ރާއްޖޭގައި އިންޑިއާ ސިފައިން ނެތް ކަމަށް ދެއްކުމުގެ ގޮތުން ސަރުކާރުގެ ޕްރެޝަރާއެކު، އެކި ފަންތީގެ ދިވެހި ސިފައިންނާއި ޖެނެރަލުން ފެންވަރުގެ އޮފިސަރުންނަށް ބިރުދައްކާ ނުފޫޒު ފޯރުވައިގެން އެބޭކަލުން ލައްވާ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދޮގު މައުލޫމާތު ފަތުރަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އިދޮޅު ކޯލިޝަނުން އެކަން ކުށްވެރިކޮށްފިއެވެ.

އިދޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގައި ދިވެހި ސިފައިން ތިބުމާއި، އިންޑިއާ ސަރުކާރާއެކު ހަދާފައިވާ ގޮތް ނޭނގޭ އެއްބަސްވުންތަކާއި، އަދި ރާއްޖޭގެ ކަންކަމަށް އިންޑިއާއިން ބަސް ބުނުމަށް ދިވެހިން ނުރުހޭކަން އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިންވެސް ހާމަވާ ކަމަށެވެ.

މި މަހުގެ 9 ވަނަ ދުވަި ބޭއްވި ރިޔާސީ އިންތިހާބުގައި ކުރި ހޯއްދެވީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާއާ ދެން އެންމެ ގާތުން ވާދަކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެ ބަޔާނުގައި ވިދާޅުވެފައި ވަނީ އެ އިންތިހާބުގައި ދިވެހީން ތިބި ގޮތް ހާމަވެ، ބޮޑުތަނުން އެމްޑީޕީ ބަލިވުމާއިއެކު އިންޑިއާ އާއި ސަރުކާރު ގުޅިގެން ކަމުގެ ހަގީގަތް ދިވެހީންނަށް އޮޅުވާލުމަށް ކުރާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލާ ހަގީގަތާއި ކުރިމަތިލުމަށް ގޮވާލާފައެވެ.

އަދި ސިފައިންނަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓަން ހުވާކުރައްވައިގެން ތިއްބެވި ބޭކަލުންކަމަށްވާއިރު، ސަރުކާރުން ބިރުދައްކާ ނުފޫޒު ފޯރުވައިގެން ހިންގަންއުޅޭ މިފަދަ ކަންކަމަށް އެއްބާރުލުން ނުދިނުމަށާއި ދިވެހި ގައުމާއި ދިވެހި ޤައުމުގެ މިނިވަންކަމުގެ ދިފާއުގައި ތެދުވުމަށް ގޮވާލާފައި ވެއެވެ.

އޭގެ އިތުރުން އެ ބަޔާނުގައި ވަނީ އުތުރު ތިލަފަޅާއި، ހައިޑްރޯގްރަފީއާއި ހެލިކޮޕްޓަރާއި ޑޯނިއަރ އެއްބަސްވުންތަކުގެ އަސްލު އާންމުކޮށް އަދި މާލެ، ހަނިމާދޫ، އައްޑު ސިޓީ އާއި އެނޫންވެސް ތަންތާގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައިފައެވެ.

އަދި އެއާއެކު ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންނަށް ހޯދައިދިނުމަށްވެސް ގޮވާލާއި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ....

    އަސްލު މައްސަލަ ބާއްވާފަ އެހެން ކަމަކާ ތި އުޅެނީ އިބުރާހިމްވެސް...ވެއްޓެން ދާ ވެރިކަމެއް ދިފާއު ކުރަން ހަދައިގެން ހެދޭނީ ހުސް ކޮސް ކަން ފެނިފަ އޮތީވެސް....އިބުރާހިމަށް ވެސް ނާކާމިޔާބުވީ ކައިރީގަ ތިބި މީހުން ހަރާން ކޯރުވުމުގެ ސަބަބުން...

    • ހަންހާރަ

      ޗޯރޭ ބުނަން މިއުޅެނީ ކަލެއަށް އެއްމެބުއްދިވެރިގޮތް ގައުމުގަ ހުންނަންބޭނުންނަމަ އަވަހަށް ޔާމީން ދޫކޮށްލާ ޔާމީން ޖަލަށްލުމުގެމޭސްތިރިން ބޭޒާރުކޮށްލަށްވާ ބުއްދި އިސްކުރަށްވާ ރަށްކާވެތިބިއްޔާ ދަތުރު.

  2. ހަންހާރަ

    ޗޯރޭ ބުނަން މިއުޅެނީ ކަލެއަށް އެއްމެބުއްދިވެރިގޮތް ގައުމުގަ ހުންނަންބޭނުންނަމަ އަވަހަށް ޔާމީން ދޫކޮށްލާ ޔާމީން ޖަލަށްލުމުގެމޭސްތިރިން ބޭޒާރުކޮށްލަށްވާ ބުއްދި އިސްކުރަށްވާ ރަށްކާވެތިބިއްޔާ ދަތުރު.

  3. thibeythi

    ޖޭޕީ ކޯލިޝަން ހަދާނީ އެމްޑީޕީ އާއި އެކު ދަ ޑިމޮކްރެޓްަސް އިން އިއުލާން ކުރާނީ އެމްޑީޕީ އާއި އެކު ރައީސް ޔާމީން އަރިސް މީހުންނޭ ކިޔައިގެން ވާހަކަ ދައްކާ މީހުން ދެން މަހަށްދޭބަލަ މަހަށް މަހަށް މަހަށްދޭބަލަ ރަނގަޅަށް ދެވަނަ ބުރުގައި ރާކަނި މަސްކާންދޭނެ ތިބުނާ ގާތް ކަނޑުކޮހަށް ބަލަންތިބޭތި.