ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން، ވ. ރަކީދޫގައި ތަރައްގީ ކުރި ބަނދަރު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް، އެރަށު ބަނދަރު ހުޅުއްވައިދެއްވީ މ. އަތޮޅަށާއި ވ. އަތޮޅަށް ހޮނިހިރު ދުވަހު ފެއްޓެވި ދަތުރުފުޅުގައި ރަކީދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.

މިއަދު ރަކީދޫ ބަނދަރު ރައީސް ހުޅުއްވައި ދެއްވާފައިވާ އިރު، އެ ރަށު ބަނދަރު ހެދުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިޔަށް ގެންގޮސްފައި ވަނީ، އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ.

ރަކީދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން، 5554 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް، 164 މީޓަރުގެ ސަރަހައްދުގެ އެއްގަމުތޮށިލައި، 492 އަކަމީޓަރު ސަރަހައްދެގައި ވަނީ ޕޭވްމެންޓް އަޅައިފައެވެ.

އަދި ނެރުފުންކުރުމާއި ނެރު ބައްތިޖެހުމާއި އޮޑިދޯނިފަހަރު އެހެލާ ސަރަހައްދެއް ހެދުމުގެ މަސައްކަތްވެސް މިމަޝްރޫއުގެ ދަށުން ވަނީ ކުރިއަށް ގެންގޮސްފައެވެ.