. ފައިމާ

    ފޫއްސެއްވޭ ހުވާ ވަގު ފެނުނަސް

  6. އަލީ

    ކަލޭތީ މި ގައުމައް ޖެހިފަ ހުރި ބޮޑު ބަލާވެރިކަމެއް.

  7. ދަރަނި ދަންތުރަ

    ހިސާބުން އެއްކޮށް ކަނޑާ ގުނަކޮށް ގެއްލަން ނޭންގޭ ބުރާންޗަކަށް ތަފާތު އެނގޭނީ ކިހެނަކުން ، ތަފާތު ނޭންގޭ ބީތާޔަކަށް ތަފާތު ނުކޮށް ކަމެއް ކުރަން އެނގޭނީ ކިހެނަކުން ، ހުރިހާ ރައްޔިތުންގެ ޖީބުން ނޮޅައިގެން ވަކިބައެއްގެ މުސާރަ ބޮޑުކުރުން މިއީ ތަފާތުކުރުމެއްނޫންތަ ؟ ހިންނަވަރު ޗޯރޭ ބުނެބަލަ

  8. އަލީ

    ކަލޯ ތިކިޔަކިޔަނީ ކީކޭތަ ބޮޑު ވަގު ޗޯރުއިބޫ