ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކުރުމަށް ފަހު ނަގައިފިއެވެ.

ފަންސާސް މެމްބަރުންގެ ސޮޔާއެކު އީވާ ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދައި ދެ ހަފްތާގެ ނޯޓިސް ދިނުމަށް ފަހު އަންނަ އާދިއްތަ ދުވަހު އީވާ ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދަން އޮތީ ނިންމައިފައެވެ.

ނަމަވެސް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ މެމްބަރުންނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މަޖިލީހުގެ ސިޔާސީ ޕާޓީތަކަށް އައިސްފައިވާ ބަދަލާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެމްވބަރުން ހިމެނޭ ގޮތް އަދިވެސް ފާސް ނުކުރެވޭ ކަމަށެެވެ.

އެހެންވެ އީވާ ވަކި ކުރުމުގެ މައްސަލައިގައި ކުރެވޭ ބަހުސްގައި މެމްބަރުން ވާހަކަ ދައްކަން ދެވޭ ވަގުތު މަޖިލީހުގެ ގަވައިދާ އެއްގޮތަށް އަދިވެސް ކަނޑަނޭޅޭ ކަމަށް އެ ސިޓީގައިވެއެވެ.

އެހެންކަމުން އީވާ ވަކި ކުރުމުގެ މައްސަލައިގައި ކުރެވޭ ބަހުސްގައި މެމްބަރުން ވާހަކަ ދައްކަން ދެވޭ ވަގުތު ކަނޑައަޅައި ނިމުމުން އެ މައްސަލަ އެޖެންޑަ ކުރެވޭނެ ކަމަށް ވެސް ސިޓީގައިވެއެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެއެވެ. އެއީ 87 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓެވެ. މަޖިލިހުގައި މިހާރު ތިއްބެވި އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ 55 އެވެ.

އީވާ މަޖިލިހުގެ ނައިބު ރައީސް ކަމަށް އިންތިހާބުކޮށްފައި ވަނީ މެއި 28، 2019 ގައެވެ. އެ މަގާމަށް އީވާ އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ މަޖިލިހުގައި ތިއްބަވާ 87 މެމްބަރުންގެ ތެރެއިން 72 މެމްބަރުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. އަދި އީވާ އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ނުވަ މެމްބަރުން ވޯޓު ދެއްވިއެވެ.

އީވާ ވަކިކުރަން ހުށަހެޅި އިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެ މަގާމުން ވަކި ކުރަން މަޖިލިހަށް ވަނީ ހުށަހަޅައިފައެވެ. ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވެއްދީ 54 މެމްބަރުންގެ ސޮޔާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަސަނު އަލީ

    ސަންތި މަރިޔަނބުގެ ދަނޑިމަކޮރޮޓިކްސް

  2. އަބްދޫ

    މިހާރު ވަކިވެއްޖެކަން އަމިއްލަޔަށް ގަބޫލް ކޮށް އިސްތިއުފާ ދޭންވީނުން. މި އިން އެގެނި ވެރިކަމާ ހެދި މިމީހުން ދަންޖެހޭ މިންވަރު.

    • ހަސަނުގެ ދަރި ލަތީފް

      މެމްބަރުންނަށް އާދޭސް ކުރަނީ ކަލޭމެންގެ އަބްދުﷲބޭގެ ދަރިޔެކޭ ކިޔައިގެން. ކީއްވެތަ ނުބުނީ މަގޭ ބޮޑުދައިތަގެ ދަރިއެކޭ

  3. ާމުހައްމަދު

    ކަލޯ ކިޑުނީ ވިއްކާފަވެސް މަގާމަކުން ދުރައްނުދާނެ