(ނ. މާފަރު) މި ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ރަށަށް ތަރައްގީ ގެނެސްދެއްވާނެ ކަމުގެ ޔަގީން ކަން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި މި ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ޑރ.މުއިއްޒު ވަނީ މާފަރަށް ގެނެސްދޭން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް އިއުލާން ކުރައްވާފައެވެ.

ޑރ.މުއިއްޒު ނ.މާފަރަށް ވަޑައިގަތުން:ވަގުތު އިމޭޖްސް-އަހްމަދު އިޒްމީމް

"މި ރަށު ފަޅުތެރެއިން އިހްތިސާސުން މި ސަރުކާރުން ވަކިކޮށްފައިވާ ބައި އަނބުރާ ހޯދައިދޭނަން. މި ކަން އަޅުގަނޑު އިންތިޚާބުވާ ފުރަތަމަ ތިން މަސް ދުވަސް ތެރޭ ނިންމައިދޭނަން." މުއިއްޒު ވިދާލުވިއެވެ.

އޭގެއިތުރުންވެސް މާފަރުގެ މަގުތައް ހެދުމަކީ ވަރަށް މުހިންމު މަޝްރޫއެއް ކަމަށްވުމުން އޭނާގެ ވެރިކަމެއްގައި ޚާއްސަ އަހަމިއްޔަތުކަމެއް ދެއްވައިގެން އެ މަޝްރޫއު ކުރިޔަށް ގެންދަވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މާފަރުގެ ފުޓްބޯޅަ ދަނޑު ހެދިފައިވީ ނަމަވެސް އެ ދަނޑުގައި ޗޭންޖިންގް ރޫމް އެއް ނެތް ކަމަށާއި އެ ތަނުގައި ޗޭންޖިންގް ރޫމެއް ގާއިމްކޮށްދެއްވާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންފައިވެއެވެ.

"ފުޓްބޯޅަ އަކީ ރާއްޖޭގައި ވަރަށް ކުރިއްސުރެ ނޭޝަނަލް ގޭމެއްގެ ގޮތުގައި ކުޅެމުން އަންނަ ކުޅިވަރެއް. ދެން ފާހަގަކޮށްލެވޭ މި ރަށުގައި ދަނޑު އޮތަސް އެތަނުގައި ޗޭންޖިންގ ރޫމެއް ނެތް ކަން. އެހެން ކަމުން ދަނޑުގައި ޗޭންޖިން ރޫމު އަޅާ ފުޓުބޯޅަ ކުރިއެރުވުމުގައި މަސައްކަތްކުރާނަން" މުއިއްޒު ވިދާޅުވިއެވެ.

މާފަރު ފަޅުގައި ރިސޯޓެއް ގާއިމް ކޮށްދެއްވާ ޒުވާނުންނަށާއި ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ދެެއްވާނެކަމަށާއި މީހުންނަށް ގެދޮރު އަޅުއްވާ ދެއްވާނެ ކަމަށް ވެސް މުއިއްޒު ވައުދުވެވަޑައިގެންފައިވެއެވެ.

ޑރ.މުއިއްޒު ނ.މާފަރުގައި ވާހަކަދައްކަވަނީ:ވަގުތު އިމޭޖްސް-އަހްމަދު އިޒްމީމް

ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ސަރުކާރުން ސިއްހީ ނިޒާމަށް ފަރުވާ ކުޑަކޮށްފައިވާ މިންވަރު ފާހަގަކޮށް މުއިއްޒު ވިދާޅުވީ މާފަރުގައި ސިއްހީ ނިޒާމު ރަނގަޅުކޮށްދެއްވާނެ ކަމަށެވެ.

މާފަރުގެ މަގުތައް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމުން އެ މަގުތައް އިތުރައް ތަރައްގީކޮށް ތާރު އަޅުއްވާ ބާރު ސްޕީޑުގައި ކުރިއަށް ގެންދާނެ ކަމަށާއި ކަރަންޓުގެ ކެޕޭސިޓީގެ ހިދުމަތްތައް ވެސް ރަނގަޅުކޮށްދެއްވާނެ ކަމަށް މުއިއްޒު ވަނީ ވާހަކައިގައި ފާހަގަކުރައްވާފައެވެ.

މާފަރަށް ވަޑައިގެން އެ ރަށުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އިންތިޚާބުގެ ދެވަނަ ބުރުގައި ވެސް އެ ރަށުން ކުރިން ލިބުނު ތާއީދަށްވުރެ ބޮޑު ތާއީދެއް ލިބިގެންދާނެ ކަމުގެ އުންމީދުކުރާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހއ

    މުއޫޒުގެވެރިކަން ބަލާލުމައް ޒުވާނުންތިބީ ކެއްމަދުވެފަ ޒުވާނުންނައް ހަބޭސްކިޔާފާ ފުރުސަތު ޒުވާނުންހާދަހާ ރުޅިއެއްއައޭ އިބޫ ހެލްތްމުނިސްތަރަކު ޒުވާނުނައް ޖޯކުޖަހާފަ ޒުވާނުންގެ އަގުވައްޓާލާފް ހުރިމީހަކައްދިނީމަވެސް އެހެންވެ ޒުވާނުން މިފަހަރުބުނަނީ ދެންހެވޭ ކިތަންމެ ކިތަންމެ ކަމެއްކޮއްދިނަސް މިފަހަރުގެ ޗޮއިސްއަކީ މުއީޒުއޭ މިގޮތައް ނިންމައިފީމޭ

    7
    3
  2. ޛިމްނާ

    މުއިއްޒުއަށް ވާނެ ... ކުރެވޭނެ .......މުއިއްޒުވަރެއަ ހަމަނެތް......�

    6
    3
  3. ސާރާ

    ފުރަތަމަބުރަށްވުރެ މަތީ % އެއް ދެވަނަބުރުގައި ޑ މުޢިއްޒަށް މާފަރުން ލިބޭނެ! ހުރިހާރަށަކުންވެސް ލިބޭ % ދެވަނަބުރުގައި މުޢިއްޒަށް މަތިވާނެ! އިންޝާއަﷲ

    7
    1
  4. މާފަރު މީހާ

    "މި ރަށު ފަޅުތެރެއިން އިހްތިސާސުން މި ސަރުކާރުން ވަކިކޮށްފައިވާ ބައި އަނބުރާ ހޯދައިދޭނަން" މާފަރުގެ މެޖޯރިޓީ ނަގަން މި ޢިބާރާތް އެކަނިވެސް ފުދޭ... އިންޝާ ﷲ.. 2 ވަނަ ބުރު މާފަރުން ބޮޑުތަނުން މުޢިއްޒު މެޖޯރިޓީ ނަގާނެ.. ވޯޓް 4

    7
    1
  5. ކުރާށޭ

    މިވަގުތު ނިޒާމީ ވޯޓް ފަދަ ކައްޕަޅި ރަނޑު ކަންކަން ކުރަން ޕީޕީއެމް އިން ވަގުތާއި ހަކަތަ ބޭކާރުކޮށްނުލާ ކެމްޕެއިނަށް ފޯކަސް ކުރަންވީއޭ ކިއެއްވެތޭ ޓެކްސް ކުޑަ ކުރާނަމޭ މުއިއްޒު އަށް އިއުލާން ނުކުރެވިގެން އުޅެނީ އަދި ބީޕީޓީ ނުލިބޭ ފައިސާ އިން މީރާ އިން ވަގުން ވައްކަން ކުރާ އުސޫލުން އާންމު ވިޔާފާރިވެރިން އަތުން ވަައްކަން ކުރަމުންދާތީވެ އެކަން ކަން ކޮށްދޭނަމޭ ނުބުނަނީ ކިއެއްކުރަން ނަގާ ކޮތަޅު ޓެކުހެއްތޭ ކޮތަޅު ޓެކްސް އުވާލާނެ ކަމަށް އިއުލާން ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ ކުރާށޭ

  6. ގެއްލުނީއޭ

    ބަރުލަމާނީ އަކީ އެއީ ސީދާ ރައްޔިތުންގެ ބާރު ކެނޑިގެންދާނެ ކަމެކޭ މިހާރު ރައީސް އިބޫ ބިރުން ރައްޔިތުންނަށް ދިމާވެފައިވާ ދަތި ތައް ހައްލު ކޮށްދޭނެ ކަމަށް ވައުދު އެވަނީ ކިއެއްވެތޭ އެއީ ބިރުންނޭ އެއީ ހުރިހާ ރައްޔިތުންގެ ވޯޓަކުން އޭނާ ހޮވަން ޖެހޭތީވެ ވެރިކަން ނުލިބިދާނެތީވެ ހޭބަލިވަނީއޭ ބަރުލަމާނީ ގައި މަޖްލީހަށް ހޮވާނީ އާއިލާ އަށް ބަލައިގެންނޭ އެއީ ސީދާ ރައްޔިތުންގެ ވޯޓަކުން އަންނަ ބައެއް ނޫނޭ އަދި ވޯޓްލާ މީހުންގެ %50 ނުލިބިއޭ މަޖްލީސް މެމްބަރުކަން ކުރާނެއޭ އެއިރުން ރައްޔިތުންގެ ސީދާ ވޯޓަކުން ރާއްޖޭގެ ވެރިމީހާ ހޮވުމުގެ ފުރުސަތު ރައްޔިތުންނަށް ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ ގެއްލުނީއޭ

  7. ދިސްވޭ

    ކީއްވެ 10 ފްލޯރ އަށްވާންވީ ބިމުގެ އޭރިއާއަށް ބަލާ އިންޖިނިއަރިންގް ތަންދޭނަމަ 150 ބުރިއަށް ވެސް ނެގެން ޖެހޭނެއޭ މީއޭ މަމެން ކިޔާއެއްޗަކީ ސަރުކާރުގެ ފަންނީމީހުންގެ ގޮތުގައި ތިބެނީ ފޭކް ޑިގްރީ ހޯލްޑަރުންނޭ ކޮންމެވެސް ގްރައުންޑެއް ނުވަތަ އިންޖިނިއަރިންގް ސަބަަބު ތަކެއް އޮންނަން ޖެހޭނެއެ އިމާރާތް ކުރެވޭ އުސްމިން މަނާ ކުރުމުގައި ކޮބާތޭ ތިޔާގެ އިންޖިނިއަރިންގް ޕޮއިންޓް އޮފް ވިއު އަކީ ކޮތަޅު ޓެކްސް ނަގަނީ އެއީ އާންމު ފެލާލަން ދޯ އެގޮތަށް އެކަން ކުރަނީ ކޮބާތޭ އޭގެ ބޭނުމަކީ...