ޗާގޯސް ކަނޑުން ރާއްޖެ ގެއްލުނު މައްސަލައިގައި މިހާރު އެއް ގަލަަކަށް އަރައިގެން އުޅޭ އިދިކޮޅު ޕާޓީތަކުގެ އިއްތިހާދުގައި ބައިވެރިވުމުގެ ޝައުގެއް ނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.

ޗާގޯސްއާ ގުޅޭ އިއްތިހާދުން މިހާރު ވަނީ ރަސްމީކޮށް މަސައްކަތް ފަށައިފައެވެ. އެ އިއްތިހާދުގައި ޖުމްހޫރީ ޕާޓީ، ޕީޕީއެމް، އެމްއެންޕީ އަދި އެމްޑީޕީގެ ފިކުރެއްގެ ދިރުން ފެކްޝަން ވެސް ހިމެނެއެވެ. އިއްތިހާދުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ނިންމިކަން ހާމަކޮށްފައެވެ. އެއީ ޗާގޯސްގެ މައްސަލައިގައި ބަންޑާރަ ނައިބު ދައުލަތް ތަމްސީލު ރަނގަޅަށް ނުކުރައްވާ ކަމަށް ބުނެއެވެ.

ޗާގޯސްގެ މައްސަލައިގައި އެމްއާރުއެމްއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ސަރުކާރުގެ ނިންމުމާ ދެކޮޅުކަން ވަނީ ހާމަކޮށްފައެވެ. އެހެން ނަމަވެސް އިދިކޮޅު އިއްތިހާދުގެ ހަރަކާތްތަކުން އެމްއާރުއެމް ނުފެނެއެވެ.

އެމްއެންޕީއަށް ނިސްބަތްވާ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަގުތަށް ވިދާޅުވީ އެ އިއްތިހާދާ ގުޅުމަށް އެމްއާރުއެމްއަށް ވެސް ދައުވަތު ދިން ކަމަށެވެ.

އެމްއާރްއެމްގެ ސެކްރެޓަރީ ޖެނަރަލް އަބްދުﷲ އަލީމު ވިދާޅުވީ އެ އިއްތިހާދުގައި ބައިވެރިވުމުގެ ޝައުގެއް ނެތް ކަމަށާއި ނަމަވެސް ޗާގޯސްގެ ނިންމުމާ ދެކޮޅުކަން އެ ޕާޓީން ވެސް ހާމަކޮށްފައިވާ ކަމަށެވެ.

ޗާގޯސްގެ މައްސަލައިގައި އިއްތިހާދެއް އެކުލަވާލުމުކުރިން އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބް ރައީސް އައިމިނަތު ނާދިރާ ބައިވެރިވެވަޑައިގެން ވާހަކަވެސް ދެއްކެވިއެވެ. އެމްއާރުއެމް ދެބައި ވެފައިވާ އިރު ނާދިރާ އެ ބައްދަލުވުމުގައި ބައިވެރިވުމުން ޕާޓީގެ ތެރޭގައި މަސްރަހު ގޯސްވެސް ވިއެވެ.

އެމްއާރުއެމް ގިނަ ބަޔަކު ދާދި ފަހުން ވަނީ ޕާޓީން ވަކިވެ ސަރުކާރަށް ތާއިދު ކުރާ ކަން ވެސް ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޑައެލޯގް

    އެމްއާރުއެމަކުން ޝައުގެއް ނުހުންނާނެތާ އެޕާޓީގެ ސްލޮޓްތަކުގައި ތިބިމީހުން ބޭނުންވަނީ މަގާމެވެ. އެހެންވެ ޗާގޯސްމައްސަލައަށް ބަހެއްބުނެލާފަ ހަނުހުރީމައި އިބޫދޭ ބޮނޑިވަރުގިނަވާނެއެވެ.

    26
  2. ކޮވިޑް

    ތިކަން ވަރަށް ސާފް. މައުމޫނުގެ ޝައުގު ހުންނާނީ ހަމަ އެކަނި ވެރިކަމާ، އަމިއްލަ އެދުމާ ، ޖާހަތަށް. 99 އަހަރަށް ފާފް އަތޮޅު ވިއްކަނީ އޭ ކިޔާފަ މަނިކުފާން ތެޅުނު ތެޅުން މަވެސް ދުށިން. މިއަދު ރާއްޖެއިން ބައެއް ހިބަކޮށް ބޭރު ބަޔަކަށް މިއަދު ދިނީމަ ތި ބުނީ ނޯ ޝައުގު. އަޅެފަހެ މީ ފުކެއް ބޮޑު ވަރު. ސާބަހޭ މޫނާ.

    32
  3. ޟަނޓޭ

    ހަރާން ފައިސާ ކައިގެން ދިގު އުމުރެއް މަނިކުފާނައް ދެއްވާދިއެވެ.

    10
  4. ޝައީ

    އެމްއާރުއެމްއަކީ ގައުމީ ވަތަނީ އިހުސާސް ކެނޑިފަތިބި މައްޔިތުންފަދަ ބަޔެއްކަން މި ހާމަވަނީ. އެމީހުންގެ ހުރިހާވެސް ޝައުގެއް ހުންނަނީ މައުމޫނުގެ ދަރިންނަށް ވެރިކަން ހޯދާދެވޭނެ ގޮތްތަށް ފަހިކުރުމަށެވެ. މިއީ މިގައުމަށް ބޭނުންވާ ބަޔެއްނޫން. ގައުމުގެ މަސްލަހަތު އިސްކޮއް ސިޔާސީ ތައައްސުބުން ދުރުވެ އެހެން ޕާޓީތަށް އެތިބީ ގައުމުގެ ހައްގުގައި މަސައްކަތްކުރަން ނުކުމެއެވެ. އެކަމަކު އެމްއާރްއެމަށް އެވަރުވެސް ނުކުރެވޭ. ދެން ރިޔާސީ ކެންޑިޑޭޓުން ނެރޭ ވާހަކަ ރައްޔިތުން ގާތު ނުބުނާތި. ކަލޭމެންގެ މިއަމަލުތަށް ތާރީޚުގަ އަަހަރެމެން ލިޔާނަން.

    24
  5. އއ

    ޚާއިނުންނާ ޣައްދާރުން ފަޅާ އަރަންވީމަ ކޮއްމެވެސް ކަމެއް މެދުވެރިވާނެ.

    26
  6. ރާއްޖެތެރެ

    ފީކަޅާ ޕާޓީއެއް

    23
  7. އއ

    ނުހުންނާނެ.! 40 އަހަރުވީ ތިނުބައި ނަމޫނާ ރައްޔިތުންނައް ފެންނަތާ! ލަދު ހަޔާތް ނެތީމަ ؟؟؟؟؟؟

    13
  8. ފާއިޒާ

    ޗާގޯސް ބޯގޯސް ކޯލިޝަނުގަބައިވެރިނުވުމަކީ ހަމަގައިމުވެސް އަޅުގަނޑުވަރަށްއުފާކުރާކަމެއް. އަދި މަނިކުފާނުގެ ތިޔަދުރުވިސްނުންފުޅުގެ ސަބަބުން އަޅުގަނޑުމެން މަނިކުފާނަށް ސެލިއުޓުކުރަން އަދި މަނިކުފާނަށް ދިގުއުމުރުފުޅަކަށްއެދެން.

    4
    19
  9. ހުސޭނުބޭ

    ޗާގޯސް ގަނެލެވޭހައި ބާރެއް ކަޅުފޮށީގައި ނެތްކަމަށްވަނީ!

    15
    1
  10. ސަންފާ

    މައުމޫން ވެރިކަމަށް ޝައުގު އެބަހުރިތަ..؟

    15
    1
  11. Anonymous

    ކާކު މައުމޫނުބެ ކާރި ބުނީ ބައިވެރިވާށޭ، އަހަރުމެންނަށް ހެޔޮ ދުވަހަކު ބައިވެރި ނުވިޔަސް

    18
    1
  12. ފެންސިރު

    ކޮންކަމަކަށޯ ޝައުގުހުރީ، މުސްކުޅިވީ ދުވަހު 30 އަހަރުގެ ވެރިކަމެއް ކޮށްފަ ދިޔަޔަސް ޤައުމީ ލޯބި ތިބޭފުޅާގެ ހުރިކަމާއިމެދު ސުވާލު ނުއުފައްދާ ދިވެއްސަކު މަދުވާނެ. ކޮންމެ ބަޔަކުވެސް ގަބޫލުކުރާނެ ތި އާއިލާއިން މި ގައުމަށް ކޮށްދެމުން އައި ހިދުމަތުގަ މަނިކުފާނުގެ ކޮއްކޯފުޅާއި އެއްކޮށް މަނިކުފާނު ހުރިނަމަ އަދިވެސްދާނީކުރިއަށްކަން. ޢެކަމް އަމިއްލަ އެދުމާއިހެދި މަނިކުފާނު ބައިއަތުވެސް ހިފާފައިވަނީ ގައުމަށް ހެޔޮއެދޭބަޔަކާއިނޫން.

    20
    1
  13. Anonymous

    މިކަލޭގެޔާއި ހެދި ގައުމުގެ ޚާއިނުންއަތަށް ވެރިކަން ފުރޮޅިގެން ދިޔައީ. ދެން ގައުމު ވިއްކާލިޔަސް މި ކަލޭގެ ނުވާނެ ޒިންމާއެއްވެސް. މީކީ ގައުމީ ލޯބިހުރި މީހެއްނޫން.

  14. އަސްފާ

    ވެރިކަމުން ވެއްޓުނީމަ ދެން ކޮންމެހެން ދިވެހިންނާއި ވަތަން ދެކެ ރުޅިއައިސްގެން ހުންނާކަށެއް ނުޖެހޭ. ވަރިހަމަޔޭ ގައުމާއި ވަތަނަށް ކިތަންމެނަފްރަތެއް ކުރިޔަސް. އަހަރެމެން ދާނީ ގައުމާއި ވަތަނާއި ދީނުގެ މަސްލަހަތުގައި ކުރިޔަށް. ގޭގަ ރަޖާލައިގެން ތިބޭ ކަލޭމެން.

  15. ފަޒުނާ

    ޔޫއާ ނޮޓްރިލަވަންޓް އެނީމޯ ، ރިޓަޔަމަޓްގަ ގޭގަ މަޑުންހުރެބަލަ

  16. ހުސްނާ

    އެހެންވީމާ ކަލޭ އެއްބަސް ތިވަނީ ރިއްފަތު އެކަންކުރީ ރަނގަޅަށް ކަމަށްދޯ!!! ކަލޭ އިންތިހާބު ކައިރިވާވަރަކަށް މޮޅުވާކޮޅަކަށް އަރަން ޖަހާމަޅި މީ، ދަރިޔަށް ނާއިބުރައީސްކަންދޭ ކޮޅަކަށް ކަލޭ އަރާނީ، މިހާރުވެސް ތި އުޅެނީ ކޮންމެ ދަރިޔަކު ޕާޓީ އަކަށް ލައިގެން. ވަރަށް ސާފު.

    5
    1
  17. Anonymous

    ޝައުގުވެރިކަން އޮތް. ނާދިރާ އަދި ޒަހާ އިސްވެ ތިބީ ސަރުކާރަށ

  18. ނަމަ

    އުމުރު ފުރާގެ ގޮތުން ޝައުގު ވެރިކަން ކުޑަވީބާ؟

  19. ޢ

    ގައުމު ވިއްކިޔަސް މީނައަށްހެޔޮ

  20. ދިވެހި މުސްކުޅިން

    ފޯޅަވަހީގެ މައްސަލަ. އެތަނަކީ ފުރަތަމަ އެންމެ އެވޭލާ ޒަމާނުގާ ދިވެހިންގެ ތަނެއް އެތާގެ ބޭނުން ފަލީގައި އާއި ފަންރިޔާގައި ދިވެހިން ބޭނުން ހިފި. އެތަނުގަ ދިވެހި އާބާދީއެއްއޮތް ރާއްޖެ އިސްލާމްވުމުގެ ކުރީގާ. ތޫފާނެއް އައި ފަހުން އުޅުނު މަދު ދިވެހިން ހާލުގާ އެތާގަ އުޅޭތީ ދަތުރު ވެރި ބަޔަކަށް ފެނިގެން އެމީހުން ގެންދިޔަ ފަހުން މާފަހުން އެތަނަށް އެހެން ބައެއް ގައުމު ތަކުން އަޅުން ފޮނުވީ އެތަނުން އާމްދަނީ ހޯދުމުގެ ބޭނުމުގަ މަސައްކަތު މީހުންގެ ގޮތުގަ. އޭރު ދިވެހިން އެތާގެ ބޭނުން ކުރުން އޮތީ މެދު ކެނޑިފަ. އިސްތިއުމާރީންގެ ބާރު އެތަނަށް ފޯރާ ޗާގޯސިއަނުން މިކިޔާ މީހުން ނަގާ އެތަނުން މޮރިޝަސްއަށް ބޭލުމަށްފަހު، އެތަނަށް އިގިރޭސިން އަދި އެމެރިކާއިން އެތާގެ ބޭނުން ކުރަން ފެށި. ދެން މިވީ ގޮތްވީއިރު މީގެ އިހުމާލުވީ ކޮންސަރުކާރަކުންތޯ؟ ރާއްޖޭގެ ދެކުނުން ޗާޓު މުނައްވަރު މެން ކުރެހި އިރު އެރަށްތަކުގެ ބިއްދޮށުން 200މޭލަށް ރާއްޖޭގެ ސަރަހައްދު ނުޖެއްސީ ގަމާރު ކަމުންތޯ؟ އޭރު މިތަނުގެ ތާރީޚާއި މެދު ނުވިސްނީ "ގޮފަޅެ" ކަމުންތޯ؟ ކަނޑެކޭ ކިޔާ ފުށު އަރާ ބާއޭ ކިޔާ ހިންގި ޖަރީމާ އެމީހުން ފެށީ ފައިސާ ނަގައިގެންތޯ؟ ބަލަ މޮޔައިންނޭ އައްޑޫގަ އުޅޭ ދޮންދީނި . އަދި ފޯޅަވަހީގެ އުޅޭ ދޮންދީނި ކޮންމެ ދުވަހަކު އާއިލީ ގުޅުން ބަދަހި ކުރާއިރު ބުއްދި ދެއްވި އިންސާނުން މިތާ މިތިބީ ޣާފިލުވެފަތޯ؟ ތާރީޚް ލިޔާ ބޭރު މީހުންގެ ބަސް ގަބޫލުކުރާ ގޮތަށް ރާއްޖޭގެ އެއްވެސް ހިސާބެއްގަ މިތަނާއި ބެހެގޮތުން ކާބަފައިންގެ ފަރާތުން އަންނަ އެއްގޮތް ރައުޔު ތަކެއް ހުރިތޯ ؟ ނުބެލީ ތާރީޚް ދިރާކުރަންނޭގި ބޭރު މީހުންބުނާ ބަސްތަކަށް ރޭރުވެގެންދޯ؟ އަހަރުވެސް ދެކުނުގާ އުޅޭ ދިވެހިން މިތަން ދަނޭ. އެމީހުން ކިޔާނެ އެރަށްތަކަށް ގޮސް އުޅުނު އިރު ދިމާވި ކަންކަން ތުންތުންމަތިން. އެކަމަކު ދެކުނުން ހެދުނު ބައެއް ޚާއިނުން މާބޮޑު ބަޔަކަށް ވެގެން މާލެ އައިސް ކަނޑިކެ ބުރި ހަނދާން ނެތި ކޮށްލާ މާލޭގެ ބޮޑުންގެ އަޅުންނަށްވެ ތިބެ ނުއަތަށް ގައުމުގެ ސަރަހައްދު އަނބުރާލުމުގާ އެހީތެރިވި. މިސާލަކަށް ލުތުފީ. މުނައްވަރު. ނަޖާހު ފަދަ މީހުން. ކިންގ 9 ހަސަންގެ ފަހުން އައިވެރީންނާ ޔާމީނު އާއި ހަމަޔަށް މިކަމުގެ ތިބީ ޣާފިލުވެފަ. ލަނޑުވެސް ގެއްލުވާލަން ކުރި މަސައްކަތުން ކިރިޔާ ވެސް މޮޅު ގޮތެއް މިވީ ސާލިހުގެ މި ސަރުކާރުގާ. ދެން ކުރަންވީ ކަމަކީ އެ 7 އަތޮޅު ހޯދުމުގެ މަސައްކަތް ކުރުން

    2
    2
  21. ބޮލި މުލައް

    ބަލަ އެކަންއެނގޭ
    ތީ ޤައުމު ދެކެ ލޯބިވެގެން 30 އަހަރު ވެރިކަންކުރި މީހެއްނޫންކަން މުޅި ދުނިޔެ ހެކިވޭ

  22. Anonymous

    ހިތް އޮތީ އެހެން ދިމާލެއްގަ! އެހެންވީމަ ޝައުގުވެރިކަމެއްވެސް އެހެންކަމެއްވެސް ނުހުނާނެ.

  23. Anonymous

    މީނަޔަކަށް ނުކެރެނެ ކަހާތަނުގަ އަތްލަންވެސް. ދަރިޔަށް ލިބޭ ލާރިކޮޅަށްޓަކައި ގައުމު ވިއްކާލަންވެސް ފަހެއްނުޖެހޭން މީހުން މީ.