ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ މަގާމަށް އިބްރާހިމް އަބާން އަބްދުލް ލަތީފް ހަމަޖައްސައިފިއެވެ.

އުމުރުން އެންމެ 21 އަހަރުގެ އަބާން "ވަގުތު"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ފުރުސަތު ދެއްވީތީ ރައީސް، ޑރ. މުހައްމަދު މުޢިއްޒުއަށް ވަރަށް އިޚުލާސްތެރިކަމާއި އެކު ޝުކުރު އަދާ ކުރައްވާކަމަށެވެ.

އަދި މިއީ ޒުވާނުންނަށް ލިބިގެންދާނެ ވަރަށް ބޮޑު އުންމީދެއްކަމަށް ހީކުރާކަމަށް ވެސް އަބާން ފާހަގަކުރެއްވިއެވެ. އެ ގޮތުން ރައީސް މުއިއްޒުގެ ސަރުކާރު ވެގަން ދާނީ ވަރަށް އުންމީދީ، ޒުވާނުންނަށް ފުރުސަތުތައް ފަހިވެގެން ދާނެ ސަރުކާރެއް ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އަބާން ވިދާޅުވިއެވެ. އަދި އުންމީދަކީ ސިޔާސީ ދާއިރާއިން ދެވެން އޮތް އެންމެ ކުރިޔަކަށް ދިޔުންކަމަށް ވެސް އަބާން ފާހަގަކުރެއްވިއެވެ.

އަބާން އަކީ އޯ ލެވެލް އާއި އޭލެވެލް ގައި ފަހުރުވެރި ކާމިޔާބީއެއް ހޯދާފައިވާ ދަރިވަރެކެވެ. އެގޮތުން އޯލެވެލްގެ 5 މާއްދާއިން ޑިސްޓިންކްޝަން ހޯދާފައިވާއިރު، އޭ ލެވެލްއިން ވެސް 4 މާއްދާއަކުން ޑިސްޓިންކްޝަން ހާދާ ނޭޝަނަނަލް ޓޮޕް 10 ގައި ހިމެނުނު ދަރިވަރެކެވެ. އޭ ލެވެލް ނިމުމަށް ފަހު ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ޑިޕްލޮމާއެއް ހާސިލް ކުރެއްވުމަށްފަހު މިހާރު ތައުލީމް ހާސިލް ކުރައްވަނީ ބެޗްލާސް ޑިގްރީ އޮފް ޝަރީޢާ އެންޑް ލޯއެވެ.

އުމުރުން އެންމެ 18 އަހަރުގައި ސިޓީ ކައިންސިލްއާއި ގުޅިވަޑައިގެން އޭރުގެ މާލެ މޭޔާ ޑރ. މުއިއްޒުއާއި އެކު މަސައްކަތް ކުރެއްވުމަށްފަހު މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ޑރ. މުޢިއްޒު އަށް ކާމިޔާބީ ހޯއްދަވައި ދެއްވުމުގައި ރައީސް މުޢިއްޒުއާއި ވަރަށް ގާތުން އަބާން ވަނީ މަސައްކަތްތަކެއް ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޣ

    ޕިސްޕިސް

    3
    2
  2. ހުއްސިން

    މާލެ ސިޓީ ކައުންސިލް އެއްކޮށް ރައީސް އޮފީހަށް ބަދަލު ކޮށްލަން ފެނޭ.

    16
    6
  3. ބިޒީ

    މިހާރުވެސް އެސޮރު ވޮލެޓު އޭނީ ބޮޑުކޮށްފަ!