ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެމްޑީޕީއަށް ސޮއި ކުރެއްވުމާއި، ގުޅިގެން އޭނާގެ ފަރާތުން ލިބޭނީ ގެއްކުމާއި ހަލާކު ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އަލީ ޒައީދު ވިދާޅުވެއްޖެއެވެ.

ޝެއިހް ޒައިދު މިގޮތަށް ވިދާޅުވެފައި ވަނީ، އިންތިހާއަށް ތާއިދު ކުރައްވާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖާބިރު ވަރަށް މުހިންމު ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

މިއަދު ސޯލްޓް ކެފޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޖާބިރު އެމްޑީޕީއަށް ސޮއި ކުރެއްވި ފޯމް ހަވާލު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ޖާބިރުގެ ދައުރު ވަރަށް މުހިންމުކަމަށެވެ.

އަދި ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ވެސް ލިބުނު ވަރަށް ރަނގަޅު ކުރިއެރުމެއް ކަމަށްވެސް ވިދާޅުވިއެވެ.

"އެއީ އިންތިހާބު ކާމިޔާބުކުުރުމަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެ". ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަން އުޅުއްވި އިރުވެސް ޖާބިރު ވަރަށް ބޮޑަށް އެހީތެރިކަން ދެއްވައި މަސައްކަތް ކޮށްދެއްވި ކަމަށެވެ.

ރައީސް މިގޮތަށް ވިދާޅުވިއިރު، މި ސަރުކާރަށް ތާއިދު ކުރައްވާ ޝެއިހް ޒަައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖާބިރަކީ ދާއިރާއަށާއި މުޅި ގައުމަށްވެސް ހުރި ހުތުރެއް ކަމަށެވެ.

"ކެސީނޯއަށް ވަކާލާތުކުރާ މީހުންނަކީ މުޖުތަމައުގައި ފަސާދަ އުފައްދަން ބޭނުން މީހުން. ﷲ ހާރާމްކުރެއްވި ޖުވާ ނުފެތުރިގެން އުޅޭ މީހުންނަކީ ފާސިގުން. ފާސިގުން ގެފަރާތުން ލިބޭނީ ގެއްލުމާއި ހަލާކު".ޒައިދު ވިދާޅުވިއެވެ.

ޖާބިރަކީ މި ސަރުކާރު ގެނައުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ސޯލިހު ވެރިކަމުގެ ހުވާ ކުރައްވި ފުރަތަމަ މަހު ރައީސުލް ޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ކަމުގެ މަގާމަށް ވެސް ޖާބިރު ހަމަޖެއްސެވި އެވެ. އެ މަގާމުގެ މަސްއޫލިއްޔަތަކީ ރާއްޖޭގެ ގާނޫނީ ވެރިކަން ކުރިއެރުވުމާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލާބައާއި ފާގަތިކަން ހޯދައިދީ. ދައުލަތުގެ ކަންތައް ރަނގަޅަށް ހިންގުމުގައި ރައީސްއަށް ވާގިވެރިވެ އެހީތެރިވުމެވެ.،

ނަމަވެސް ކުޑަ ދުވަސް ކޮޅެއް ނުވެ އެކި ކަންކަމާ ގުޅޭ ގޮތުން ޖާބިރު ދައްކެވި ވާހަކަތަކާ ގުޅިގެން ސަރުކާރާ ޖާބިރާ މައްސަލަ ޖެހުނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ފައްލަންބޭ

    ޒައިދުއަށް އަދިކިރިޔާ ތި ކެރުނީ ޙައްޤުބަސް ބުނަން ވަރަށް ބޮޑަށް ޝުކުރިއްޔާ! ވެދާނެއެއްނު ޖާބިރު އެމް.ޑީ.ޕީއަށް ސޮއިކުރީ ޖުވާ ކުޅޭ ތަންތަން (ކަސީނޯ) އަޅަން ހުއްދަ ދޭން އެއްބަސްވީ ކަމަށް؟؟!!

  2. ނީޒާ

    އަދާލަތު ޕާޓީން ދޭ މަޝްވަރާ އާއި ހަމަ ސީދާ އެއްގޮތަށް ކަމަށް ވަނީ އިބޫ ކަންކަން ކުރައްވަނީ ސޭހު އަނީލްގެ ލަފަޔަކީ ޖާބިރުވެސް ތައުބާވީމާ އޯކޭ ވާނެ ކަމަށް އަލީޒާހިރުވެސް ވިދާޅުވީ އެގޮތަށޯ މުލިއާގެ އާދަމްބެ ވިދާޅުވި ދެންމެ

  3. ސަމަރު

    ކިހިނެއްވީ އަނެއްކާ! ޖާބިރު ހުއްދަ ކުރެވޭނެ ފަތުވާއެއް ދީބަލަ!

  4. Anonymous

    ރާއްޖޭގައި ތިބީ ފިކުރުތަކާއި ނަންތަކެއް އެމްޑީޕީ ދަޑޮމޮކްރެޓް އަދާލަތު ޖުމުހޫރީ ޕާޓީ ޕީޕީއެމް ، މިއިން ކޮންމެ ޕާޓީ އަކީ ވަކި ފިކުރުތަކެއްގެ މައްޗަށް ބިނާވާ ނަންތަކެއް !

  5. 100

    ޝޭޙް މިފަހަރު ތިޔަވިދާޅުވީ 100 ގެ ވާހަކައެއް.

  6. ޖައިޒް

    ރައްޔިތުންގެ މަޖިލިސްގެ ޗެމްބަރ ތެރޭގައި ޖާބިރު ރައްޔިތުންނަށް ދައްކަމުން ގެންދާ ޢަމަލުތަކަށް ބަލާލީމަވެސް ރައްޔިތުންގެ ކުރިމަތީގައި ޖާބިރުގެ ބަރުދަން ހުންނާނެވަރު ސާފުވެގެން ދާނެ. ގޭގެ ސިޓިންގ ރޫމްގަ ޢާއިލާއާއެކު ތިބެގެން އެމަންޒަރު ބަލާކަށް ނުކުރޭ. ޝެއިޚް ޒައިދު އެވިދާޅުވީ ވަރަށްރަނގަޅު ވާހަކަފުޅެއް.

  7. އއ

    ކަލޭގެފަރާތަކުންވެސް ފައިދާއެއްނުވާނެ.!!! މިހާރު ތިހެން ތިބުނަނީ ކަލެއައް ޔަގީން ސާލިހު ދެން ވެރިކަމައް ނާންނާނެކަން. ޙައްގުބަސް ބުނެވޭނެ ބަޔަކު ފާއިތުވެމިދާ 5 އަހަރު ސާލިހައްތާއީދު ނުކުރާނެ!!!

  8. އައުޠަރު

    އަޅުގަނޑަށް ހީވަނީ ތިބޭފުޅާއަށް ވުރެ ރަގަނޅުވާނެހެން

    4
    2
  9. ޙައްޕު

    ސިޔާސީ ކަންކަން ނުދަތަސް ދަންނަކަމަށް ހެދި އެއްޗެއް ބުނަންއެބަޖެހޭ. ބުއްދިއެއް ހުރިނަމަ ހުންނާނީ ހަނު. އެއްޗެއް ބުނީމަ ތިމާ ތާއީދުކުރާ ރައީސަށް މިކުރެވުނީ އެންޓި ކެންޕޭނެއް.