ފާއިތުވި ފަސް އަހަރު މި ސަރުކާރުން އައްޑުއަށް ގެނެސްފައި ވަނީ މަދިރިފަނީގެ ތަރައްގީ ކަމަށް ވިދާޅުވެ، މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ސަރުކާރަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ.

ތޯރިގް މިހެން ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ހިތަދޫ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، ރާއްޖެ ތަރައްގީ ކުރެވޭނީ އައްޑޫ ތަރައްގީ ކުރެވިގެން ކަމަށެވެ.

ތޯރިގް ވަނީ ކޮންމެ ގެއަކުން ނުކުންނަ އިރު، އެ ގެގޭ ދޮރުމަތީގައި މަދިރި ފެންގަނޑެއް ހަދާފައި އޮންނަ ކަމަށް ވިދާޅުވެ، އެ ނޫން ތަރައްގީއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފަސް އަހަރު ދުވަހުގެ ތެރޭގައި މި ސިޓީއަށް ގެނެވިފައި އޮތްތޯ ސުވާލު ކުރައްވައިފައެވެ.

ރާއްޖޭޣެ ކަނޑުގެ ސަރަހައްދަކާއި ގުޅުން ހުރި އެއްވެސްކަމެއް ކުރެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށާއި، މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބިގެން ނޫނީ އެކަން ނުކުރެވޭނެ ކަމަށް ތޯރިގް ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރީ ސަރުކާރުން ކޮށްފައިވަނީ އެހުމެއްނެތި ކަމަށްވެސް ތޯރިގު ވިދާޅުވިއެވެ.

"ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލީ ރައްޔިތުން ކައިރިން އަހާވެސް ނުލާ. އަޅުގަނޑުމެން މިތިބީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން. ރާއްޖޭގެ ގާނޫނު އަސާސީގައި ފާޅުކޮސް އެއޮތީ ބުނެފަ ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި، ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި އަގުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށް." ތޯރިގް ވިދާޅުވިއެވެ.

މިދިޔަ ފަސް އަހަރުގައި ރާއްޖެއަށް އެއްވެސް ތަރައްގީއެއް ގެނެސްފައިނުވާކަން ފާހަގަކުރައްވަމުން ތޯރިގް ވިދާޅުވީ، ރާއްޖެއަށް ތަރައްގީ ގެނެސްދޭނެކަން ރައީސް ސޯލިހު ވިދާޅުވި ނަމަވެސް އެމަނިކުފާނު ވިދާޅުވާ އެއްޗެއްގެ މާނަ އެމަނިކުފާނަށް ދޭހަނުވާ ކަމަށެވެ.

" 2018 ގެ އިންތިޚާބުގެ ކެމްޕޭނުގަވެސް ހަމަ ލިޔުނީ އައްޑޫ ތަރައްގީނުވެ ރާއްޖެ ތަރައްގީ ނުވާނެކަން. ހަމައެހެންމެ ސްޕީޗް އެޑިޓްކޮށްލާފަ ފަސް އަހަރު ލިޔުނީވެސް އައްޑޫ ތަރައްގީނުވެ ރާއްޖެ ތަރައްގީނުވާނެކަން." ތޯރިގް ވިދާޅުވިއެވެ.

ރާއްޖެއަށް އެހެން ގައުމުތަކުގެ ނުފޫޒު އެބައޮތްކަމަށް ފާހަގަކޮށް ތާރިގު ވިދާޅުވީ، އައްޑޫ ޕޮލިސް އެކަޑަމީއަށް ބަލާލި ނަމަވެސް ރާއްޖޭގެ މިނިވަންކަން އޮތް މިންވަރު ހާމަވާ ކަމަށެވެ.

" ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ކިޔައި ދެމުން އައީ އަވަށްޓެރި ގައުމެއްގެ ނުފޫޒު މި ގައުމުތެރެއަށް ފައިބާފައި އޮތްވަރު. އަޅުގަނޑު މިރަށަށް އައިސް މި ކުރި ދަތުރުތަކުގައި މިތަނުގައި ހަދާފައި އޮތް ސެންޓަރު ބަލާލީމާ ވެސް ރާއްޖެއަށް ދެން ވެދާނެ ގޮތަކާ ދޭތެރޭ ވިސްނުނު. މިކަންކަމުގެ ވާހަކަ އަޅުގަނޑުމެން ދައްކަނީ ހަމަ ތިބެފަކާ ނޫން." ތޯރިގް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލަކުޑިބޯ

    މިކަހަލަ ތާކުންތާކު ނުޖެހޭ ވާހަކަ ދައްކާ މީހުންނަށް ޖަލްސާތަކުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ނުދިނުމަށް މުއިއްޒު އަރިހުން އެދެން.

    5
    1
  2. ފާއިކްސީ

    ގެނެސްދިން ތަރައްޤީ ނުފެންނަ ކަމަށް ވަންޏާ ޑޮކްޓަރަކަށް ދައްކާފަ ލޮލުގެނަމްބަރ އައިނެއްހަދަންފެނޭ އެހެންނޫނަސް ތިއުމުރަށްދިޔާމަ ވާނެތިހެން

    3
    1
  3. މުޙައްމަދު

    ނޫން ވަރަށް ބިޔަ ޕްރޮޖެކްޓް ތަކެއް މިހާރުވެސް އެބަ ކުރިޔަށްދޭ، ތިވިދާޅުވާ ކާނުތަކުގައި މަދިރިފަނި ނާޅާނޭހެން ކައުންސިލުން އެކާނުތަކަށް ކެމިކަލް އަޅާ، މަޢުލޫމާތެއް ނެތި ތިގޮތަށް ވިދާޅުވުމުން، އެގިހުރި މީހެއްގެ ހައިސިއްޔަތުން ހިއްސާކޮށްލީ

    6
    1
    • އަލީ

      ތަރައްގީ އަކީ ކޮށް ނިމުނީމަ ފެންނަން ހުންނަ އެއްޗެއް. ކުރަމުން ދާއިރު އެއަކަށް ތަރަށްގީއެއް ނުކިޔާނެ. މަދިރި ފަނި ފެންނަން އެބަހުރި.

      • ޙަސަން

        ފެންނާކަށް ނެތްތަ؟ ޔަހްޔާއަކަށް ނުފެންނާނެ އެއީ ލޯފަން ބޭފުޅެއްވީމަ