ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ޖަލްސާތައް ފިޔަވައި އެހެނިހެން ޖަލްސާތައް ބާއްވަން މާލޭގެ ސްކޫލްތައް ޕާޓީތަކަށް ދެމުން އަންނަ ކަމަށް ވިދާޅުވެ، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ދެއްކެވި ވާހަކަތަކަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ރައްދު ދެއްވައިފިއެވެ. .

އެމްޑީޕީގެ ސިޔާސީ ކަންކަމަށް ސަރުކާރުގެ ސްކޫލުތައް ބޭނުން ކުރެވުނު ނަމަވެސް އެހެން ޕާޓީއަކުން ޖަލްސާއެއް އެހެން ސިޔާސީ ޕާޓީތަކަށް ފުރުސަތު ނުލިބި މަނާވާ ކަމަށް ވިދާޅުވެ އުޝާމް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

އަދި މިއީ ކޮންކަހަލަ އިންސާފެއްތޯ އާއި އޭގެ ސަބަބުން މިއަހަރުގެ އިންތިހާބު އިންސާފުވެރި ނުވާނެ ކަމަށް އުޝާމް ވިދާޅުވިއެވެ.

އެ ޓުވީޓަށް ރައްދު ދެއްވައި ރޮޒެއިނާ ވިދާޅުވީ ކަން އޮތީ އުޝާމް ވިދާޅުވި ގޮތަށް ނޫން ކަމަށެވެ.

ދަރުމަވަންތަ ސްކޫލްގައި އެމްޑިޕީން އަންހެނުންނަށް ހާއްސަ ވޯކްޝޮޕެއް މިއަދު ފަށާއިރު ރޮޒެއިނާ ވިދާޅުވީ އަބަދުވެސް ޕާޓީތަކުގެ އެފަދަ މަސައްކަތްތަކަށް ސްކޫލް ހޯލްތައް ދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ކެމްޕެއިން ޖަލްސާތައް ބާއްވަން ފުރުސަތު ނުދޭ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"ވޯކްޝޮޕްތަކާ، ގައުމީ މަޖިލިސް ބައްދަލުވުންތަކާ، ކޮންގްރެސް ފަދަ ކަންކަމަށްދޭ ކަން އުޝާމްއަށް ވެސް އެނގިލައްވާނެ. ތިބޭފުޅުންވެސް އަވަހަށް ހޯއްދަވާ!" ރޮޒެއިނާ ވިދާޅުވިއެވެ.

އުޝާމް ފާހަގަ ކުރެއްވި ކަންކަން އެގޮތަށް ކުރާ ކަމަށް ބުނެ، މީގެކުރިން ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންވެސް ކަންބޮޑުވުން ފާޅު ކުރައްވާފައިވެއެވެ.

މީގެ ކުރިން ރައްޔިތުން މަޖިލިސް އިންތިހާބާއި ދިމާކޮށް ވަރަށް ގިނަ ރަށްރަށުގެ ސްކޫލްތަކުގައި ވެސް އެމްޑީޕީގެ ކެމްޕޭން ޖަލްސާތައް ބާއްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މާމީ

    ކަލޭމެން ބާއްވަނީ ވޯކުޝޮފުރައް ވަރައް ރަގަޅު

    10
    1
  2. އަހްމަދު

    މިސަރުކާރު ނިމޭހިސާބުން މިމަންޖެ ކިހިނެއްހަދާނެބާ މިސަރުކާރުތެރެން ނަގަމުންއަންނަ ނާޖާއިޱު ފައިދާއިން ކިހާވަރެއްގެމަންފާއެއްވާނެބާ

    18
  3. ދުންބޯ

    ފުރަތަމަތިބާތިކުޅޭކުޅިގަަޑުހުއްޓާލާ

    15
  4. ބޮޑުއަނގަ

    ނޭނގޭކަން ކޮންކަން = ރޮޒާނާކަން އަނގަބޮޑުކަން ހަވަރު ބޮޑުއަނގަކަން އެންމެންނާ ޖެހިގަންނަކަން ހަވަރު ބޮޑުމުސީބާތްކަން

    16
  5. އަހްމަދު

    މިސަރުކާރު އައިފަހުން އެމްޑީޕީގެ ކަމަކަށް ނޫނީ މިސަރުކާރާ ގުޅުންހުރި ބަޔަކަށް ނޫނީ ސްކޫލް ހޯލްތައް މިހާރު ދޫނުކުރޭ. ދީނީ ދަރުސެއްބާއްވަން ސަލަފުން އެދިގެން ހޯލްދީފާވެސް އަނބުރާ އަތުލީ. ރޮޒޭނާއަކީ އެއްލޮލުން ބަލާމީހެއް.

    13
  6. މާ އިނގޭ

    މީ ދެން ކާކުތަ މާ މަވަރެއް ނެތިގެން މިއުޅެނީ.

  7. ދޫނި ރާއްޖެ

    މަބުނީ ތިން ބާރު ވަކިވެގެން ގޮސް އަނެއް ކޮޅަށް އެޅިމަ މަޖްލިސް މެންބަރުން ސަރުކާރުގެ ތަރުޖަމާނުންގެ ގޮތުގައި އުޅޭނީ އިގޭ. ރޯޒު އާންޓި އަކީ ސަރުކާރުތަ ނޫނި މަޖްލިސްތަ؟ މިގޮލާ މިހިރަ އުޅޭ ވިޔާނުދާ ހަޑި އުޅުމެއް ދެން.

  8. Anonymous

    މި ސަރުކާރު އައިފަހުން ސްކޫލް ހޯލްތައް އެހެން ޕާޓީތަކަށް ނުދޭވާހަކަ އެބުނަނީ. އޮޅުވާނުލާ

  9. މުލޭ

    ތިޔަ ބުނެވުނީ މުޅިން ރަނގަޅަކަށް ނޫން. "ސްކޫލް ހޯލްތައް އަބަދު ވެސް އެމްޑީޕީއަށް ލިބޭ" މިހެން ބުނަންވީ.

  10. ޝައިޚް

    މި ވެރިކަމުގައި ޕީޕީއެމް ޕއެންސީ ން ބޭއްވި އެއްވެސް އިންތިޚާބަކަށް ސުކޫލު ދީފައެއް ނުވޭ! މި ދެޕާޓީގެ އެތެރޭގެ އިންތިޚާބުތައް ބޭއްވީ ޕާޓީ ހަރުގޭގައި! އެކަމަކު އެމްޑީޕީން ހުރިހާ އިންތިޚާބެއް ބޭއްވީ ސުކޫލުތަކުގައ! މީ ﷲ ގަންދީ ބުނި ޙައްޤު ތެދު! ތިޔަފަދަ ބޮޑު ދޮގެއް ބުނިއިރު ރޮޒޭނާގެ ދުލުގައި ގޮށްނުޖެހުނުކަމީ މާތްﷲ ގެ އޯގާވަންތަކަން!