ތ.އަތޮޅު ހިރިލަންދޫގައި ގެއެއްގެ ތެރެއަށް ވަދެ ދެމީހަކަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.

ފުލުހުން ވިދާޅުވީ ހިރިލަންދޫ ގެއެއްގެ ތެރެއަށް ވަދެ މާރާމާރީ ހިންގާފައިވާ ކަމަށް ރޭ 22:00 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މާމާރީއާއި ގުޅިގެން ތޫނު ހަތިޔާރު ބޭނުން ކޮށްގެން މީހަކަށް އިންޒާރުދިން މައްސަލައެއް ވެސް ރޭ 22:15 ކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމާރާމާރީ އާއި ގުޅިގެން 49 އަހަރުގެ މީހަކާއި 43 އަހަރުގެ މީހަކަށް އަނިޔާވެފައިވެއެވެ. އެދެމީހުންނަށް ހިރިލަންދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ތ.ވޭމަންޑޫ ހޮސްޕިޓަލަށް މިހާރު ވަނީ ގެންގޮސްފައެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ އާއި ގުޅިގެންނާއި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ރަށުގގެ އަމަންއަމާންކަން ނަގާލަން މަސައްކަތް ކުރި 36 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ހިރިލަންދޫގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާއި މެދު ގާނޫނީ ފިޔަވަޅު ނާޅާތީ ރަށުގެ ގިނަ ބަޔަކު ރޭ ވަނީ އެއްވެ އަޑުއުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަނަނަ

    ފަތިހާ މެންދުރާ ހުރި ގުޅުމެއް…

  2. ރަހުމަތްތެރިޔާ

    ޚަބަރު ހުރީ ލިޔެވިފަ. ރިޕޯޓް އޮތީ ކުރެވިފަ.. މިއުޅެނީ ރަށެއްގެ ރައްޔިތުންނަށް ހަމަނިދި ނުލިބިވެން. ޑްރަގާއި ވައްކަން އާންމުވެފަ. ބިރުވެރިކަން އިންތިހާއަށް ގޮސްފަ..

    20
  3. ރާސް

    ފުލުހުންނަށް ކުރެވޭ ކަމަކީ ހަމައެކަނި ތަހުގީގު. މުޖުތަމައުގެ އަމާންކަން ގެއްލިއްޖެ. ކުށްވެރިން ކުށްވެރިނުވާ ގާނޫނު ހަދައިގެން ރާއްޖޭގެ ކަނޑުވިއްކާލި މީހުންގެ ނުބައިކަން މިފެންނަނީ.