އޭލެވެލް ގަދަ 10 ގައި 187 ދަރިވަރުން ހިމެނިއްޖެއެވެ.
މިއަހަަރުގެ ޓޮޕްއެޗީވާސް އެވޯޑް ދިނުމަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވަނީ މަތީ ސާނަވީ ތައުލީމް، އޭލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް އިނާމާއި އެވޯޑްތައް އަރުވައިފައެވެ.
މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގައި އެކި މާއްދާތަކުން ރާއްޖޭގެ އެއް ވަނަ 13 ދަރިވަރަކު ހޯދި އެވެ.
ފަސް މާއްދާއިން އޭ ފާސް ހޯދައިގެން، ރާއްޖޭގެ ގަދަ 10ގެ އެއް ވަނައިގައި ރިކޯޑު އަދަދަކަށް މިދިޔަ އަހަރު ދަރިވަރުން ހިމެނިފައި ވެ އެވެ. އެއީ 44 ދަރިވަރުންނެވެ. މިއީ، ފާއިތުވި ތިން އަހަރުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް އޭ ލެވެލްގެ އެއް ވަނައިގައި ދަރިވަރުން ހިމެނުނު އަހަރެވެ. މިއަހަރު ގަދަ 10 އެއްގެ އެއްވަނަ 44 ދަރިވަރުން ހޯދާފައިވާއިރު ދެވަނަ 33 ދަރިވަރުން އަދި ތިން ވަނަ ހަތް ދަރިވަރަކު ހޯދާފައިވެ އެވެ.
186 ދަރިވރުންގެ ތެރެއިން ހިނައި ތާހިރުވާން ނަމާދުގެ އައްތަހިއްޔާތު އެނގެނީ ކިތައް ކުދިންނައްތޯ ބަލާބަލަ.ތައުހީދަކީ ކޮބައިކން އެެގނީ ކިތައް ކުދީންނައްތޯ ބލާބލަ.ބަލއިފި ކަމުގއިވަނީ ނަމަ ގިނަމީހުން އިސްލާމްކަމާއި އީމާންކމުގެ ޝަރުތުތަކުން ފެއިލްވާނެ.