ސިފައިންގެއަށް 34 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ފަސްޓް ސާޖަންޓް (ރިޓަޔާޑް) އާދަމް ހަސަން މަނިކު ނިޔާވެއްޖެއެވެ.

ސިފައިންގޭގައި ރައީސުންނާއި، ސަރުކާރުގެ އެހެނިހެން ވެރިންގެ ސެކިއުރިޓީ ބަލަހައްޓާ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕު (އެސްޕީޖީ) ގައި ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ އާދަމް ހަސަން މަނިކު މިއަދު ނިޔާވީ ކުއްލި ގޮތަކަށެވެ.

ދިވެހި އަސްކަރިއްޔާގައި 34 އަހަރާއި އެއް މަހާއި 21 ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު އާދަމް ޙަސަން މަނިކު ރިޓަޔާވީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުގައެވެ.

އާދަމް ހަސަން މަނިކުގެ ކަށުނަމާދު އޮތީ މިރޭގެ އިޝާ ނަމާދަށްފަހު، ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުޙައްމަދު ޢަރީފް

    އާދަމް ޙަސަން މަނިކަށް ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި ޢާމީން

    49
    0
  2. ޜައްޔިތުމީހާ

    إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

    13
    1
  3. Anonymous

    إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ