ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ މަގާމުން ދުރުކުރުމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ގަވައިދު އިސްލާހުކުރުމަށް އެމްޑީޕީން ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި ފަހުން ކުރިއަށް ނުދާއިރު މިއަދުވެސް މަޖިލިސް ކުރިއަކަށް ނުދެއެވެ. އެއީ މަޖިލީހަށް ހުށަހަޅާފައިވާ އީވާގެ އިތުބާރުނެތް ކަމުގެ ގަރާރު މިއަދުގެ މަޖިލިސް ޖަލްސާއަށް އެޖެންޑާ ކުރުމަށް ފަހު ރިޔާސަތު ބަލަހައްޓާނެ މީހަކު ނުވެގެންނެވެ.

އެހެންވެ އެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދަން އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާއަށް ފޮނުއްވި ސިޓީއެއްގައި ވަނީ އިސްލާހުތަކެއް ހުށަހަޅުއްވައި އެ އިސްލާހުތައް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް އެދިވަޑައިގެންފައެވެ.

އެކަމަކު އެ އިސްލާހުތައް ފާސްކުރެވޭނީ މަޖިލީހުން ފާސްކޮށްގެންނެވެ.

އަސްލަމް ހުށަހެޅުއްވި އެއް އިސްލާހަކީ މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސް މަގާމުން ވަކި ކުރުމަށް ހުށަހަޅާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން އެއްވެސް ބޭފުޅަކު އުޒުރުވެރި ވެއްޖެނަމަ އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ ފަރާތެއް ކަނޑައަޅާނީ އަމީން އާންމެވެ.

އަދި އެ ނޫން ޖަލްސާއެއްގައި ރައީސްއާއި ނާއިބު ރައިސް ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ހާލަތްތަކުގައި ޖަލްސާގެ ރިޔާސަތު ބަލަހައްޓާނެ މެމްބަރުން ރައީސް ކަނޑައަޅުއްވަން ޖެހޭނެ ކަމަށް އިސްލާހުގައި ބުނެފައި ވެއެވެ. އަދި އެގޮތަށް ކަނޑައެޅޭނީ މަޖިލީހުގެ އެންމެ ދުވަސްވީ މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކަށް ކަމަށާއި އެއިން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ޖެހިޖެހިގެން ތިން ޖަލްސާގެ މުއްދަތަށް ކަމަށެވެ.

ހަމަ އެހެންމެ މަޖިލީހުގެ ރައީސް ވަކި ކުރުމުގެ ގަރާރެއް ހިނގަމުންދާ ޖަލްސާއެއްގައި މެމްބަރަކު ވާހަކަ ދައްކަން ލިބޭ ފުރުސަތުގެ ދިގުމިން އަމީން އާންމަށް ކަނޑައެޅޭ ގޮތަށް އިސްލާހު ހުށަހަޅާފައި ވެއެވެ. އެގޮތުން ރައީސްއަށް ދިފާއުގައި 30 މިނެޓް އަދި އާންމު މެމްބަރުންނަށް 30 މިނެޓް ދެވޭނެ ގޮތް ކަނޑައެޅުމުގެ އިހުތިޔާރު އަމީން އާންމަށް ލިބޭނެ އެވެ.

އެ އިސްލާހުތަކަށް އަމަލުކުރަން ފަށާނީ މަޖިލީހުގެ ތަޅުމުން ފާސްކުރާ ތާރީހުން ފެށިގެން ކަމަށް ވެސް އިސްލާހުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކެކެކޭ

    މިއަސްލަމު މިހާރު ސިކުނޑި ރަނގަޅެއްނުން އޭނަ މޮޔަގޮވަނީ އޭނަ ހައްޔަރުކުރަން ފެންނަނީ..

    1
    1
  2. ގައުމީ ލޯބި

    މި ނަޝީދަކީ މީ އެއްވެސް ގޮތަކަށް ރައްޔަތުންގެ މަންފާއަށް ވިސްނާމީހެއްނޫން..

    އަދި ކިއެއްތޯ ހަވާލުކުރާ މަގާމުގެ ޒިންމާވެސް އަދާކުރެވޭ މީހެއްނޫން.. ރައީސްކަން ދިނީމަ ބޮލާލާޖެހީ!

    މިހާރު އެއުޅެނީ މަޖިލީހުގެ ރައީސްގެ ޒިންމާ ތަށް އަންބޮނޑިކޮށް ރައްޔަތުން ހަމަ އެކަނި ބަސްބުނެވޭ ތަން ޙިސާރުކޮށްގެން..

    ޒިންމާއިން ބަރީއަވާނަމަ، މުސާރަވެސް ނުނަގާ.

    މީނާއާއި ދައުލަތުގެ އެއްވެސް މަގާމެއް މަތިކުރުމަކީ މޮޔަވިސްނުމެއް... އަދި އެއީ ގައުމަށް ދެވޭ ބޮޑުގެއްލުމެއް

    1
    1
  3. ޗުކި އާދަނު

    ހަކުޅި ކުރިއަށް ކުޅެނީ

  4. ާދަލޭކް

    މިއަދު މިދުނިއެމަތީގެ އާރާއި ބާރު ނަހަމަ ގޮތުގައި ބޭނުން ކުރެވިދާނެ ބޭނުން ގޮތަކަށް ވާހަކަ ދެއކިދާނެ އެހެން ނަމަވެސް މަރުވުމަށް ފަހު ގަދަފަދަ ވެގެންވާ އަޒާބުގެވާހަވެސް އަދި އެދި އެ އަދަބު ލުއި ކުރާނެ ގޮތެއްވެސް ނެހެދޭ .

  5. އަބްދޫ

    ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ ށ ތަނފީޒުނުކުރެވޭ މައްސަލަ ސްޕްރީމްކޯޓަށް ބެލޭނެ. ސްޕްރީމްކޯޓަށް މައްސަލަބެލޭނީ ބަޔަކު ހުށަހެޅުމުން.