ކަންތައްތައް އިސްލާހު ކުރުމުގެ ނިޔަތުގައި ނަމަވެސް، އެއް ބަޔަކު އަނެއް ބައެއްގެ ސިއްރުތައް ހާމަކުރުމަކީ، އޭގެ ސަބަބުން ބިމުގައި ފަސާދަ އާންމުވެދާނެ ކަމެެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

ސުލްހަވެރި މުޖުތަމައެއް ބިނާ ކުރުމާއި ގުޅޭގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުތުބާގައި ވިދާޅުވެފައި ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، އަބަދު ވެސް ލޭ އޮހޮރުވުމާއި، ބައިބައިވުމާއި، ދެކޮޅުވެރި އަމަލުތައް ހިންގާ ކަމަށާއި، އޭގެ ތެރޭގައި ސިޔާސީ ފިތުނަތަކާއި، މަގާމާއި، ނުފޫޒާއި، ޖާހަށްޓަކައި، ހަނގުރާމަ ކުރުމާއި، އެއް ބަޔަކު އަނެއް ބައެއްގެ މައްޗަށް ގަދަވެގަތުމަށް މަސައްކަތް ކުރެއެާ ކަމަށެވެ.

އަދި މިފަދަ ފިތުނަވެރި ކަމެއްގެ ތެރެއަށް ދުނިޔެ ވަންނަ ކޮންމެ ދުވަސްވަރެއް ގައި، މިފަދަ ޖަޒީރާ ގައުމުތަކަށް މި ކަންކަމުގެ އަސަރު ފޯރިޔަ ނުދީ ވޭތޯ ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެ ކަމަށް ހުތުބާގައި ވެއެވެ.

"ނޫން ނަމަ، އަޅުގަނޑުމެންގެ އެކުވެރިކަމުގެ ކިއްލާ ގައި ރެނދުލައި، ފުނޑުފުނޑުވެ، ނޭނގި ތިއްބައި އިސާހިތަކު ގައުމުގެ އެއްބައިވަންތަކަމާއި، ކުރިއެރުމާއި، އިގްތިސާދު ހަލާކުވެދާނެ". ހުތުބާގައިވެއެވެ.

ހުތުބާގައި ވަނީ ބުއްދީގެ އަހުލުވެރިން އެ ފަދަ ނުރައްކާތެރި، ގެއްލުން ހުރި، ފިތުނައިގެ ތޫފާނެއްގެ ތެރެއަށް ވަނުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި މުސްލިމުން ވާންވާނީ އަބަދު ވެސް އިސްލާހަށާއި، ސުލްހަވެރިކަމަށް މަސައްކަތް ކުރާ ބަޔަކަށް ކަމަށް ހުތުބާގައި ވެއެވެ.

"ގައުމީ މަސްލަހަތު ކުރިއަށް ނެރެ، ގައުމުގެ ހަމަޖެހުމާއި، ސުލްހަ މަސަލަސްކަން ދަމަހައްޓަން މަސައްކަތް ކުރާ ބަޔަކަށް، އިސްލާހް ކުރުމަށްޓަކައި މަސައްކަތް ކުރާހައި ހިނދަކު، މާތް އަޅުގަނޑުމެންނަށް އެ ކަމަށް ތައުފީގު ދެއްވާނެ ކަން ކަށަވަރު" ހުތުބާގައި ވެއެވެ.

ހުތުބާގައި ވަނީ ކަންތައްތައް އިސްލާހު ކުރުމުގެ ނިޔަތުގައި ނަމަވެސް، އެއް ބަޔަކު އަނެއް ބައެއްގެ އަބުރާއި، ޝަރަފު ނަގާލުމާއި، ސިއްރުތައް ހާމަކުރުމަކީ، އޭގެ ސަބަބުން ބިމުގައި ފަސާދަ އާންމުވެދާނެ ކަންކަން ކަމަށެވެ.

"ބިންމަތީގައި ފަސާދަ އުފެދިއްޖެ ނަމަ، މާތް ﷲ އެބައި މީހުންނަށް ޢުޤޫބާތް ދެއްވައެވެ. އެއީ އެބައިމީހުން މާތް ﷲ ގެ ޙަޟްރަތަށް ރުޖޫޢަ ވޭތޯއެވެ". ހުތުބާގައި ވެެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ތެދު

    ﷲއާއި ރަސޫލާއަށް ފެރައްސާރަކުރުން މާބޮޑު ފާފައެއް މުސީބާތެއް...؟! ޑިމޮކްރަސީގެ ކުފުރު ނިޒާމް މިތަނައްގެނެސް ފަތުރާފަ ކުރީގެވެރިންނައް ގޮވާނެހާއެއްޗެއްގިވާފަ ލާދީނީބައިގަނޑުފަހަތުން މަދީނާއިންކިޔަވައިންގެެން އައިސް އަމިއްލައެދުމައް ދީންއޮޅުވާ މިއަދު ހުތުބާތައް ސިޔާސީކުރީމަ ވާނީފަލީހަތް..؟!

    21
    2
  2. އަބްދޫ

    ސިއްރު ތައް ހިފެހެއްޓުމަށް ބުނެވޭ ބުނުމުގެ މާނަޔަކީ ދޭދޭ ފަރުދުން ގެ ސިއްރުތައް ހާމަކުރުމުން ދުރުވެ ތިބޭވާހަކަ.މިފަދަމީހުންގެ ސިއްރުތައް ގިޔާމަތް ދުވަހު މާﷲ ސިއްރުކޮށްދެއްވާނެ. .އެއީ އިންޑިޔާ އާއި ދިވެހިސަރުކާރާއެކު ކޮށްފައިވާ ގައިރު ދުސްތޫރީ އެގްރީމަންޓް ސިއްރު ކުރާ ވާހަކައެއް ނޫން.

    26
  3. ލަދު

    އިސް ލާމީ ޤައުމެއް ގައި ޣައިރުދީނަށް ފުރުސަތުދޭން ހަދާ އެގުރިމެންޓް ތަކަކީ އެގިތިބެ ނުދެނެހުރިކަމަށް ހަދާނަމަ ބޮޑެތިމުސީބާތާއި ކުރިމަތި ލާންޖެހޭނެކަންކަން އިސްލާމީ ޙަޝާރަތުން މިކަން ފަހުމުވާނެ ކޮސް ނޮގޮވާ އިސްލާމިކު މިނިސްޓަރ އިސްތިއުފާދީ ޚުތުބާއެއް ތައްޔާރު ކޮށްލެވޭވަރުގެ ޢިލްމެއްނެތްމީހެއް

  4. ޙުސައިން

    މިހާރު ދޯ ސިއްރުތައް ހިފަހައްޓަންވީ. ވަކި ބަޔަކު ވެރިކަމަށް އައިމަ ހުރިހާކަމެއްވެސް ސިއްރު ކުރަންވީ. މިވެސް ޑިމޮކްރަސީ ދޯ

  5. ދީދީ

    ކަޅުދަބަހުގެ ވާހަކަވެސް ސިއްރުކުރަންވީތޯ؟

  6. ޝޮކްތެރަޕީ

    ރައްޖޭގެ ކަސްޓަމްގެ ހުރިހާ ލިޔަކިޔުމެއް އިންޑިޔާއާ ހިއްސާކުރީމަ އެމީހުންނަ އެގޭނެ ރައްޖެއަ ދަތިކުރަން ޖެހޭނެ ކަންތައްތައް.

  7. ބޫ

    ވަޒީފާގެ ގަޑީގައި ތިމާކުރަންޖެހޭ މަސައްކަތް ނުކޮށް މިސްކިތުގަ އިދެއްޖެނަމަ އެކަމާ ދެކޮޅަށް އެއްޗެއް އާންމުކޮށް ނުކިޔާނެ ނޫންތޯ އެވެ. ހުތުބާގަވެސް ފާހަގަ ކުރެއްވި ކަންކަން އިސްލާހް ކުރަން ބާރުއަޅާފަ ހުރުމުން ...... އަލީ ވެސް ވިސްނަންވާނެ .......

  8. ހިތާމަ

    ސިއރުތައް ހާމަކުރަންޖެހޭގޮތަށް މިހާރު މިގައުމު ބައްޓަންވެފަ އޮތީ. މަޖިލީހުގައިވެސް ލަދެއް ހަޔާތެއްނެތް، މީހުންގެ އަބުރަށް އަރައިގައންނަނީ. ގާނޫނުތައްވެސް ހުރީ އެގޮތަށް ބައްޓަން ކޮށްފަ. ނިކަމެތިމީހާ ހުރީ ނިކަމެތިކޮށް ހުންނަން ޖެހޭގޮތާށް. އެހެންވެތާ އިއްޔެވެސް އެ ފާސްކުރީ ބޮޑު ލޯނު ނަގައިގެން ހެދި އެއަރޕޯޓުގެ ވީއަިޕީއަށްވެސް ޕާޓޭން ވައްދާގޮތަށް