ރާއްޖެއަކީ ކޮރަޕްޝަނުގެ ހާއްޔެއް ކަމަށާއި މި ޤައުމަށް ބަޖެޓްގެ ބޭނުމެއް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

"ވަގުތު" އަށް ދިން އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ މުހިންމު ގިިނަ ކަންތައް ކުރަން ޖެހިފައިވާ މިދަނޑިވަޅުގައި ބަޖެޓުގެ މައްސަލަ ތާވަލް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކޮންމެ ސަރުކާރަކުންވެސް ގިނަ ކޮރަޕްޝަންގެ އަމަލުތައް ހިންގާކަން ފާހަގަކުރައްވަމުން ޖާބިރު ވިދާޅުވީ ރައްޔިތުންނަށް ލިބެނީ ސަރުކާރުން ކައި ހުސްކޮށްފައި އޮންނަ ނާށިގަނޑު ކަމަށެވެ. އޭގައި ހުންނަ ކާށިގަނޑު ސަރުކާރުން ކެއުމަށްފަހު ބާކީވާ އެތިކޮޅު ރައްޔިތުންނަށް ބަހައްޓާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ބަޖެޓަކީ އެއްވެސް ބޭނުން ހުރި އެއްޗެއް ނޫން ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

"ކޮންމެ ސަރުކާރެއް އަޔަސް ކޮރަޕްޝަން. ރައްޔިތުންވެސް ބޭނުން ގޮތަކަށް އުޅެންވީ ރާއްޖޭގައި. ބަޖެޓަކީ އެއްވެސް ބޭނުން ހުރި އެއްޗެއް ނޫން. ކީއްކުރާނީތޯ ބަޖެޓެއް ހަދައިގެން. އެ ކައި ހުސްކުރާނީ ސަރުކާރުގައި ތިއްވަބާ ބޭފުޅުން." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލައިގައި މަޖިލީހުން ކަންތައް ކުރައްވަމުންދަނީ ވަރަށް ދޯހަޅިކޮށް ކަމަށާއި މި މައްސަލައިގައި ސާކުން ނުވަތަ އީޔޫއިން ބަހެއް ބުނަން ވެއްޖެ ކަމަށެވެ. މިއީ ނުބަލާ ދޫކޮށްލެވޭ ފަދަ އަމަލުތަކެއް ނޫން ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. އަދި މަޖިލިސް އިދާރާގައި ތިއްބެވި ބޭފުޅުންނަކީ ޤާނޫނު ދަންނަ ބައެއް ނޫން ކަމަށް ބުނެ ޖާބިރު ވަނީ ފާޑު ވިދާޅުވެފައެވެ.

އޭނާ ވިދާޅުވާގޮތުން މަޖިލިސްގެ އިދާރާއިން އެ އުޅުއްވަނީ މެންބަރުން ހިސާރުކޮށްގެންނެވެ.

ޕީޕީއެމް ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީން އަބްދުލްގައްުޔޫމް ވިދާޅުވީ އިންތިހާބީ ރައީސް ހުވާކުރުމަށްފަހު އެންމެ އިސްކަމެއް ދޭންޖެހޭ އެއް ކަމަކީ ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށް ކަމަށެވެ. މިވާހަކަތަކަށް ރައްދު ދެއްވަމުން ޖާބިރު ވިދާޅުވީ ރާއްޖގެެ ކަނޑުން ގެއްލިއްޖެ ކަމަށް އެ ބުނާ ބަޔަކީ ކޮބައިކަން ސާފުކޮށް ނުވާ ކަމަށެވެ. އެކަން ސާފުކޮށްދެއްވުމަށް ޖާބިރު ވަނީ އެދިލައްވާފައެވެ.

"ކަނޑުން ބައެއް ގެއްލިއްޖެ ކަމަށް ޔާމީން އެބަ ވިދާޅުވޭ، އެއީ ކޮން ބައެއްތޯ؟ އަޅުގަނޑުމެންނަށް ސާފުކޮށްދެއްވާ!" ޖާބިރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކުޑަބޭ

    ޖާބިރަށް ކަމެއްއެގޭނީ ހަމާގަހުރެގެން ތިޔައީ މިގައުމުގައުހުރި ބޮޑުވެގެންވާ ސޭކެއް ،މޮގާވާމީހެއްތިި ވަގުތުންވަގުތަށް

    2
    1
  2. ލޫޓުވާ

    އެންމެ ގިނަ ކޮރަޕްޓް ފައިސާ ނަގާފައިވަނީ ތިޔަ މެމްބަރު. 700ވުރެ ގިނަ ރައްޔިތުންގެ ފައިސާވަނީ ދައުލަތަށް ނުދައްކައި ފޭރިެންފަ.

  3. Anonymous

    މި ސިޔާސީ ކަނޑުކޮހުގެ ކިބައިން މި އިސްލާމީ ދިވެހި ޤައުމު ސަލާމަތްކޮށްދެއްވާށި.އާމީން

  4. މުލޭ

    ޖާބިރަކީ ވެސް ކޮރަޕްޓް މީހެއް.

  5. ސދފސދފ

    މިހާރު ރޔ އާއި މުއިޒްވަރެއް މީނަޔަކަށް ނޯންނާނެ.

  6. އައްމަޑޭ

    ބަޖެޓު ކަނޑައަޅަންވެސް ސާކު ނުވަތަ އީޔޫއިން ބަހެއް ބުނަންވީނު

  7. މާމީ

    އަބަދު ހަމައިގަ ނު އުޅުއްވާ ބޭފުޅުންނަކައް އެނގުން ނޫވާނެ އުނަގަނޑުގަ އޮތް ފައްޓަރު ދިޢާމަވެސް