ޤާޟީން ނުވަތަ އަދުލު އިންސާފުގާއިމްކޮށް ނިޔާއިއްވުމަށް ކަނޑައަޅައިފައި ހުންނަ ފަރާތަކީ އަދުލުވެރި ފަރާތަކަށް ވުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި އެކަމަކީ އެކަމެއްގެ ސަބަބުން އެމީހަކަށް މިދުނިޔެ މަތީގައްޔާއި އުޙްރަވީ ހަޔާތުގައިވެސް ކާމިޔާބާއި ފަލާޙް ލިބޭނެ ކަމެކެވެ.

ގާޟީން އަރިހަށް ހުށަހެޅޭ މައްސަލައެއް ދެނެނަގެ އަދުލްވެރިމަކާއި އެކު އެ މައްސަލަ ނިންމުމަށް ކުރެވެންއޮތްހާ ކަމެއް ޤާޟީން ކުރަންޖެހޭނެވެ. އަދި ޤާޟީން ކަމެއް ނިންމަން ޖެހޭނީ އެކަމެއްގެ ހެއްކާއި ޤަރީނާގެ މަށްޗަށެވެ. އަދި ކީރިތި ޤުރުޢާނާއި ރަސޫލާގެ ސުންނަތުގައިވާ ކަންކަމަށް ހުކުމް ކުރާއިރު ބަލަން ޖެހޭނެއެވެ. އެއީ ކުށެއް ކުރުމުން އެކުށަކަށް ނުހައްޤު އަދަބެއް ދެވިދާނެތީއެވެ. އަދި ތިމާ ނިންމާ ނިންމުމެއްގެ ސަބަބުން އަނެކުންގެ ހައްގެއް ނިގުޅައިގަނެވިދާނެތީއެވެ.

ސަލާމާއި ރަސޫލާ(ސ.އ.ވ) ހަދީޘް ކުރެއްވި ހަދީޘެއްގެ މާނައިގައިވެއެވެ.

"ހާކިމު މީހާ ހުކުމެއްކުރާނަމަ ފަހެ އިޖުތިހާދުކުރާށެވެ. ދެންއެއީ ރަނގަޅު ގޮތަކަމުގައިވަނީނަމަ އޭނާއަށް ދެ އަޖުރު ލިބިގެންވެއެވެ. ފަހެ ހުކުމެއް ކުރާނަމަ ފަހެ އިޖުތިހާދުކުރާށެވެ. ދެން އެއި ނުބައިގޮތްކަމުގައި ވަނީނަމަ އޭނާއަށް އެއް އަޖުރު ލިބިގެންވެއެވެ."( ސަހީހު ބުހާރީ)

އިސްލާމްދިނުގެ މަތިވެރި އަގުތަކުގެ ތެރެއިން އެންމެ މަތިވެރި އަގުކުރުންކަމުގައިވަނީ ޢަދުލްވެރިކަމެވެ. އެހެންކަމުން އަދުލު އިންސާފުގާއިމްކުރަން ހުންނަ ގާޟީއަކީ އަދުލުވެރިއަކަށްވުން ލާޒިމެވެ. އެހެން ނޫންނަމަ އެމީހެއް މަޙްޝަރު ކުރެވޭނީ ދެރަ ނިކަމެތި ހާލުގައެވެ. އަދި އެމީހެއް އެދުވަހުން ނަރައިގެ ހޫނު އަލިފާނަށް އެއްލައިލެވޭނެތެވެ.

ރަސޫލާ (ސ.އ.ވ) ހަދީޘްކުރައްވާފައިވާ ހަދީޘެއްގެ މާނައިގައިވެއެވެ.

"ޤާޟީން ބެހިގެންވަނީ 3 ބަޔަކަށެވެ. ދެ ޤާޟީން ވަނީ ނަރަކައިގައިއެވެ. އެއް ޤާޟީވަނީ ސުވަރުގޭގައެވެ. ހައްޤުގޮތް އެގިހުރެ ހައްޤާއި އިދިކޮޅަށް ނިޔާ އިއްވާމީހާ ވަނީ ނަރަކައިގައެވެ. އަދި ނުދަނެހުރެ މީހުންގެ ހައްޤުތައް ހަލާކުކޮށްލާ ޤާޟީވަނީ ނަރަކައިގައެވެ. އަދި ހައްޤަށް ނިޔާއިއްވާ ޤާޟީވަނީ ސުވަރުގޭގައެވެ. "(سنن الترمذي 1322) .

އަދިވެސް އެހެން ރަސޫލާ(ސ.އ.ވ)ގެ ހަދީޘެއްގެ މާނައިގައިވެއެވެ.

"ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ކައިރިއަށް ނިޔާއިއްވުމަށްޓަކައި އާދެތެވެ. ތިމަންކަލޭގެފާނަކީ ތިޔަބައިމީހުން ފަދަ އިންސާނެކެވެ. ތިޔަބައިމީހުން ކުރެ ބައެއް މީހުން ޙުއްޖަތް ޤާއިމްކުރުމުގައި އަނެއްބައި މީހުންނަށްވުރެ ވާހަކަދެއްކުމުގައި ދޫ ތުރާއެވެ. ތިމަންކަލޭގެފާނު ޙުކުމްކުރައްވަނީ ތިމަންކަލޭގެފާނަށް ހެކީގެ ގޮތުގައި އިވިވަޑައިގަންނަވާ އެއްޗަކަށް ބައްލަވާފައެވެ. އެއްވެސް މީހެއްގެ ޙައްޤެއް އެހެންމީހަކަށް ދިނުމަށް ތިމަންކަލޭގެފާނަށް ޙުކުމް ކުރެވިއްޖެނަމަ ފަހެ އެ އެތީގައި ނުހިފާށެވެ. އެއީ ނަރަކައިގެން އަލިފާނުގެ ތެރެއިން ކަނޑާލެވޭ އަލިފާންގަނޑެކެވެ."

ޤާޟީންގެ ތެރެއިން އަދުލު އިންސާފުގެ މަގު އެއްފަރާތްކޮށް ބާތިލް މަގު އިހްތިޔާރު ކުރި މީހުންނަށް ޤިޔާމަތް ދުވަހުން ވޭން ދެނިވި އަޒާބު ހުރިކަން ޤުރުޢާނާއި ރަސޫލާގެ ސުންނަތުން ސާބިތުވާއިރު އަދުގެ މުޖުތަމައުން ފެންނަކީ އަދުލު އިންސާފުގެ ނިޒާމު ނީލަން ކިޔާ އުސޫލުން ވިއްކޭ މަންޒަރެކެވެ. ފައިސާއަށް ޤާޟީން ގަނެ އެމީހުން ލައްވާ ބޭނުން ހުކުމެއް ނެރެމުންދާ ތަނެވެ. ނުހައްޤުން އެތަކެއް މީހުނެއްގެ ހައްޤުތަށް ޤާޟީން މެދުވެރިވެގެން ނިގުޅައިގަނެވިފައިވާ މަންޒަރެވެ. ކުރުކޮށް ބުނާނަމަ އަދުލް އިންސާފު ގާއިމްކުރުމުގެ ނިޒާމް އަދު މިވަނީ ފެއިލް ވެފައެވެ.

އެހެންކަމުން ޤާޟީން ހައްޤުމަގަށް ރުޖޫއަކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ. އަދި އަދުލުވެރިވުމަށް އެބައިމީހުންނށް ހަނދުމަ ކޮށްދޭން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ގަނެފަ

    އަދުލު ވެރިވާން ޖެހޭތޯ އެއީ ރަނގަޅުސުވާލަކީ. ރާއްޖޭން މިހާރު ވަރަށްގިނައިން ފެންނަނީ ގާޒީއަށް ބޮޑަށް ފައިދާ ލިބޭ ގޮތަކަށް ކަންކަން ނިންމާތަން

    11
    2
    • Anonymous

      ސިވިލް ކޯޓުގައި އާންމު ކަމެއް. ވަކީލުންނާއި ގާޒީންނާ ގުޅިގެން ރިޝްވަތު ކެއުން އާންމު ވެއްޖެ.

      7
      1
  2. Anonymous

    ތި މިންގަނޑުން ބަލާއިރު ނަރަކައަށް ދާނެ ގާޒީއެއް ފެމިލީ ކޯޓުގައި އެބައުޅެއެވެ.

    7
    2
  3. ކިޔު

    ކޮންމެމީހަކުވެސް އަދުލުވެރިވާންޖެހޭނެ. މިރާޖޭގައި ގިނަމީހުންނަށް ހީވެފައި އޮންނަނީ އަދުލަށް ކަންކުރަންޖެހޭނީ ގާޒީން އެކަނިކަމަށް. ސިޔާސީމީހުންނާއި އެހެނިހެން މީހުން ކޮންމެގޮތަކަށް ކަންކުރިއަސް، ވައްކަންކުރިއަސް، ވެރިންނާއި މީހުންގެ އަބުރު ކަތިލިއަސް އެގޮތް ރަނގަޅުކަމަށް.

  4. ހުސޭނުބޭ

    މި ލިއުން ގިނައިނައިން މި ރާއްޖޭގެ ގާޒީންނަށް އިއްވާދީބަލަ

    8
    1
  5. އހ

    ބޮޑެތި ހުކުމް އެބަކުރޭ ފާޅުގަ ރައްޔިތުންނަށް އިނގޭ ގޮތައް ގޯސްކޮށް ގަސްތުގަ މިހާރުވަނީ ބިރު ކެޑިފަ ދެންހަމަގައިމުވެސް މަރުވީމަ ކުރާނެ ކަމެއްނޯންނާނެ އެދުވަހުން ހިތައްއަރާނެ އަދި ވަގުތުލިބޭނެ ނަމައޭ

    5
    1
  6. ސެންޓި

    ﷲ ގެ ހުކުމްފުޅަށް ޙުކުމް ނުކުރާ މީހުންނަކީ ކާފަރުން އަދި އަނިޔާވެރިން އަދި ފާސިޤުން ކަމައް ﷲ ޤުރުއާންގައި އަންގަވާފައިވޭ. އހެންނަމަވެސް މި ރާއްޖޭގެ ގާޒީން އެއްވެސް ބިރެއްނެތި ވަޟައީ ޤާނޫނު ތަކަށް ޙުކުމް ކުރަމުންދަނީ. ﷲގެ ޙުކުމް ފުޅަށް ޙުކުމް ނުކޮށް ކޮން ޢަދުލުވެރިއެއްވެވޭނީ. ކަނޑައޅިގެން އެނގިތިބެ ﷲ ހެ ޙުކުމްފުޅައް ޙުކުމް ނުކުރާ މީހުންނަކި ޠާޣޫތުން.

    8
    1
    • Anonymous

      ވަޟަޢީ ޤާނޫނަށް ވެސް ޙުކުމެއް ނުކުރޭ. އެމީހުން ޙުކުމްކުރަނީ އެމީހުންގެ ޖީބަށް ގިނަ ފައިސާ ވަންނަ ގޮތަށް.

    • ނަނަނަ

      ތީތާ މައްސަލަ އަކީ. ކަލޭ ބުނާނެ މިއޭ ﷲ ގެ ޙުކުމްފުޅަކީ. ދެން ހުރި މީހާ ބުނާނެ މިއޭ ﷲ ގެ ޙުކުމް ފުޅަކީ. ދެން ކަލޭ ބުންޔޭ ކިޔާފަ އެއީ ﷲ ގެ ޙުކުމް ފުޅު ކަމަށް ހަދާފަ މީހުންނަށް އަނިޔާ ކުރަންވީތަ؟

  7. ހަގީގަތް

    އަޅުގަނޑަށް ހީވަނީ ރާއްޖޭގަ މަދުންނަމަވެސް ކާފަރު ގާޒީން އެބައުޅޭހެން

    6
    1
    • Anonymous

      އެކަހަލަ ބައިވަރު ގާޒީން އެބައުޅޭ.

  8. ޢަލީ

    މ.މުލަކު ގާޒީ ވެސް..