ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސް (ފޯޅަވަހި) މައްސަލަ ނިމުނު ގޮތަކީ ރާއްޖެއަށް ލިބުނު ކާމިޔާބީއެއް ކަމަކަށް ނުދެކޭ ކަމަށާއި، މިނިންމުމުގެ ސަބަބުން އުނިވެގެންދިޔައީ ދިވެހި މަސްވެރިން މަހަށް ނިކުމެ އުޅޭ ކަނޑުގެބައެއް ކަމަށް ވުމުން، މިއީ އިއާދަ ނުކުރެވޭވަރުގެ ދެރައެއްކަމަށް މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އިން ބުނެފިއެވެ.

ފޯޅަވައްސާއި ރާއްޖެއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދު މޮރީޝަސްއާއި ރާއްޖެއާ ދެމެދު ގާތްގަނޑަކަށް ހަމަހަމައަށް ބަހަން އެޓްލޮސްއިން ނިންމީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.

އިޓްލޮސް އިން ވަނީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބޭގޮތަށް ނިންމާފައެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ.

އިޓްލޮސްގެ ނިންމުމުގެ ސަބަބުން ރާއްޖޭގެ 47،000 އަކަ މޭލު ގެއްލިގެން ހިނގައްޖެ ކަމަށާއި އެހެންވެ، އެ ނިންމުން ބަލައިނުގަންނާނެ ކަމަށް އިދިކޮޅު ޕާޓީތަކުން ދަނީ ބުނަމުންނެވެ.

އެކަމާއި ގުޅިގެން އެމްއާރްއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ނިންމުމަކީ ޒަމާނުއްސުރެ ދިވެހިންނަށް ލިބެމުންދިޔަ އިގްތިސާދީ އެތައް ފައިދާ ތަކަކަށް އުނިކަން ލިބިގެން ދާނެ ނިންމުމެއް ކަމަށެވެ.

އެހެންކަމުން، މިއީ ދިވެހި ދައުލަތަށާއި ދިވެހި ރައްޔިތުންނަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ދެކޭ ކަަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އަދި މި މައްސަލަ ނިމިގެން ދިޔަގޮތުން މިހާރު ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކުޑަވެ، ޒަމާނުއްސުރެ ދިވެހިންގެ ދިރިއުޅުން އެކަމެއްގެ މައްޗަށް ބަރޯސާވެފައިއޮތް މަސްވެރިކަމުގެ ސިނާއަތަށްވެސް ވަރަށް ބޮޑު ގެއްލުންތަކެއް ލިބޭނެ ކަމަށްވެސް އެ ޕާޓީން ބުނެފައި ވެއެވެ.

"ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުން، ރާއްޖޭގެ އާކިޕެލެޖިކް ބޭސްލައިނުން ފެށިގެން 200 މޭލުގެ ސަރަހައްދެއް ހާއްސަ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި ލިބިދީފައިވެއެވެ. އަދި މީގެކުރިން ދިވެހި ދައުލަތުން މި ސަރަހައްދަށް އުނިކަމެއް އަންނަ ގޮތަކަށް އެއްވެސް ފަރާތަކާ އެއްބަސްވެ ސޮއިކޮށްފައެއް ނެތެވެ. އެކަން އެހެން އޮތްއިރު، 2019 ގައި މޮރިޝަސްގެ ސިޔާދަތު ފޯޅަވަހީގެ މައްޗަށް އޮތުމާ ދެކޮޅަށް ވޯޓުދިނުމަށްފަހު، އެސިޔާސަތު ބަދަލުކޮށް ދިވެހި ސަރުކާރުން މޮރިޝަސްގެބޮޑުވަޒީރަށް ފޮނުވިކަމަށް ބުނާ ސިޓީގެ ހަޤީޤަތް ރައްޔިތުންނަށްއެނގިފައިނުވުމަކީ، އަދި އެސިޓީގައިވާ އެއްޗެއް ހާމަކުރުމަށް އިޢުތިރާޒު ކުރަމުންގެންދިއުމަކީ އޭގެ އަޑީގައި ފޮރުވިފައިވާ ކަންތައްތަކެއް ވާނެކަމަށް ރައްޔިތުންދެކޭކަމެކެވެ. ވުމާއެކު، މިކަމާ ގުޅޭ ސައްހަ މައުލޫމާތު ފޯރުކޮށްދީފައި ނުވުމާއި، މިމައްސަލައިގައި ސަރުކާރުގެ ނިންމެވުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިމިކަމުގައި މަޖިލީހުގެ ބަހެއް ސަރުކާރުން ހޯއްދަވާފައި ނުވާތީ އެމްއާރްއެމް އިންނުހަނު ކަންބޮޑުވަމެވެ". އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ސިޔާދަތީ ޙައްޤަކަށް ކުޑަވެސް އުނިކަމެއް ލިބިދާނެ އެއްވެސް ނިންމުމަކަށް އެމްއާރްއެމް އިން ތާއީދެއް ނުކުރާނެ ކަަމަށެވެ. އަދި އެފަދަ އެއްވެސް ނިންމުމެއް ސަރުކާރުން ނިންމަވާފައިވާނަމަ އެ ނިންމުމެއް ބަދަލު ކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒައީނޫ

    ބާޔާން ނެރެން ތިބޭ.. އަސްލުމަސައްކަތް އެކުރަނީ އެހެން ޕާޓީތަކުން.

  2. ސަސީ

    އަޅޭ ލަދުވެސް ހަޔާތްކުޑަ މީހެއްދޯ މީ، ސަރުކާރު ވެއްޓޭނެކަން އެގުމުން ކަޑައެއް ޖެހީ ދޯ!!!

  3. މުހަންމަދު މުޞަތަފާ

    މަނިކްފާން އަދިވެސް ސިޔާސީ ކަންކަމުގަ ބަސްކިޔުން ހުއްޓަވާލައްވަން ނުވޭތޯ؟ ދިވެހި ރާއްޖެއަށް ކުރިމަތިވި ބަލާވެރިކަމާ މުޞީބާތެއް މަނިކުފާނަކީ. ރޭވިގެން 30 އަހަރުގެ ވެރިކަން ދަމަހައްޓަން ޖީލެއް އެއްކޮށް ފުނޑުފޑު ކޮށްލާފަ ހުންނެވި ޢިއްޒަތްތެރި ޒައީމެއް.

    އަޅުގަނޑު މަނިކުފާނު ސިފަކުރައްވަނީ.
    ________________________
    1. ޢިލްމު ހުރި، އެކަމަކު ތަންދޮރުނުފިލާ ޖާހިލެއްގެ ގޮތުގައި
    2. އިސްލާމްދީން އުނގެނިހުރެ، ފަހުމް ނުވާ މުނާފިގެއްގެ ގޮތުގައި.
    3. ފަލަކީ ޢިލްމީ ރޯނު އެދުރެއްގެ ގޮތުގައި.
    4. 30 އަހަރު ވެރިކަންކުރި ގައުމަށް ގައްދާރުވި ބާޣީއެއްގެ ގޮތުގައި.
    5. ވެރިކަމުގެ ދަހިވެތިކަމުގައި ޚުދުމުހުތާރީ މީހެއްގެ ގޮތުގައި.
    6. އޯގާތެރި، ވަފާތެރި އަދި މަޑުމައިތިރި، ނަމަވެސް މަކަރުވެރި ހިޔަޅެއްގެ ގޮތުގައި.
    7. މުސްކުޅިވި ދުވަހުވެސް ވެރިކަމާހެދި ބޫތު ކައިފަހުރި ދުނިޔަވީ އެދުންވެރިޔެއްގެ ގޮތުގައި.
    8. އަނިޔާވެރި މުޖުރިމެއްގެ ގޮތުގައި.

    ތޭންކްސް