ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމަކީ ތަސައްރަފް ފުދިފައި ހުންނެވި އިލްމާއި ހިލްމީ ގާބިލްކަން ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށް ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅުގެ ރަށްތަކަށް ގާސިމް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ކެނދިކުޅުދޫގައި ބޭއްވި ޖަލްސާގައި ނިހާން ވިދާޅުވީ ގާސިމަކީ ވަރަށް ވަރުގަދަ ހިތެއްގެ ވެރިއެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނަށް ލިބިފައިވާ ހިތުގެ ޑޮކްރަކީ ވެސް ގާސިމް ކަމަށް ނިހާން ވިދާޅުވިއެވެ.

ނ. ކެނދިކުޅުދޫގައި ނިހާން ވާހަކަ ދައްކަވަމުން/ވަގުތު ޕޮޓޯ

ނިހާން ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 40 އަހަރު ގާސިމް ވަނީ ހުއްޓުމެއް ނެތި ރައްޔިތުން އަޑު އައްސަވައިފައެވެ. އެގޮތުން ރައްޔިތުންގެ ޝަކުވާތައް އަޑު އަހައި، މާލީ ގޮތުން އެހީތެރިވެވަޑައިގެންފައިވާ ކަމަށް ނިހާން ވިދާޅުވިއެވެ. އަދި ގައުމުގެ ރައްޔިތުން ދިފާއުކޮށް، ޑިމޮކްރަސީއަށާއި އިސްލާހީ ބަދަލުތައް ގެނައުމުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ނިހާން ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރް ދިވެހިންނަށް މިނިވަން ކަން ހޯދައި ދެއްވާ އެ ގެންގުޅުނު ސިޔާސަތާއި ރާއްޖޭގެ އިގްތިސާދާއި އުމްރާނީ ތަރައްގީ އާއި އިލްމާއި ފަންނުވެރިކަން ކަމާ ބެހޭ ގޮތުން ދުވާލު ހަތަރު ދަމު، އެކަންކަމާ މެދުގައި ވިސްނަވާ ހަމައެކަނި ބޭފުޅަކީ ގާސިމް ކަމަށް ނިހާން ވިދާޅުވިއެވެ.

ފަރުތުވެރިކަމަށް ބަލާލާއިރު ގާސިމް ފަތުރުވެރިކަމަށް ނިކުންނެވި އިރުގައި ރާއްޖޭގައި ހުރި ރިސޯޓުތަކުން އެއްވެސް ރިސޯޓަކުން ދިވެހި މުވައްޒަފަކު ފެންވަރާލަން ރީތި ބޯފެން ފޮދެއް ނެތް ކަމަށާއި މުވައްޒަފުން ނިދާ ކޮޓަރީގައި މުށި ޖަހައި އެއާ ކޮންޑިޝަން ވެސް ކޮށްފައި ނެތް ކަމަށެވެ.

"ގާސިމް އިބްރާޙިމް އެންމެ ފުރަތަމަ ފަރުތުވެރިކަމުގައި އުފެއްދިކަމަކީ ދިވެހި މުވައްޒަފުން ތިބެންވާނީ ޓޫރިސްޓުންނާ އެއްފެންވަރުގައި އެ ހިދުމަތްތައް ލިބުން،" ނިހާން ވިދާޅުވިއެވެ.

ނިހާންގެ ވާހަކަ ނިންމަވާލައްވަމުން ވަނީ އެންމެ ފަހު ފަހަރަށް ރައްޔިތުންނަށް އިހްސާންތެރި، ރަހުމުހުރި އެހެން މީހުންނަށް ބަލާނެ ގާސިމަށް މިފަހަރު ވޯޓް ދެއްވުމަށް އެދިވަޑައިގެންފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ހަސަންކަލޯ

    ތެހެލަލާނު ހަމަދޮގޭ ތިހަދަނީ، މިބުނަނީ ގާސިމަކީ ރައީސް ކަން ކުރެވޭވަރު މީހެއްނޫނޭ.

    17
  2. މުހައްމަދު

    ތެންކިޔު ފޯ ދަ ލައުރާ

    11
    1
  3. ޢަބްދުއްލަޠީފު

    ޤާސިމް ކިޔަވާވިދާޅުވި ޔުނިވަރސިޓީ އެއް މި އުޑުހިޔާދަށަކު ނުހުންނާނެ. ޢިލްމުވެރިޔަކަށް ވީ ގޮތެއް ނިހާނު ބުނެދީބަލަ.

    19
  4. އަބްދޫ

    ތިޔައީ ދޮގެއް ގާސިމްއަތުގަ 2 ނަންބަރު ކާތިބުކަމުގެ ސަނަދު އޮވޭ .ކިޔަވަންދިޔަ ސްކޫލެއް ނެތް އަތުގަ އޮތް ސެތްފިކެޓެއްނެތް .އެއްކޮށްކަނޑަ ގުނަކޮށް ގެއްލަން އެގިދާނެ. އެއްވެސް އިލްމީ ގާބިލްކަމެއް ހުރި މީހެއްނުން .ލައްގާހުރައަށް ލައްގަދީގެން މަހުޖަނު ކުރުވީމަ މަހުޖަނެއް .އަޑީގަ ފޮރުވިފަ ހުރީ ކާކު ؟ވިޔަފާރި ފެށުނީ އެމީހާގެ ؟

    14
    • Anonymous

      ތިބުނީ އެއްކަލަ ރަންނަމާރީގެ ވާހަކަ ދޯ.

  5. ހުސޭނުބޭ

    އެހެންތޯ! އަދި ކިރިޔާ ދެއްތޯ ތަސައްރަފުފުދުނީ!

  6. Anonymous

    ގާސިމް އަކީ ކޮން ޔުނިވަރސިޓީއެއްގެ ގުރެޖުއޭޓެއްތޯ. ކޮން ސްކޫލެއްގެ އޯލެވެލް ނުވަތަ އޭލެވެލް ބެޗެއްގެ މީހެއްތޯ. ނިހާނު ކަލޭމެން ގާސިމް ކަހަލަ ގަމާރެއް ފެލިޔަސް ތީދެން ބޮޑުވަރު.

    10
  7. އަހަންމަދުު

    ނިހާނޫ އަވަސްކުރޭ! އަދިތިޔަށްވުރެ ހަލުވިކޮށް ތިއަގަތަޅުވާ ގާސިމުއަތުން ރަގަޅުއަދަދެއް ދަމައިގަނެވޭތޯބަލާ! ސުންގަޑި ވަރަށް ހަލުވިކޮށް އެބަކައިރިވޭ!

  8. ކައިދާ

    ޏިހާން އަށް އެނގޭބާ ޙިލްމް އަކޯ ކޮން އެްްޗެއްކަން ނިހާން ތިކުރީ ކަނޑައެޅިގެން ހަމަ މަލާމާތް އިލްމެއް ނެތް އަމުދުން ހިލްމެއް ނެތް. އެކަން އެނގޭނެ ޚާއްސަ މަޖްލިސްގަ އާ މަޖްލިސްގެ ޖަލްސާ ތަކުގަ ރިޔާސަތު ބެލެހެއްޓި އިރު

  9. އަހަރެން

    ގާސިމް ނުހޮވޭނެ އިނގޭތޯ. އެ ކޮލިޓީ އެއް ނެތް
    ޝުކުރިއްޔާ ނިހާނު

  10. ބަރުގޮނު

    ނިހާނޫ ، އެޑްވައިޒަރުންނަކީ މީހުންގައި ނެތް މޮޅުކަމާ ރަގަޅު ސިފަތައް އެމީހަކަށް ދައްކައިގެން މީހުން ގަޅަ ހައްދާ މީހުން .... ދޮގެއްތޯ..؟

  11. ކަޅުބެ

    އޭނާ ކިޔެވީ "ބަނާނާލީފް" ޔުނިވަރ ސިޓީން.

  12. ހޮއްކޮބެ

    ގާސިމަކީ އިރުއިރުކޮޅާ ކަންތައްތައް ހަދާންނެތޭ މީހެއް

  13. މަކަރެ

    އެހެންވެތަ އެކަލޭގެ އެވަރައް މޮޔަގޮވަނީ

  14. އަލްޖިބްރާ

    ބުރުމާ ކިއެވި ސްކޫލެއް މަދަރުސާއެއް މިއުޑުދަށަކު ނެތް ! ދެން އޭނާގެ ހުރީ ކޮން ތަޢުލީމެއްގެ ކޮންފެވަރެއްތަ ؟ މިހާރު ދަމާކަޑަން އުޅޭ މީހުންވެސް ބޭރު އެކި ބަސްބަހުން ވާހަކަ ދައްކާ ! އެއީ އެމީހުންގެ ތަޢުލީމީ ފެންވަރު ރަގަޅުވެގެންނެއް ނޫން !

    4
    1
  15. Anonymous

    ބުރުބޭ! ވިލާ ކޮލެޖުން ހިލޭ ޑިގްރީގެ ދަށުން ކިޔަވާގެން ޑިގްރީއެއް ނަގާބަލަގަ!

  16. ޞަލަފް

    މަށަށް ހަމަ ޔުޫސޭގެ ދިރިއުޅުމަކީ މިއީބާ ހަދާން ވަނީ

  17. ހެލި

    ޑޮލަރުނޫޓު ހުރިގޮތަށް ކައިގެން ގައިގަމަސްޖަހާފަލަވިމީހަކު އެބަފެނޭތަ

    1
    1
  18. އަހްމަދު

    ކަލޭމެން ތިހެންކިޔައިގެން އެމަނިކުފާނު ފެލާލަނީ! މީކޮންކަހަލަ ނުބައި ބައެއްބާ ހިތަށް އަރާ! މިފަހަރު އެނާ ނޮހޮއްވިއްޖެއިޔާ ވާނީ ކޮންގޮތެއްބާ!!

  19. ތަކުރު

    ތެރެ ޕިޔާރީ ޕިޔާރީ

  20. ނަމަ

    ނިހާން ތެދެއް ގާސިމް އަކީ އައުގުރާނަ ގޮއުމުގެ ރޮގުން އިލްމާއި ހިލްމީ ގާބިލް ބޭފުޅެއް