ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކެމްޕޭން ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިއަދު ފަށައިފިއެވެ.

ގާސިމްގެ މި ޓީމު ލީޑް ކުރައްވަނީ ގާސިމްގެ ސްޕެޝަލް އެންވޯއީ އަދި ދެކުނުގެ ކެމްޕެއިން މެނޭޖަރު އިލްހާމް އަހުމަދެވެ. އިލްހާމްއާ އެކުގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ ޝާހް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އިލްހާމް މިއަދު ހިޔާ ފްލެޓެއްގައި. --- ފޮޓޯ: ޖޭޕީ

ޖޭޕީން ބުނީ މި ޓީމުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދޮރުން ދޮރަށް ހިނގައި ރައްޔިތުންގެ ހުރި ޝަކުވާތަކާއި ދަތިތައް އޮޅުން ފިލުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބ. އަތޮޅުގައި ގާސިމްގެ ނަން އޮތީ ވަރަށް ކުރީގައި، ބޭނުމީ ބަދަލެއް: އަމީން

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގާސިމަށް ތާއީދު ހޯދައި ދިނުމުގެ ގޮތުން އުތުރުގެ ކެމްޕެއިން މެނޭޖަރު އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާއި އޭނާގެ ޓީމު މިވަގުތު ހުންނެވީ ރ. އަތޮޅުގައެވެ. އެ ޓީމުން ވަނީ ބ. އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފައެވެ.

މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހު ބޭއްވި ޖޭޕީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ގާސިމް ވަނީ ޖޭޕީގެ ވެރިކަމެއްގައި ހުޅުމާލޭގައި ހަދާފައި ހުރި ހުރިހާ ފްލެޓުތަކެއްގެ ކުލި މާފްކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ހުޅުމާލޭގައި އެންމެ ފަހުން އިމާރާތް ކުރި ހިޔާ ފްލެޓުތައް ވެސް ހިމެނެއެވެ.

އިލްހާމްގެ ޓީމު މިއަދު ހިޔާ ފްލެޓު ސަރަހައްދުގައި. --- ފޮޓޯ: ޖޭޕީ

ގާސިމް ވިދާޅުވީ ހުޅުމާލެ އިން ބިން އެއް ބަޔަކަށް ވިއްކާ އިރު، އަނެއް ބަޔަކަށް ދެނީ ހިލޭ ކަމަށެވެ. އަދި އެކަމުގައި އިންސާފާއި އިހްސާންތެރިކަން ކޮބައިތޯ ގާސިމް ވަނީ ސުވާލު ކުރައްވައިފައެވެ.

އަޅުގަނޑުގެ ވެރިކަމެއްގައި ހުޅުމާލެ ފްލެޓުތަކުގެ ކުލި މާފްކޮށް ދޭނަން: ގާސިމް

"އަޅުގަނޑުގެ ވެރިކަމެއްގައި ހުޅުމާލޭގައި ތި ދީފައި ހުރި ކުލީ ފްލެޓުތަކުގެ ކުލި އެއް ފަހަރާ މާފްކޮށް ދޭނަން. މާފު. ބޮޑު ލާރިއެއް ވެސް ދައްކާކަށް ނުޖެހޭނެ." ގާސިމް ވިދާޅުވިއެވެ.

އޭގެ ފަހުގައި ގާސިމް ވިދާޅުވީ އެ ފްލެޓުތަކުގެ ތެރޭގައި ފުލުހުންނާއި ސިފައިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅަމުން އަންނަ ފްލެޓުތައް ވެސް ހިމެނޭ ކަމަށެވެ. އަދި އެއީ ސަމާސާއަކަށް ދެއްކެވި ވާހަކައެއް ނޫން ކަމަށާއި އެކަން ކުރަން ބޭނުން ވަނީ ރައްޔިތުންނާ މެދު ހަމަހަމަކަން ގާއިމުކުރަން ކަމަށް ވިދާޅުވިއެވެ.

ޖޭޕީގެ ރިޔާސީ މެނިފެސްޓޯގައި ވަނީ އެ ޕާޓީގެ ވެރިކަމެއްގައި މަދުވެގެން 20،000 ފްލެޓު އެޅުމަށް ހިމަނައިފައެވެ. އެކަމަކު، ގާސިމް ވިދާޅުވި ގޮތުގައި އަމާޒަކީ 30،000 ފްލެޓު އެޅުމެވެ.

މީގެއިތުރުން ހިޔާ ފްލެޓުތަކުގައި ހުރި މައްސަލަތައް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހައްލު ކުރުމަށް އިސްކަން ދީ، ޓަވަރުތަކުގައި އިތުރު އެލަވޭޓަރާއި ބެކަޕް ޖެނެރޭޓަރު ބަހައްޓައި ހިޔާ ނެއިބަހޫޑް ޕާކްތައް ތަރައްގީ ކުރުމަށް ގާސިމްގެ ރިޔާސީ މެނިފެސްޓޯގައި ވަނީ ހިމަނައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މާޟީ

    މިހާރު މީހުން ތިބިތަންވެސް އެނގޭދޯ؟

    26
  2. ލޮލް

    ކުރީގެ އިންތިޚާބުތަކުގައި ވީވަރުވެސް މިއިންތިޚާބުގައި ގާސިމަކަަށް ނުވާނެ. އެއީ މެންދުރުގެ އިރު ފެންނަފަދައިން ޔަގީންވާކަމެއް. ކުރީގައި ގާސިމްއަތުން ފައިސާނަގައިގެން އަދާލަތު ޕާޓީ އޮންނާނެ ގާސިމަށް ދީނީ ކާޑު ކުޅެދޭން. މިހާރު އަދާލަތު ޕާޓީވެސް ލާދީނީ ވެއްޖެ.

    16
  3. ލުޓޭރުންގެ ސަރުކާރު

    ލަދު ކުޑަކަން...ވޯޓު ހޯދަންވީމަ ހިޔާފްލެޓް...އޭގެކުރިން ކޮތަރުކޮށި...ގާސިމުގެ އަނބިގޮއްޔެ ބުނީ ރޔާމީން ހާވާފަހުރި ހަޑި ފިލުވަނީއޭ ތިމަންނަ ހިޔާފްލެޓަށް ވަނީ ހަޑި ސާފުކޮއްފަތަ...ނާންނާތި މަގޭ ފްލެޓަށް ވޯޓުހޯދަން..ރޔާމީނަށް ޕޕމއަށް މަގޭ ފްލެޓުގެ ވޯޓުއޮތީ..

    36
    1
  4. އަމްރު

    ތިއޮތީ ހޮވިފަ ދެން ހުވާކުރޭ

    22
  5. މަހޭ މަހޭ

    އޮއިކުނި ލައްގަން ފެށީ

    30
  6. ހުސްވަގުން

    ގެމަނަފުށީ ދާއިރާ މީގެ ކުރިން ރެޕްރެސެންޓް ކުރި ވަގުންވެސް

    14
  7. އަލީ

    ހިޔާ ފުލެޓުގެ އެކަކު ވެސް ގާސިމަށް ވޯޓެއް ނުދޭތި. ގާސިމަކީ މުވައްޒަފުންނަށް މުސާރަނުދޭ މީހެއް. ގާސިމަކީ ވިލާ ކޮލެޖުން ބޮޑު އަގު ނަގައިގެން ރައްޔިތުންނަށް ކިޔަވާދިނުމުގެ ނަމުގައި ނުކިޔަވާދޭ މީހެއް. އޭގެ ބަދަލުގައި ބަފައިބެއަށާއި އޭނާގެ ގާތް މީހުންނަށް ސަނަދު ބަހާ މީހެއް.

  8. ބަޑިތަކުރު

    މީގެ 17 ވަރަކަށް އަހަރުކުރިން ރައްޔިތުންނަށް ފްލެޓް އަޅައިދޭނަމޭ ކިޔައިގެން ހުޅުމާލެއިން ނެގި ބިމުގައި އަޅަން ފަށާފައި އެހެރަ ދަބަރު ބިލްޑިންގަށް ގޮސް ކެމްޕޭންކުރޭ. ރައްޔިތުން ދެކެ ލޯބިން އަދި އަދަށްދާނދެންވެސް އެ ބިލްޑިންގ އެހުރީ ދަބަރު ބިލްޑިންގެއްގެ ގޮތުގައި ބަހައްޓާފައި. ރައްޔިތުން ދެކެ ލޯބިވެފައި މީހަކަށް ހުރެވޭނީ މިހާކަށްހާވަރަށް. ހުރި ލަދުހަޔާތްކުޑަކަށް ނިކަން ބަލާބަލަ.

  9. ޢިބޫ ލާމު

    މަރުހަބާ ގާސިމް ގާސިމްއަށްވާވަރުވެސް ދެންތިއުޅޭވެރިންނަށް ނުވާނެކަންޔަގީން ، މިހާރު މިދެވެރިން މަސައްކަތްތައްބަލާ ކުލިކުޑަކުރީމަވެސް އަދިވެސް 7އަހަރައް =/6500 ދައްކަންޖެހޭ އަނެއްކާ 7އަހަރުފަހުން =/8500 ބާކީ 22 އަރެއްހާދުވަސް ވަންދެން، ބައްލަވާ ގާސިމް އެބުނުއްވަނީ 100 ދުވަސްތެރޭ ކުޅިހަލާސް މާފުކުރާނެވާހަކަ.. ރައްޔަތުންނައް މިވަރުގެ އެހީ ވީމީހަކުވެސް އަދި އެހީވާނެމީހަކުވެސް އެބަ އުޅޭބާ ދެން ހުރީ ނާޒިމު ކަންނޭނގެ