ހެރިޓޭޖު މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެޓަރ ޝަމްޢޫނު ޖަލީލު (ލޫކަސް) ސަރުކާރު ޕްރޮމޯޓުކުރުމުގެ މަސައްކަތްނުކުރާނަމަ އޭނާގެ މަގާމުން އިސްތިއުފާ ދިނުމުގެ ހިތްވަރު ހުންނަންވާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް ހިންގުމާއި މިވަގުތު ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި މާލޭ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާއިއެކު ލޫކަސް މިއަދު އޭނާގެ އަމިއްލަ ރަށް ކަމަށްވާ ބ.އަތޮޅު ކުޑަރިކިލުގައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަދުރޭ އަކީ ލޫކަސްގެ ބައްޕަ މުހައްމަދު ޖަލީލްގެ ގާތް ރަހުމަތްތެރިއެކެވެ. މުހައްމަދު ޖަމީލް ވަނީ މިދިޔަ އަހަރު ނިޔާވެފައެވެ. އަދުރޭ އާއި ނަރީޝް ކުޑަރިކިލަށް ވަޑައިގަތުމުން ލޫކަސް އެބޭފުޅުންނާއިއެކު މިއަދު ހަރަކާތްތެރިވީ އެކުވެރިންނަށް މެހެމާންދާރީ އަދާކުރަން ކަމަށް ލޫކަސް "ވަގުތު" އަށް ވިދާޅުވިއެވެ.

ނަމަވެސް ލޫކަސް އަދުރޭ އަދި ނަރީސް އާއިއެކު ނަގާފައިވާ ފޮޓޯތައް މީސް މީޑިއާގައި ދައުރުކުރަން ފެށުމުން އެމްޑީޕީގެ ބައެއް މެންބަރުން އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕޭން އާއި ގުޅޭ ވަޓްސްއެޕް ގްރޫޕަކަށް އެފޮޓޯ ލުމުން ލޫކަސް ވީމަ އެއްވެސް ބަޔަކާއިއެކު ފޮޓޯ ނަގައިގެން ނުވާނެތޯ މީހަކު ސުވާލު ކުރުމުން އެކަމަށް ރައްދުދިނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އެވެ.

ފައްޔާޒް ވިދާޅުވީ ލޫކަސް އަދުރޭ އާއި ނަރީޝް އާއިއެކު ފޮޓޯ ނެގުމަކީ ބޮޑު މައްސަލައެއް ކަމަށެވެ. "ސަރުކާރުގެ އެހެން މީހުން މި މީހުންނާއެކު (ޕީޕީއެމްގެ އިސް ބޭފުޅުންނާއިއެކު) ފޮޓޯ ނެގިޔަސް ސަރުކާރު ޕްރޮމޯޓުކުރަން ނުކެރިފައި ނުތިބޭ. މިކަންވެސް ކޮށްފައި ސަރުކާރު ޕްރޮމޯޓުކޮށްލަން ކެރޭނަމަ ރަނގަޅު. ސަރުކާރު ޕްރޮމޯޓުނުކުރާނަމަ ސަރުކާރުގައި ލޫކަސް ހުރި މަޤާމުން އިސްތިއުފާދޭނެހާ ހިތްވަރު. ހުރިނަމަ ރަނގަޅު." ފައްޔާޒު ވިދާޅުވިއެވެ.

ރައީސް ސޯލިހް ވެރިކަމަށް ގެންނަން ކުރި ކެމްޕޭންގައި ވަރަށް ވަރުގަދައަށް ލޫކަސް މީސް މީޑިއާގައި ހަރަކާތްތެރިވިއެވެ. ނަމަވެސް ފާއިތުވި ދެތިން އަހަރު އޭނާ މީސް މީޑިއާގައި ސަރުކާރު ޕްރޮމޯޓް ކުރާ މަންޒަރެއް ނުފެނެއެވެ. އޭނާގެ ޓްވިޓާ އެކައުންޓް ވެސް މިހާރު ޕްރައިވެޓް ކޮށްފައި އިންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ާްއަލީ

    އަޅުން މާބޮޑަށް މިނިވަން ވާތީ ކަންބޮޑުވޭތޯ؟

    15
    1
    • ހަސަނާ

      ސަރުކާރުލުރޮމޯޓުކުރުމަކީ ނުނިމުނު ބުރިޖުނިމެނީއޭ ނޭޅުނުފުލެޓުނިމެނީއޭ ދަރަނިކުޑަސަރުކާރެކޭ ރައްޔިތުންތިބީފުދިގެންނޭ ކިއުންތަ...

  2. ރަން ރީނދޫ

    ތިމާގެ ޒަމީރު ،ގޯއްޗަކަށް ،ފްލެޓަކަށް ފަޅަކަށް ގިރިޔަކަށް ވިއްކާލާފަ ތިބިމީހުންނަށް ،ސަރުކާރު ޕްރޮމޯޓް ކުރުމުގައި ލަދެއް ނެތި އުޅެވިދާނެ. ކިރިޔާވެސް، ލަދުވެތި ކަމެއްގެ ޒައްރެއްގެ މިންވަރުވިޔަސް ނަފުސުގައިވާނަމަ،ސަރުކާރުގެ ކޮރަޕްޓްކަމާއި ވައްކަންތައް ދިފާއު ކުރާކަށް ނޫޅެވޭނެ.

    27
    2
  3. ކޮބާ

    ބިދޭސީންގެ މައްސަލަ ހައްލު ނުވީމަ އިސްތިއުފާ ދިނުމުގެ ހިތްވަރު ފައްޔާޒުގެ ހުންނަންޖެހޭ

    48
  4. ާދަލޭކް

    ވެރިކަމާހެދި ހަމަ މޮޔަވަނީ ރައްޔަތުންގެ ހައްޤުގައެއްނޫން ހަމަ އަމިއްލަ އެދުމުން ފޯވަނީ

    27
  5. ބޮޑޭ އަހައްމަދު

    ފައްޔާޒު ތިޔަބޭފުޅާ ސަރުކާރު ޕޮރްމޯޓް ތިޔަކުރަނީ ބޯގަންވިލާ ފެމެލީއަށް މިރޭ ވިހާ ކުއްޖާއަށްވެސް ރައްޔިތުންގެ ފައިސާއިން ، ސަރުކާރުން ބައިއަޅާތީއެވެ!

    33
  6. ވަގުން

    ޗޯރޭގެ ވެރިކަން ޕްރޮމޯޓް ކުރަން އޮތީ ކޮންކަމެއްތޯ

    24
    2
  7. ސޯލޭ

    ސަރުކާރައް ސަނާ ނުކިޔާތީ އެހެންމީހުން ބޭރު އަރުވަނީ ލޫކާސް އިސްތިއުފާދޭން ހިތްވަރު ހުންނަން މިޖެހެނީ މަޖާ ކަމެއް ލޮލް ސޯލިހު ކައިރީގަ ބުނެބަލަ ހިތްވަރު ހުރިއްޔާ ެެސްތިއުފާ ދޭށޭi

    17
  8. ދަރަނި ދަންތުރަ

    ފައްޔާޒުގެ ނަމުގައި 6 ކުއްފުނި ރަޖިސްޓްރީކޮށްފައިވޭ ، މި 6 ކުންފުނިން ކުރާހާ ވެސް ކަމަކީ ރައްޔިތުންގެ ހަޒާނާ ލޫޓުވުން ، ބިގުން ޕީއެސްއެމްގެ މައްޗަށް ދައުވާކުރީ 21 މިލިޔަން ރުފިޔާ ހޯދަން ، ޕީއެސްއެމް އިން ބިގަށް 78 މިލިޔަން ރުފިޔާ ދިން ، ފައްޔާޒުގެ ދުލުން މީޑިއާ ކުރިމަތީގައި ބުނީ އެ 78 މިލިޔަން ރުފިޔާ ހަރަދު ކުރީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރި ކެންޑިޑޭޓުންނަށް ވޯޓު ހޯދައި ދިނުމަށޭ ، މިއީ ވައްކަމެއްނޫންތަ ؟

    16
  9. މަ

    އެހެން މީހުން ކެޑި ގޮތަައް އޭނަ ނުކެޑުނީ ކީއްވެ؟؟؟

  10. ރައްޔިތުމީހާ

    ހަމަ ސީދާ ޑިކްޓޭޓަރޝިޕް އެއް ދޯ....
    ނޯތުކޮރެއާ އަށް ދޫނުކުރޭ..

  11. ލައިލާ

    ތިފަދަ ލޫކަސް މެން އެއްވެސް ކަމަކަށް ކަމަކު ނުދާނެ ތިޔައީ ފައިސާގެ އަޅުން މާދަން އެހެން މީހަކު ކައިރިއަށް އަނެއް ދުވަހު އަނެއް މީހާ ކައިރިއަށް. އަހަރުން ކުރިމަތީ ތިޔައީ ކަންކުށަންވަޅުގަނޑު

  12. ހުނާ

    ލޫކަސް ޖަލީލަކީ އަހުލާގީގޮތުން ވަރަށް ފެންވަރުދަށް މީހެއް. އޭނާޔާ ކިރިޔާ ހިޔާލުތަފާތުވިޔަސް އެވީ ސޯސަލްމީޑިޔާގަ އެމީހަކާ ޖެހިގަންނަން ލިމިޓެއް ނެތި. އެކަހަލަ މީހުންލައިގެން އުޅޭ ސަރުކާރަކަށް އަހަރެން ހަމަގައިމުވެސް ވޯޓެއް ނުދޭނަން.
    ލޫކަސް ލަދުންވެސް އިސްތިއުފާ!ލޫކަސް ލަދުންވެސް އިސްތިއުފާ!ލޫކަސް ލަދުންވެސް އިސްތިއުފާ!ލޫކަސް ލަދުންވެސް އިސްތިއުފާ!ލޫކަސް ލަދުންވެސް އިސްތިއުފާ!ލޫކަސް ލަދުންވެސް އިސްތިއުފާ!ލޫކަސް ލަދުންވެސް އިސްތިއުފާ!ލޫކަސް ލަދުންވެސް އިސްތިއުފާ!ލޫކަސް ލަދުންވެސް އިސްތިއުފާ!ލޫކަސް ލަދުންވެސް އިސްތިއުފާ!ލޫކަސް ލަދުންވެސް އިސްތިއުފާ!ލޫކަސް ލަދުންވެސް އިސްތިއުފާ!ލޫކަސް ލަދުންވެސް އިސްތިއުފާ!ލޫކަސް ލަދުންވެސް އިސްތިއުފާ!ލޫކަސް ލަދުންވެސް އިސްތިއުފާ!ލޫކަސް ލަދުންވެސް އިސްތިއުފާ!ލޫކަސް ލަދުންވެސް އިސްތިއުފާ!ލޫކަސް ލަދުންވެސް އިސްތިއުފާ!ލޫކަސް ލަދުންވެސް އިސްތިއުފާ!ލޫކަސް ލަދުންވެސް އިސްތިއުފާ!ލޫކަސް ލަދުންވެސް އިސްތިއުފާ!

    2
    1
  13. އިބޫ ހޯލިސް

    ސުވާލަކީ ލޫކަސްއަށް ހަމަޖައްސާފައިވާ މަގާމުގެ "ހެރިޓޭޖް މިނިސްޓްރީގެ ޕޮލިޓިކަލް އެޑްވައިސަރ" މަސްއޫލިއްޔަތަކީ ސަރުކާރު ޕްރޮމޯޓް ކުރުންތޯ. އެހެންކަމައްވާނަމަ ސްރުކާރު ޕްރޮމޯޓް ނުކުރެވެންޏާ އޭނާ އިސްތިއުފާ ދޭންޖެހޭ.