ޓީއޭއެމްއޭގެ ސީޕްލޭނެއް އިއްޔެ ޗާޓަރު ކުރައްވައިގެން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހަބީބް ބޭންކްގެ އިސްވެރިންނާއިއެކު ކުރައްވަން އުޅުއްވި ދަތުރުފުޅެއްގައި ޓީއެމްއޭ އިން ކަންކުރި ގޮތުން އެކުންފުންޏާއި ދެކޮޅަށް ދައުވާ ކުރަން ޖާބިރު ނިންމަވައިފިެވެ.

ޖާބިރު މިއަދު "ވަގުތު" އަށް ވިދާޅުވީ ހަބީބް ބޭންކުން މާގާ ރިސޯޓް ވިއްކާލުމަށް މަސައްކަތް ކުރުމުން ގެންދާތީ އެ ރިސޯޓް ގަތުމުގެ ކުރިން އެރިސޯޓަށް އިއްޔެ އޭނާ ހަބީބް ބޭންކްގެ ވެރިންނާއިއެކު ވަޑައިގަތުމަށް ޓީއެމްއޭގެ ސީޕްލޭނެއް ޗާޓަރު ކުރެއްވި ކަމަށެވެ.

"އިއްޔެ މެންދުރުފަހު ސީޕްލޭނަށް އަޅުގަނޑުމެން މިއެރީ ހަބީބް ބޭންކްގެ ވެސް ވަރަށް އިއްޒަތްތެރި ބޭފުޅުން ކޮޅަކާއިއެކު. ނަމަވެސް ސީޕްލޭންގައި ދޮޅުގަޑިއިރު ބޭތިއްބުމަށްފަހު އަޅުގަނޑުމެން ސީޕްލޭނުން ބާލުވާފައި ދަތުރު އެތައް އިރެއް ލަސްކޮށްފި. ދެން އަޅުގަނޑުމެންނަށް މާގާ އަށް މިދެވުނީ ދާން ކަނޑައެޅި ގަޑިއަށްވުރެ އެތައް އިރެއް ފަހުން. ސީޕްލޭންގައި ގޮސް އަޅުގަނޑުމެން އެރަށަށް އުކާލާފައި އަނެއްކާ ސީޕްލޭން ނައްޓާލީ." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ޓީއެމްއޭ އިން އަމަލުކުރި ގޮތުން އޭނާ އާއި ޔޮޓްޓްއާސްގެ އަގު ވެއްޓި، ބޮޑު ލަދުވެތިކަމަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން މިއަދު ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާނަން މިކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން." ޖާބިރު ވިދާޅުވިއެވެ.

އއ.އަތޮޅުގައި އޮންނަ މާގާ ވިއްކާލުމުގެ މަސައްކަތް 2020 ވަނަ އަހަރުން ފެށިގެން ހަބީބް ބޭންކުން އަންނަނީ ކުރަމުންނެވެ. އެއީ އެރަށް ތަރައްގީ ކުރުމަށް ހަބީބް ބޭންކުން ނަގާފައިވާ ލޯނެއް، ރަށުގެ ވެރިފަރާތުން ނުދެއްކުމުން ރަށް ވިއްކާލުމުގެ ހުއްދަ ކޯޓުން ބޭންކަށް ދިނުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކަށިކެޔޮ އާދަނު

    ބަދަލެއްގެގޮތުގަ މާގާރެސޯޓް ގަނެލެވޭވަރުގެ ބަދަލެއްލިބޭތޯ ؟

    48
    2
    • ހިކި ކިރު

      ލިބެންޖެހޭނެ! ޖާބޭ ތިކަމުގައި މިފަހަރު ކުޑަކޮންވެސް ދުލެއް ދީގެންނުވާނެ. ސްޕްރިމް ކޯޓާ ހަމައިން ތިކަން ނިންމަން ޖެހޭނީ! ރަގަލު އެއްޗެއް ބަދަލުގެ ގޮތުގައި ލިބޭނެ.

      23
      2
      • ރައީސް

        މަޖިލީހުގެ ކޮމެޓީއަކުން 150މިލިއަން ޖާބެއަށް ދޭގޮތަށް ހުކުމް ކޮށްލާ! އެއިރުން ތިކަން ހަމަޖެހުނީ!

  2. ދަތްނެތްކުއްޖާ

    ބަރާބަރު ޖާބެ! ކޯޓަށްވެސް ދާންޖެހޭނެ. ތިހިރަ ތިހިރަ ކަންކަން ހުއްޓުމަކަށް އަންނާނީ އޭރުން. ޖެއްސުން ކުރުން ހުއްޓުވޭނީ އޭރުން. ހުރިހާ ކަމެއްގަވެސް މި އޮންނަނީ ރައްޔިތުންނަށް ޖެއްސުން ކުރުމާއި ފުރައްސާރަ ކުރުން.

    28
    2
  3. ޖުމުހޫރީ މައިދާނުން

    ވ ރަނގަޅު ކަމެއް، އެއަލައިންތަކުން ދިވެހި ކަސްޓަމަރުންގެ ހައްޤް ނުބަލާ

    28
    2
  4. ކަލޯކަލޯ

    ހަގީގަތުގައިވެސް އެހެން މީހަކަށް ލިބިދާނެ ގެއްލުމަކަށް ބަލާލައިގެން އުޅޭ އެއްވެސް ތަނެއް މި ރާއްޖެއަކު ނެތެވެ. ސަރުކާރުގެ އިދާރާއަކަށް ވަނަސް އެމީހުންނަށް މި ހީވަނީ އާމު ރައްޔިތުމީހާ މީ ސަލާން ޖަހަން އަންނަ ބައެކޭ

    29
  5. ަސދަސދ

    ޓމއ އަކީ އެހެން ނޫނަސް އެހާ ބޮޑަށް ކަސްޓަމަރުންނަށް ބަލާ ބައެއްނޫން. އަދި ޖާބިރުކަހަލަ ރީތި އެންދެރިކުލައިގެ ބޭފުޅަކަށް ކިހިނެއް ހަދާލާނެ.

    23
  6. ބިސް މާއްޱޭ

    ދެން ލޮލް!!!!

  7. ވ ސަޅި

    ބޭނުމަކީ ޚަރަދެއްނުކޮއް (އަތުންއެއްޗެއްނުގޮސް)ރައްލިބުން

    15
    1
  8. ލޮލީ

    އަގެއް ހުރެގެންތާ އަގު ވެއްޓޭނީ

    25
  9. ސުބު

    ފުލައިޓެއް ޗާޓަރކުރިނަމަ އޭރުން މަޖިލިސްތެރޭ ތެޅޭވައްތަރަށް ތެޅެވުނީސް.

  10. ތިމާވެށި

    ޗާޓަރު ކުރިއަސް އެމީހުން އިސްކަން ދެނީ ޓޫރިސްޓުންނަށެވެ.

    7
    2
  11. ހޭލާ

    ދެން ކަމެއް ވިތަ؟ ކޯޓް އަށް ގޮސްގެން