ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީގެ މަޝްރޫއުގެ ކްރެޑިޓް ދޭން ޖެހޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ވައްޑެ މިގޮތަށް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ނިންމަން އެ ޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ޔޫއޭއީގެ އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓު (އޭޑީއެފްޑީ)ން ހަމަޖެއްސީ މި ސަރުކާރުން ކަމަށް ބުނެ ވާހަކަތައް ފެތުރެމުންދިޔުމާ ގުޅިގެންނެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ވަޢުދާއި އެއްގޮތަށް ރާއްޖޭގެ މައި ދޮރާށި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިންމުމަށް ޔޫއޭއީން 1.2 ބިލިއަން ދިވެހި ރުފިޔާ ދޭން ނިންމައިފައި ވާކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ކަށަވަރު ކޮށްދީފައި ވާއިރު ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވަނީ އެ ފައިސާ އަކީ މާކުރިން މި ސަރުކާރުގެ މަސައްކަތުން ހަމަޖެހިފައިވާ ފައިސާ ކަމަށެވެ.

އެކަމާއި ގުޅިގެން ރާއްޖެއާ އަލަށް ހަވާލު ވާން އޮތް ސަރުކާރާއި މިހާރު އޮތް ސަރުކާރާ ދެމެދު ބަހުސްތައް ކުރިއަށްދާއިރު ވައްޑޭ ވަނީ އޭނާ ދެކެވަޑައިގަނނަވާ ގޮތުގައި އެއާޕޯޓް މަޝްރޫއުގެ ކްރެޑިޓް ހައްގީ ރައީސް ޔާމީނަށް ކަމަށް ވިދާޅުވެފައެވެ.

މި ސަރުކާރުގެ ޕްލޭނުގައި އޮތީ ޓާމިނަލްގެ މަސައްކަތްތައް 2025 އަށް ނިންމާލުމަށެވެ. ނަމަވެސް ކުރިއަށް އޮތް ސަރުކާރުން ވަނީ މަޝްރޫއު މިހާރު ވެސް މާ ބޮޑަށް ލަސްވެފައިވާކަމުގެ ކަންބޮޑުވުމާއެކީ އަންނަ އަހަރުގެ ޕީކް ސީޒަން ފެށުމުގެ ކުރިން، އެއީ ނޮވެމްބަރު މަސް ފެށުމުގެ ކުރިން، ޓާމިނަލް އޮޕަރޭޝަނަށް ގެންނަން އަމާޒު ހިފާ އެ މަގަށް މަސައްކަތްތައް ރާވާނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުނާފިޒު

    ޗޯރުކިޔަނީ ކިޔަންވެގެން ރ ޔާމީނުވަނީ ތިޔަޓާމިނަލް ނިންމަންހުރިހާކަމެއް ކޮށް ނިންމާ މަސައްކަތްވެސް ފަށާފަ ދެން ތިޔަޓާމިނަލް ނިންމަން ބޭރުން ފައިސާ ނެގުމަކީ ކަރަޕުސަނުގެ އަމަލެއް ތިޔަޓާމިނަލަކީ ރ ޔާމީނުގެ ތަރަށްގީގެ އެންމެބޮޑު މަޝްރަުއު ނިމެން އުޅޭ ސަރުކާރުން އެއޕޯޓު ޓާމިނަލް ރަހުނުކޮށް މަކަރާހީލަތުން ފައިސާނަގާފައިވަނީ ވަކިބަޔަކުގެ މަސްލަހަތަށްޓަކައި މިކަންތަށްތަށް ތަހުގީގުކުރަން ޑޮކުޓަރ މުއިއްޒަށް ފަށްފަށުން އިލްތިމާސް ކުރަން މިއީ ޕުލާސްޓިކުކޮތަޅަށް ވި އިހުމާލަށްވުރެ ބޮޑު އިހުމާލެއް.

  2. Anonymous

    ރޔާމީން ވަގަށް ކެޔަސް ޤައުމަށް އުމްރާނީ ބޮޑެތި ކަންތައް ކޮއްދިން އެހެންމީހުން ހަމަ އެކަނި ވަގަށް ކަނީ