މުޖުތަމައު ޒުވާނުންގެ މެދުގައި އަބަދުވެސް މަގުބޫލުކަންތައްތަކެއް ހުރެއެވެ. ބައެއްފަހަރު ގޭމް ނުވަތަ ކޮންމެވެސް އެޕެއް އަބަދުވެސް ނަގާކިޔާ ހަދައެވެ.

މިހާރު މި ބީދައިން މިއުޒިކަލީ ނުވަތަ މިހާރު ނަމުން ނަމަ ޓިކްޓޮކް އަކީ ޒުވާންގެ މެދުގައި ނަގާކިޔާ އެޕެކެވެ. އަދި މާ ސަޅިކަމެކޭ ހިތައި މިވީޑިޔޯތަަށް ދަނީ މަޖަލަކަށް އެކަކު އަނެކަކަށް ވުރެ ގިނަ ވަސީލަތްތަކުގައި ޝެޔަރ ކުރަމުންނެވެ. ޒުވާން އަންހެން ކުދިން އަދި ފިރިހެން ކުދިން މިކަމުގައި ސާމިލުވެ، އެ ކަބަލުންގެ ވަނާތަށް މުޅި ދުނިޔެއަށް އެ ޝެޔަރ ކޮށްލަނީ ގިން ވިއުސް ތަށް ނުވަތަ ގިނަ މީހުން ބަލާނެ ކަމަށެވެ.

ސުވާލަކީ ރައްޓެހިވެގެން އުޅޭ ކުއްޖާ އެއްކޮށް ގައިގޯޅިވެގެން މަޝްހޫރު ލަވަތަކަށް އެކްޓްކޮށް އެ ޝެޔަރކޮށް ލުމުން ލަދުވެތިކަމާއެކު އެބަލަންތިބީ އެމީހުންގެ އެއްބަޑު އެއްބަފާ ބޭބެއިން ކަން ހަމަ ނުވިސްނެނީހެއްޔެވެ؟ ގިނަ ވިއުސްތަށް ލިބިގެން އެމީހާގެ ފާފައިގެ ތިލައަށް އެބަރުކުރެވެނީ ކިހާ މިންވަރެއްކަން ވިސްނާލެވޭ ހެއްޔެވެ؟ ޒުވާން އަންހެންކުދިން އެމީހުން ވަނާތަަށް ފާޅުކޮށްލަނީ ނަރަކައިގެ ހޫނުކަން ނޭނގޭތީހެއްޔެވެ؟

ޝައިތާނާ އަބަދުވެސް ބަލަނީ ކޮންމެވެސް ނަމެެއްގައި މިފަދަ ވިޔާނުދާ ކަންކަމުގައި އަހަރެމެންގެ ޒުވާން ކުދިން މަސްޣޫލުކުރުމަށެވެ. އަދި ވަކިން ޚާއްސަކޮށް އަންހެންކުދިންގެ ވާނާތަށް ފާޅުކުރުމެވެ. ދެރަކަމަކީ އަހަރެމެންނަށް މިކަން ސަޅިކަމަކަށް ހަދާނީ އަހަރަމެންގެ އެންމެ ބޮޑު ދުޝްމަން، ޝައިތާނާކަން ނޭނގުމެވެ. އަދި ދަންނާށެވެ! މި ވީޑިޔޯތަށް ބެލުމަކީ ވެސް ގޯސްއަމަލަކެވެ. ހަމަ ޙަޤީޤަތުގައިވެސް، މިއުޒިކަލީ ކިޔަސް، ޓިކްޓޮކް ކިޔަސް މިއީ އަހަރަމެން މުޅިހަޔާތަށް ނުބައި އަސަރުކުރުވަނިވި އަމަލެކެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނެވެ! މިފަދަ ނޭއްގާނީ ޢަމަލުތަކާއި ދުރުވެގަންނާށެވެ! ޝައިޠާނާހެ ބަހަށް ހެއްލި ދުނިޔޭގެ އުފަލަށްޓަކައި ތިބާގެ ޢިއްޒަތާއި ޢަބުރު ވެއްޔާއި މޮޑެނުލާށެވެ!

މަސްދަރު: އިލްމް.އެމްވީ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިއްބެ

    ވަރައްފުރިހަމަ ނަސޭހަތެއް

  2. މުސްލިމެއް

    އަސްލު މިކަހަލަ ލިޔުންތައް ގިނަކޮށްލަންވީ،... އެކަމަކު އިނގޭ މިހެން ބުންޏަސް ގިނަމީހުން މިކަހަލަ ކަންތަކާ ދުރު ނުވާނެކަން،..