މަސައްކަތެއް ނުކޮށް އުޅޭ މީހަކީ، ގައުމުގެ ހަށިގަނޑުގައި ހިމެނޭ ވާގިނެތް ގުނަވަނެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުތުބާ ހާއްސަ ކޮށްފައިވަނީ އިސްލާމްދީނުގައި މަސައްކަތުގެ މަޤާމުގެ މައްޗަށެވެ.

އެގޮތުން އިސްލާމްދީނަކީ ޢަމަލާއި މަސައްކަތުގެ ދީން ކަމަށާޢި އިސްލާމްދީނަކީ އުފެއްދުންތެރިކަމަށް ގޮވާލައި، އެކަމަށް ހިތްވަރުދޭ ދީނެ ކަމަށް ޚުތުބާގައި ހަނދުމަ ކޮށްދެއްވާފައިވެއެވެ.

މިއަދުގެ ހުތުބާގައި ވިދާޅުވެފައި ވަނީ މަސައްކަތަކީ އެއާ ދުރަށް ގޮސްގެން ފުދުންތެރިކަން ހާސިލު ކުރެވެން ނެތް ޟަރޫރަތެއް ކަމަށާއި މަސައްކަތް ނެތިއްޖެނަމަ ދުނިޔޭގެ ހަޔާތް ހުއްޓިދާނެ ކަމަށެވެ. އަދި ބިމަށް ގެއްލުމާއި ހަލާކު އަތުވެދާނެ ކަމަށް ހުތުބާގައި ވަނީ ވިދާޅުވެފައެވެ.

މަސްވެރިކަން ކުރުމާއި ދަނޑުގޮވާންކުރުން ހުއްޓައިލެވިއްޖެނަ، ކާބޯތަކެތި ހޯދާނީ ކޮންތަނަކުން ހެއްޔެވެ؟ ވިޔަފާރިއާއި މަސައްކަތްތެރިކަމުގެ އުފެއްދުންތައް ހުއްޓުވައިލެވިއްޖަނަމަ، ދިރިއުޅޭނީ ކިހިނަކުން ހެއްޔެވެ؟ މަސައްކަތްތެރިކަމުގެ އެންމެ ބާވަރެއް ހުއްޓައިލެވުނަސް މަސްލަހަތު ބުރޫއަރައި ހަޔާތް ނުތަނަވަސް ވެދާނެ. ބަލިމަޑުކަން ފެތުރި އާއްމު ވެދާނެ" ހުތުބާގައި ވިދާޅުވެފައިވެއެވެ.

މަސައްކަތެއް ނުކޮށް އުޅޭ މީހަކީ މުޖުތަމައުގެ ތަރައްގީއަސް ހުރަސް އަޅާ މީހެއް ކަމަށާއި މުޖުތަމައުގެ ހިއްމަތް ކަމީނާ ކުރާ މީހެއް ކަމުގައި ހުތުބާގައި ވަނީ ފާހަގަ ކުރައްވާފައެވެ.

"އެފަދަ މީހަކީ އޭނާގެ ގައުމަށް އެއްވެސް ކަމެއް ހަދިޔާ ކުރާ މީހެއް ނޫނެވެ. ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކަށް ބަލާއިރު، އެގައުމުތައް ކުރިއެރުމުގެ ސިއްރަކީ އިލްމާއި މެދުކެނޑުމެއް ނެތް އަމަލާއި އުފެއްދުންތެރިކަމެވެ" ހުތުބާގައި ވެއެވެ.

މީގެ އިތުރުން ހުތުބާގައި ވަނީ އިންސާނާ އޭނާގެ ނަފްސަށާއި އެހެން މީހުންނަށް ފައިދާ ކޮށްދެނީ މަސައްކަތުން ކަމަށާއި ކަންނެތް ކަމާއި ބޭކާރު ގޮތުގައި ވަގުތު ނަގައިލުމުން ސަލާމަތްވެވޭނީ މަސައްކަތް ކޮށްގެން ކަމަށް ހަނދުމަކޮށްދެއްވާފައެވެ. އަދި އަމިއްލަ އަތުން މަސައްކަތް ކޮށްގެން ދިރިއުޅޭނަމަ ސަލާމް ޖެހުމުގެ ނިކަމެތި ކަމުންނާއި އެހެން މީހުންގެ ފައިދަށަށް ވެއްޓުމުގެ އިހާނެތިކަމުން ސަލާމަތްވެ، ކަރާމަތާއި، ޝަރަފާއި، އިއްޒަތާއި އިއްފަތުގެ މާނަ އިންސާއަށް އިހުސާސް ކުރެވޭނެ ކަމަށް ހުތުބާގައި ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަހޭ

    ބޭރުމީހުނަށް ވަޒީފާ ދީފަ އަހަރުމެންނަށް ދެންކޮން ވަޒީފާއެއް؟ ކިޔެވުމުގެ މާނައެއްބޭނުމެއް ނެތް... މަސްބޭނިއްޔާ ކިރޭނެގޮތެއް ނެތް...

    14
  2. ޅަވިޔަނި

    ޚުޠުބާ ވަރަށް ފުރިހަމަ! މި ގައުމުގެ ރައްޔިތުމީހާ ﷲއަށް ޝުކުރުކޮށްލަބަ! ރައީސް ﷲޔާމީން ގައުމަށް ކޮށްދެއްވި އަގުހުރި ބުރަ މަސައްކަތް! ގަައުމުފައިމައްޗަށް ކޮޅަށް ޖަހާލަދެއްވި . މިއަދު ނުކިޔަވާ ސަންގޯރުތަކަކަށް ގައުމު ހަވާލުކޮށްގެން މި ދަނީ މިކަހަލަ ހީލަތްތެރި ކަމެއް ތަނެއް ދޮރެއް ނުދަންނަ ދޮޅުރޯނާއިންނަށް ގައުމު ހަވާލުކުރެވިގެން! އަތުންފައިން މަސައްކަތްކުރަން ނީންގޭ ޖާހިލުން ﷲ ފަަޟީޙަތްކުރައްވާނީ އެބައިމީހުންގެ އަނގަޔާ ބަހާ ޢަމަލުން،. ތޭންކިޔޫ ރައީސް ޢަބްދުﷲ ޔާމީން .

  3. ރާހި

    ތިޔަ ޝޭޚުން ކުރާ މަސައްކަތަކީ ކޮބާ؟

  4. ހޭޓްސްޕީޗް

    ޙެހެ ކާކުތަ ވަޒީފާ ރާއްޖޭގަ އުފައް
    ދަނީީ.

  5. މިތުރާ

    ވާގިނެތް ގުނަވަަން ތަކަށް ފަ ރުވާ ހޯދާހެން ގައުމު ވެއްޖެނުން ގުނަވަންތަށް ހާށްސަޑަކުޓަ ރުންނަށް ދައްކަން،، ވާގޮތަކީ ވާގިނެތް ގައުމަކަށް އިހުސާސް ނުވޭ ގުނަވަންތައް ފަހަ ރަކު ގުނަވަނަކުން ވާގިނެތި ބަނޑު ބިމުގަ ޖެހޭއި ރުވެސް، ކެކެ ކެކެ!