މި ސަރުކާރުގެ ދައުރު ނިމެން ކައިރިވީމަ ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަނީ ވޯޓަށް ނުފޫޒު ފޯރުވުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްގެ ސްޕެޝަލް އެޑްވައިޒަރ ޢަބްދުﷲ ނަވާޒް ވިދާޅުވެއްޖެއެވެ.

މީގެ ކުރީގައި ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމް ފުރާފައިވާ ނަވާޒް މިގޮތަށް ވިދާޅުވެފައިވަނީ ފުލުހުންގެ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅަކާއި ގުޅުވައިގެން ކުރެއްވި ޓްވީޓެއްގައިއެވެ.

"ފުލުހުނާއި ސިފައިންނަށް ރައީސް ސޯލިހްގެ ރިޔާސީ ދައުރު ނިމެންދާއިރުވެސް ތަރައްޤީގެ އެއްވެސް މަސައްކަތެއް ކޮއްދެވިފައެއް ނުވޭ. ދެންދައުރު ނިމެންދާންފެށީމާ ތިޔަޒާތުގެ ކަންކަންތިޔަކުރަށް ވަނީ ސީދާ ވޯޓަށް ނުފޫޒު ފޯރުވުމަށް" ނަވާޒްގެ ޓްވީޓްގައި ވިދާޅުވިއެވެ.

ދިވެހި ފުލުުހުންގެ ހިދުމަތަށް 90 އަހަރު ފުުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ދައުލަތް ހިންގުމުގެ ނިޒާމް ހަރުދަނާ ކުރުމުގެ އެންމެ މުހިންމު ކަމަކީ ދައުލަތުގެ މުވައްޒަފުންނަށް ރަނގަޅު ގޮތްތައް ހަމަޖައްސާ ދިނުން ކަމަށެވެ.

ރައީސް ވިދާޅުވީ، މިހާރު ފަށައިފައިވާ ޕޭ ހާމައިޒޭޝަންގެ މަސައްކަތުގެ ތެރެއިން ފުލުހުންނާއި ސިފައިންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސް ދޭނެ ކަމަށެވެ.

"އެކަމާ ބެހޭ ދިރާސާތައް މިހާރު ޕޭ ކޮމިޝަނުން އަންނަނީ ކުރައްވަމުން، މި ދެންނެވި ޕޭ ހާމައިޒޭޝަންގެ މަސައްކަތް ނިމިގެންދާއިރު ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަމާޒަކީ ފުލުހުންގެ ތެރޭގައި ހިދުމަތް ކުރާ ކޮންމެ މީހަކީ ހިދުމަތް ކުރާ ދާއިރާއާ ގުޅޭގޮތުން ތައުލީމާއި ތަމްރީނު ހޯދައިގެން ހިދުމަތްދޭ މީހަކަށް ހެދުން ކަމަށެވެ. އޭގެ ތެރޭގައި އައްޑޫގައި ހުޅުވި ފުލުހުންގެ އެކަޑަމީއަކީ ފެންވަރު ރަނގަޅު ފުލުހުން ތަރައްގީ ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާ ކުރާނެ ވަރަށް ބޭނުންތެރި މުވައްސަސާއެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ފުލުހުންގެ ތެރޭގައި ވަރަށް ތައުލީމީ ތަޖުރިބާކާރު ފުލުހުން އެބަތިބި ކަމަށާއި، ފުލުހުން ތަރައްގީއަށް މިހާރު ކުރިއަށް އެ ގެންދަނީ ޒަމާނީ ޓެކްނޮލޮޖީއާ އެބޭފުޅުންގެ ތައުލީމާއި ތަޖުރިބާގެ އަލީގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަލީ އަލީ

    އެގޮތަށް އެކަން ހިނގާނީ !!!
    އެކަން ނޭނގޭ ދިވެއްސަކު ނޫޅޭ!!!

  2. ާމުހައްމަދު

    އެވަރުގެ މަގާމެއް އަދާކުރިއަސް މީނައަކީއެއްވެސް ފެންވަރެއް ހުރި މީހެއްނޫން މާ މަޝްއޫވާން ވެގެން އަބަދުވެސަ ހެޑްލައިނެއް އަޅާލެވޭތޯ އުޅޭމީހެއް

    2
    1
  3. ޢަހޫ

    ނަވާޒު ލަދުކޮބާތޯ .ޕެރަޑައިސްގަ ހިފާލީ ގާ އަޅާފަހުރި ދަބަހެއްތޯ.

    1
    1
  4. ދަރަނި ދަންތުރަ

    މުޅިގައުމު ދަވާލާފައިވެސް ދެވަނަ ދައުރެއް ހޯދަން ތެޅިބާލަނީ ދިވެހިން މިކަލޭގެ އާމެދު ސަމާލުވޭ ، ދިވެހި ގައުމާ ދިވެހިންގެ ދުވަސް ދުއްވާލަން ހިންނަވަރު ޗޯރު މިރާވަނީ

  5. ބަރޯ

    ހާސްނުވޭ ބްރޯ ދިވެހި ފުލުހުން ސިފައިން ގްނބޯ ނުހެއްދޭނެ ދޯ. ޢެންމެންނަށްވެސް އެނގޭ ވާހަކައެއް ބްރޯތި ދައްކަނީ، މިދުވަސްވަރު ހެޔޮވެރިކަމެއްގެ ސިފަދައްކުވަން އިންތިހާބް ނޭފަތުކުރީގަ އިންދަ ކުރަމުންދާ ކަންކަން ބަލައިގަނެ ވޯޓްލިބޭނެކަމަށް ބެލުމީ މޮޔަކަމެއް.

  6. އަލްޖިބްރާ

    ކަލޭގެ ހަޤީޤަތްވެސް ނުދަންނަ ދިވެއްސަކު މިއުޑުދަށުގައި ނޫޅޭނެ ! ޔާމީންގެ ވެރިކަމުގައި ކަލޭމެންނަކީ އާއްމުން ބިރުން ސިއްސާއިގެން ދާވަރުގެ ބަޔަކަށް ހަދާނަމޭ ބުނީވެސް ކަލޭ ! ކަލެއަށް ހީވިކަހަލަ ދުނިޔެ އޮޅާލާފަ ހުރިހާބާރެއް ކަލެއަށް ލިބުނީ ކަމަށް ! މިހާރު ތިހިރީ ރާކަނިމަސް ކެވިފައެއްނު ؟

  7. ނަމަސްތޭ

    ހަމަ ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ . . . ސިޔާސީ ގުނބޯލުންތީ . . .ހަހަހަހަހަހަ

  8. ޙޮބޭ

    ތިއީ އިސްވެރިޔަކަށްހުރިއިރު ކަންކަން ނުބެލެހެއްޓުނު މީހެއް! ބޮޑު ފޭލިޔަރެއް.