މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްގެ ވެރިކަމެއްގައި ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނާޒިމުގެ ވެރިކަމެއްގައި ރާއްޖޭގެ އެއްގަމާއި ކަނޑާ ވައިގެ ސަރަހައްދު ބަލަހައްޓާނީ ދިވެހި އަސްކަރިއްޔާއިން ކަމަށެވެ.

ރިޔާޒް ވިދާޅުވީ ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކޮށް ހަރުދަނާ ކުރައްވާނެ ކަމަށެވެ. އަދި މާލީ، އިގަތިސޯދީ އަދި ސަލާމަތީ ކަންކަމުގައި އެއްގައުމަކަށް ބަރޯސާވެގެން އޮތްއޮތުން ނިމުމަކަށް ގެންނަވާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

އެމްއެންޕީން މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ އިރު، އެ ޕާޓީގެ ރިޔާސީ ޓިކެޓު ނާޒިމަށް ވަނީ އަރުވައިފައެވެ. ނާޒިމަށް ރިޔާސީ ޓިކެޓް އެރުވީ ޒުވާނަކާއި، އިސްރައްވެސަކާއި، ހާއްސައެހީއަށް ބޭނުންވާ މީހަކާއި، އަންހެނަކާއި، ބެލެނިވެރިއެއްގެ އިތުރުން އާއްމު ފަރުދެއްގެ އިހްސާސްތައް ވެސް ގެނެސްދިނުމަށް ފަހުއެވެ.

ނާޒިމްގެ ކެމްޕޭން ލޯންޗްކޮށް ކެމްޕޭންގެ ސްލޯގަން އަކީ "އުޖާލާ ޒަމާން"މިއެވެ.

ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވަމުން ގެންދަވާ ނާޒިމް ވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރައްވާފައެވެ.

އޭގެ ކުރިން ނާޒިމް ވަނީ ސިފައިންގެ ހިދުމަތުގައި 23 އަހަރު ގައުމަށް ހިދުމަތް ކުރައްވާފައެވެ. ނާޒިމް އަސްކަރީ ހިދުމަތުން ރިޓަޔާ ކުރެއްވީ 2011 ވަނަ އަހަރުގެ ޖަނަވަރީ 15 ގައެވެ.

އަސްކަރީ ސައިންސްގެ ދާއިރާގެ މާސްޓާސް ހާސިލް ކޮށްފައިވާ ނާޒިމް ވަނީ އަސްކަރީ ގިނަ ކޯސްތަކަކެއް ފުރިހަމަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. 7 ފެބް

    މިކަލޭގެ މިވަރެއް މިވަނީ، ހާދަފޯރިއެއް އެބަހުއްޓޭ.

    4
    0
  2. ލޮލް

    ކޮބާހޭ އެގޮތަކީ؟ ކިހިނެއްހޭ އެކަން ކުރަނީ؟ މިވެނި ކަމެއް އެވެނި ކަމެއް ކުރާނަމޭ ކޮށްދޭނަމޭ ބުނެ ކިޔައިގެން އަންނަ މީހުންނަށް ވޯޓުދެވޭނީ އެކަމެއް ކުރާނެ ގޮތެއްގެ ކުޑަވަރެއްގެ ތަފްސީލެއް ދިނީމަ. ކީއްވެބާ ނާޒިމުގެ ޓުވިޓާހޭންޑްލްއިން ނާޒިމު ތިގޮތަށް ވައުދުތައް ޓުވީޓް ނުކޮށް އަބްދޯ ރިޔާޒު ނާޒިމުގެ ވައުދެކޭ ކިޔާފާ ފާޑުފާޑުގެ އެއްޗެހި ތިޔަ ޓުވީޓުކުރަނީ؟ އަބްދޯރިޔާޒު ތީ ނާޒިމްގެ ރަނިންމޭޓުތޯ؟

    4
    1
  3. އަހުމަދު ފަޔާޞް 1030

    ރާއްޖޭގަ އަސްކަރިއްޔާ އެއްއޮތުމުގެ ބޭނުމެއްނެތް އިންޑިޔާ ސިފައިން ރާއްޖޭގަ ތިބިހާދުވަހަކު

    1
    1
  4. ޖަމަލު

    ވައުދު ވާންޖެހޭނީ ރިޔާސީ ކެންޑިޑޭޓް ގެ ސީދާ ދުލުން. ލޮލް އެވިދާޅުވަނީ ތެދުފުޅެއް.

  5. ކަދުރޭ

    ބާާއީން ދައްކާ ހޮޅިވާހަކަ

  6. ކުޑަދޫ

    ކަލޭ ދިރިއުޅޭ ގޭގެ ދޮރުމަތީގައި ނުކުޅެދުންތެރިކަން ހުންނަ ރޭމްޕް މީހުންނަށް ހާއްސަ ރޭމްޕްމަތީގައި ކަލެޔާއި ކަލޭގެ ކޮށްކޮ ނުގަވާއިދުން ސައިކަލްޕާކްކުރާއިރު ކިހާތާހިރު. ހީވެދާނެ ކުޑަކަމެކޭ އެކަމު ކަލޭތި ކުރާކަމަކީ ކޮންމެހެން ވެރިކަން ހޯދުމެއްނޫން. ބޭރުގައުމުތަކުގެ މުސްސަދިން އަތުން ފައިސާހޯދައިގެން ކަލޭޖީބު ފުރާލުން. ތިވަރު މީހަކު މިރާއްޖޭގެ ވެރިކަމަމަށް ގެންނަން ހެޔޮނުވާނެ.