2025 ވަނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރު ޖެނުއަރީ މަހު ފަށާ ގޮތަށް ބަދަލުކުރުމާއި ގުޅޭގޮތުން ސުވާލުކުރުމަށް ތައުލީމީ ވަޒީރު ޑރ.އިސްމާއިލް ޝަފީއު ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވުމަށް ހުށަހަަޅައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއެވެ.

ރޮޒައިނާކުރި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ދިރާސީ އާ އަހަރު ފެށުން، 2025 ވަނަ އަހަރު އަނެއްކާ ވެސް ޖެނުއަރީ މަހަށް ބަދަލުކުރުމުން ކުދިންގެ ކިޔެވުމަށް ވާނެގޮތަކާމެދު ބެލެނިވެރިންގެ ކަންބޮޑުވުން އެބައޮތް ކަމަށާއި މިކަން ކުރަންއުޅޭގޮތެއް ދެނެގަތުމަށް ވަޒީރާއި ސުވާލުކުރައްވަން ހުށަހަޅާފައިވާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ޖަވާބުދާރީވުމަށް އަންގާ މަޖިލީހުން ފޮނުވި ލިޔުންވެސް ރޮޒައިނާ ވަނީ ހިއްސާކޮށްފައެވެ.

މީގެ 5 ދުވަސްކުރިން ޝަފީއު ވަނީ މާލޭގެ ސްކޫލުތަކުގެ ހުރިހާ ޕްރިންސިޕަލުންނާއި ބައްދަލުކުރައްވައި ޕްރިންސިޕަލުންގެ ކަންބޮޑުވުންތައް އަޑުއަހާފައެވެ. އަދި ދިރާސީ އާ އަހަރު 2025 އިން ފެށިގެން ޖެނުއަރީގައި ފަށާގޮތަށް ހަމަޖެއްސުމުގެ މަސައްކަތް ކުރިޔަށްގެންދާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ބައެއް ބެލެނެވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މީގެކުރިންވެސް ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާގޮތަށް ހަމަޖެއްސުމުން ކުދިންގެ ކިޔެވުމަށް ބޮޑެތި އަސަރުކުރިކަމަށް ބައެއް ބެލެެނެވެރިން ދަނީ ބުނަމުންނެވެ.

ދިރާސީ އާ އަހަރު މީގެ ކުރިން ބަދަލުކޮށްފައިވަނީ، ކުދިންގެ ކިޔެވުން އެއް އަހަރުން، ދޮޅު އަހަރަށް ދެންމުމަށް ފަހުގައެވެ. މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރު އިސްމާއިލް ވަނީ، އަލުން އެ ބަދަލުތައް ގެންނާނީ ދިރާސާ ކުރުމަށްފަހުގައި ކަމަށް ވިދާޅުވެފަ އެވެ. ސްކޫލުތައް ފަށާ ދުވަސްވަރު ބަދަލުކުރުމަކީ މި ރިޔާސީ ކެމްޕެއިންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޙާމަ

    ރޮޒެއިނާ މިހާރުދެން މައިތިރިވެ ހުއްނަންވެއްޖެނުން...ފުރަތަމް ރޮޒެއިނާ ވާންވީ ސްކޫލް ދަރިވަރުން އަށް ނަމޫނާއަކައް ..

    40
  2. އަބްދޫ

    ސްކޫލް ތަކުގެ ކިޔެވުން ފެށުނީއްސުރެ 22 ފެބްރުއަރީ އަކީ ކިޔެވުންފެށޭ ތާރީހް ކަމަށް ހަމަޖައްސާ ކިޔެވުންނިމޭ ތަރީހް ޑިސެންބަރަށް ހަމަޖެއްސީ ވެސް ގިނަ ދިރާސާ ތަކެއްކޮށް އަހަރުގެ ކިޔެވުން އަހަރަށް ފެތޭގޮތަށް ދިރާސީ އަހަރު ބޭއްވުމުގެ މަގުސަދުގަ. ފަހަކަށް އައިސް ރާއްޖޭގެ ގިނަ އަތޮޅުތަކުގެ ދަރިވަރުންނާއި ބެލެނިވެރިން ކުދިންނަށް ކިޔވައިދިނުމަށް މާލެ އައިސް ތިބެމެ. އަހަރީ ޗުއްޓީ ލިބިގެން ބެލެނިވެރިންނާއި ދަރިވަރުން އެމީހުންގެ އާއިލީ ރަށަށް ޗުއްޓީގަ ދަތުރު ކުރަނީ މާލީ ތަނަވަސްކަން ހުންނަ ގޮތުން ކަނޑުމަގުން. ޑިސެމްބަރު 10 ން ފެށިގެން އިރުވައި ވުމުން ހަޅައިގެ ދުވަސްވަރު ފިޔަވައި އަންނާނީ ކަނޑު މަޑުވެ ވައިމަޑުވެފަ އޮންނަ ނިޔާމަ ދަތުރު ލިބޭ ދުވަސްތައް. .މިހާރު އޮގަސްޓް 1 ން ފެށިގެން އަނެއް އަހަހަރު މޭއަށް ނިންމުމުން ދަރިވަރުންގެ ޗުއްޓީ ިމާވަނީ ރާއްޖޭގެ މޫސުމްގެ ޖޫން ޖުލައިގެ އެންމެ ގަދަ ވިއްސާރަކުރާ ދުވަސްވަރާއި މިހެން ވެ ގަނި ބެލެނިވެރިންނަށް ޗުއްޓީގަ ދިއުމަށް އޮންނަނީ ނުކުޅެދިފަ. އާމަދާނީ އެހާވަރަށް ނުލިބިފަ މާލެގެ ގެދޮރު ކުއްޔަށް ތިބެފަމެ ޗުއްޓީގަ ރަށަށް ގޮސްލުމަށް ކިތަންމެ ބޭނުންވިޔަސް އަތަމަތި ހުސްވާތީ މަތިންދާބޯޓް ދަތުރު އޮންނަނީ ނުކުރެވިފަ. ވީމާ ދަންނަވަން އޮޓީ ތައުލީމީ ނިޒާމް ފެށުނީއްސުރެ ކިޔަވާދަރިވަރުންގރެ ޗުއްޓީ އިރުވައި މޫސުމޮ ގަ ހިމަނާފަ އެއޮތީ ގިނަ ތަޖްރިބާކާރުންގެ ދިރާސާއިން ކަމަށް . އެކަންބަދަލުކުރީ ތަޖްރިބާނެތް ތާރީހް އޮޅުވާލައިގެން އަމިއްލަމެޑެލް ދަރިވަރުންގެ ޗުއްޓ މިވެނިދުވަހަކަށް ބަދަލުކުރީ އެމްޑީޕީންނޭ ބުނަން ބޭނުންވާ ބަޔަކު ކަން. މިކަމުގަ ރައޔިތުންނަށް ގިނަ ތަކުލީފު ލިބުނުކަން ޔަގީން.

    26
    2
  3. ބޮޑޭ އަހައްމަދު

    ތިއަނގަ މައިތިރިވާނީ އަދި ރަގަޅު ބޮޑިއެއް ބޮއިގެނެވެ.

    14
    0
  4. ރޮޒޭ

    މިކަހަލަ ތަނެއް ދޮރެއް ނުދަންނަ ނުކިޔަވާ ގަސްބުޑުން ރަނގަޅުވާނީ ރަށްރަށުގަ ޒުވާބުކުރަން، މީނަގެ ލަދެއްހަޔާތެއްނެތް ކަމަކީ ހުޅުމާލޭން 4 ބިން ރޯދި ކުރެއްވިއިރު ކަރަޕްޝަނަކަށް ނުވޭ، އެވެސް ދެމަފިރިންނަށް ޖެހިޖެހިގެން 2 ބިމާ އިބޫއަށް ބައި އެޅޭގޮތަށް ހޮސްޕިޓަލެއް އެޅުމަށް ދެ ބިމާ ޑޮނާޑަށް ހުރިހާ ޕްރޮޖެކްޓްތައް އިރާދަކުރައްވައިގެން ލިބުން ހިމެނޭ. އިއްތިފާގުން 4 ބިން ޖެހިޖެހިގެން ލިބުނީ، ދެން އަންގައިން ކުނިވަސް ދުވިޔަސް ހަޅޭލަވާނެ ދޯ! ދިވެހިން ކަލޭދައްކާވާހަކަދުވަހަކުވެސް އަޑެއްނާހާނެ. ދެން ރަނގަޅުވާނީ ލިބުނު ލާރިގަނޑާ ބިންތަކުގަ މީހުންނަށް ޒުވާބު ކުަރަންށާ ހުތުރުއެއްޗެހި ކިޔަން ކަލެއަށް ދަސްވެފަ ހުރިގޮތަށް ކިޔާނެ މަރުކަޒުތަކެއް ހެދުން.

    19
    1
  5. ރިވެތި

    ފެނޭ ބަދަލްކުރަން ވާގޮތަކީ އިނާމެއްދިނަސް މުބާރާތެއްބޭއްވިޔަސް ނަތީޖާއެއްފާޅުކުރިޔަސް ދެ އަހަރު ޖަހަންޖެހޭ ކިހާބޮޑު އޮޅުމެއް ވަރައްފޫހި 2023-2024 ވަނަ އަހަރުގެ ނަތީޖާ ފާޅުކުރުން މީކީކޭ މި ކިޔަނީ

  6. މުޙައްމަދު

    އެއްވެސް ގޮތެއް ފޮތެއް ނެތް އަންހެނެއް. ދީނުގައި އަންހެނުންނަށް އޮންނަ ގަދަރާއި ކަރާމާތް އަމިއްލަޔަށް އުވާލައިގެން އުޅޭ މުޑުދާރު އަންހެނެއް.

  7. Anonymous

    މަޖިލިސް މެމްބަރުން ގޮޅީގައި ސޭލް އަޅުވައިގެން ވަޒީރުން ފެލަނީ !

  8. އަހްމަދު

    ފުރަތަމަ ރޮޒޭނާ އުޅެބަލަ މައިތިރިވެގެން! މީހަކު އެއްޗެއް ބުނާއިރަށް އެކަންވަނީތަ!!!!!! މިގެ އެންމެ ރަނގަޅު ޖަވާބަކީ ނުވާނެޔޭ!

  9. ޖަޒީރާމަނިކު

    އެމްޑީޕީ ސަރުކާރުގައި ތައުލީމީއަހަރު ބަދަލުކުރިއިރު ކީއްވެތޯ މިސްޓަރު މަޖިލީހަށް ހާޒިރު ނުކުރީ. ރޮޒޭނާ ތިޔައުޅެނީ މިހާރުދެން ހަދާނެނަހަދާނެގޮތެއްނޭގި މޮޔަވެގެން. ކިޔާނެ ނުކިޔާނެ އެއްޗެއްވެސް ނޭގިގެން މިހާރު ތިޔަކިޔެނީ މުކިމުއްޗޭ.