ރާއްޖެ އާއި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނަށް އަމާޒުކޮށްގެން ހިންގާ އަނިޔާތަކާއި ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށް، އެކަމާއި ދެކޮޅަށް އަޑު އުފުލުމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ގޮވާލައްވައިފިއެވެ.

ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް އަޑުއުފުލަންޖެހޭ ކަމަށެވެ.

 

އަންހެނުންނަށް ކުރާ އަނިޔާ ނައްތާލުމުގެ ދުވަހުގައި، ރާއްޖެ އާއި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނަށް އަމާޒުކޮށްގެން ހިންގާ އަނިޔާތަކާއި ދެކޮޅަށް ހޭލުންތެރިކަން އިތުރުކޮށް، އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ނާޒިމު ވަނީ ގޮވާލައްވާފައެވެ. އަދި އަންހެނުން ބާރުވެރިވާ މާހައުލެއް އުފައްދާ އަންހެނުންގެ ދުވަހުގެ ތަހުނިޔާ އެންމެހާ އަންހެން ކަނބަލުންނަށް ނާޒިމް ވަނީ އަރިސްކޮށްފައެވެ.

މިއަދަކީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ބައިނަލްއަޤުވާމީ ދުވަހެވެ. މިދުވަހާއި ދިމާކޮށް ނާޒިމް މިވަނީ އަންހެނުންގެ ދިފާއުގައި ނުކުމެ އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް އަޑުއުފުލާފައެވެ.

"އިންޓަރނޭޝަނަލް ޑޭ ފޮރ އެލިމިނޭޝަން އޮފް ވައިލެންސް އެގެއިންސްޓް ވިމަން" (އަންހެނުންނަށް ކުރާ އަނިޔާ ނައްތައިލުމުގެ ބައިނަލްއަޤުވާމީ ދުވަސް) ކޮންމެ ޑިސެންބަރެއްގެ 25 ވަނަ ދުވަހު ފާހަގަކުރާން ފެށީ އދ. ގެ އާއްމު މަޖިލީހުން ފާސްކޮށްގެންނެވެ.

މި ދުވަސް ފާހަގަކުރުމުގެ ޙަޤީޤީ ބޭނުމެއްކަމަށް އދ. އިން ބުނެފައި ވަނީ އަންހެނުންނާ ގަދަކަމުން ޖިންސީ އަމަލު ހިންގުމާއި އެ މީހުންނަށް ލިބޭ ނަފުސާނީ ނުވަތަ ޖިސްމާނީ އަނިޔާއާއި އަދި މި ނޫނަސް އެކި ބާވަތްބާވަތުން އެ މީހުންނަށް ލިބޭ އެކި ބާވަތްބާވަތުގެ އަނިޔާއާ މެދު މުޅި ދުނިޔެ ހޭލުންތެރިކުރުމެވެ. އަދ އަނިޔާ ބަޔާންކޮށް އޮޅުންފިލުވައިދިނުމާއި، އެފަދަ އަނިޔާތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ރޫޙު އުފެއްދުން ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާޒިމް ގުދަން

    ރައްޔިތުންނަށް އުދަގޫ ވާ ގޮތަށް ނާޒިމް ހަދާފައި ހުރި ގުދަންތަކާއި ވޯކްޝޮޕްތަށް ފަޅު ރަށަކަށް ބަދަލުކުރުމުން މި ލިބޭ އަނިޔާ އިން މިންޖުވެވޭނެ