ބ. ކިހާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީހޯގާޑް އަށެވެ.

އެ މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގްއެވެ. އަދި އެމްޓީހޯގާޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މިސްޓާ ޕާ ވިންތަރް ލާސެންއެވެ.

މި މަޝްރޫއުގެ ދަށުން ކިހާދޫގެ ދެކުނު ފަރާތުގައި 548 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ގާއިމް ކުރުމާއި ގޮނޑުދޮށް ޕްރޮފައިލްކޮށް ވެލިއެޅުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި އެ ރަށުގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީހޯގާޑް އާއި ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 15،682،839.84 ރުފިޔާއެވެ. މި މަސައްކަތް ނިންމަން ޖެހެނީ ހަ މަސް ދުވަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަން ރީނދޫ

    މި ޕްރޮޖެކްޓަށް ލާރި ދައްކަން ޖަހޭނީ ދެން އަންނަ ސަރުކާރުން. އެހެންވެ،ހެސްކިޔާފަ ޕްރޮޖެކްޓްތައް މި ފައްޓަނީ.