ކ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ކ. އަތޮޅު ރިސޯޓެއްގައި މޫދު އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އެ ފަތުުރުވެރިޔާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މަރުވެފައި ވަނީ އެެމެރިކާއަށް ނިސްބަތްވާ 45 އަހަރުގެ ފިރިހެން ފަތުރުވެރިއެކެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އިއްޔެ މާލެ އަތޮޅު ރިސޯޓްއްގެ ޕޫލް ތެރޭގައި ކުޑަ ކުއްޖަކު ނިޔާވެފައި އޮއްވާ ވަނީ ފެނިފައެވެ. ނިޔާވެފައި ވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން އަށް އަހަރުގެ އަންހެން ކުއްޖެކެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދެރަކަންކަން

    ރިސޯޓްތަކުގައި މިހާރަކަށްއައިސް މިކަހަލަ ވަރަށް ގިނަކަންކަންހިގާ މެނޭޖްމަންޓުން އެބަޖެހޭކަންނޭންގެ މިކަންކަން ތަކުރާރު ވިޔަނުދޭން މަސެތްކަތްކުރަން

  2. ފަހަރި

    ގާ ފުންޏެއްހެން މައްސަލަތައް ތިހިރަ ފުނި ޖެހެނީ ޅިޔަނާ.