އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން އެ މަންޒަރު ދުށް މީހަކު ހުރިތޯ ބަލަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ހިތަދޫގައި ހިނގި އެކްސިޑެންޓަކާ ގުޅިގެން އެ މުއައްސަސާއިން ކުރަމުންދާ ތަހުގީގަށް، ބޭނުންވެގެން އެ އެކްސިޑެންޓުގެ މަންޒަރު ދުށް މީހަކު ހުރިތޯ ބެލުމަށް ބޭނުންވާ ކަމަށެވެ.

މި އެކްސިޑެންޓަކީ މި މަހުގެ 11 ވަނަ ދުވަހުގެ 16:28 ހާއިރު ހިތަދޫ، މެދެއާރި މަގާއި ޝަރަފުއްދީން މަގު ގުޅުނު ހަތަރު އަނގޮޅިން، ކާރަކާއި ސައިކަލެއް ޖެހި ހިނގާފައިވާ އެކްސިޑެންޓެކެވެ.

މި އެކްސިޑެންޓުގައި އަނިޔާވި، ސައިކަލު ދުއްވި 83 އަހަރުގެ ފިރިހެން މީހާ އަށް އޭޑީކޭގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓުގެ މަންޒަރު ދުށް އެއްވެސް މީހަކު ހުރި ނަމަ ހިތަދޫ ޕޮލިސް ސްޓޭޝަނަށް އެކަން އެންގުމަށް އެދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު