އިއްޔެ އައްޑޫ ސިޓީ ހިތަދޫ ކައިރިން މޫދަށް އެރި އުޅުނު މަޔާމީން އަލީ ގެއްލިފައި ވާއިރު މަޔާމީންގެ އާއިލާ އަށް ވަނީ ވަރަށް ބޮޑު ދެހިތާމައެއް މިހާރު ކުރިމަތިވެފައެވެ. މަޔާމީންގެ ގެއްލުމުގެ ހިތާމަ އާއިލާ އިން ކުރަން ޖެހުނު އިރު މަޔާމީންގެ ބައްޕަ ކެންސަރު ބައްޔަށް ފަރުވަ ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ.
މަޔާމީން އަކީ ހިތަދޫ ސްކޫލްގެ ގްރޭޑް-9 ގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. އޭނާ އަކީ އާއިލާގެ އެންމެ ހަގު ކުއްޖާ އެވެ. މަޔާމީން އާއި އެކު އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ އަލީ ފަހްމީ ވެސް ވަނީ ގެއްލިފައެވެ. ދެކުދިން ހޯދުމުގެ މަސައްކަތް ސިފައިންނާއި އާންމުން އިއްޔެ އިން ފެށިގެން މެދުނުކެނޑި ދަނީ ކުރަމުންނެވެ.
މަޔާމީންގެ މަންމަ އައިޝަތު އިބްރާހިމް ދީދީ މިއަދު "ވަގުތަށް" މައުލޫމާތު ދެމުން ބުނީ ދަރިފުޅު ހޯދަން ކުރާ މަސައްކަތް ކާމިޔާބު ވާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި "އިރާދަކުރެއްވިއްޔާ ދަރިފުޅު ފެންނާނެ" ކަމަށެވެ.
"ﷲ އިރާދަ ކުރެއްވިއްޔާ މަޔާމީން އާއި ދެން ގެއްލުނު ކުއްޖާ ވެސް ފެންނާނެ. އަޅުގަނޑުމެން މިތިބީ ދުޢާ ކުރުމުގައި." އައިޝަތު ބުންޏެވެ.
އައިޝަތު ބުނީ މަޔާމީން އިއްޔެ ހެނދުނު ގެއިން ނިކުމެގެން ދިޔައީ ފުޓްބޯޅަ މުބާރާތަކަށް ޕްރެކްޓިސް ކުރުމަށެވެ. އެއަށް ފަހު ހެނދުނު ސައި ބުއިމަށް އޭނާ ގެއަށް އަައެވެ. ނަމަވެސް ސައި ނުބޮއެ އަނެއްކާވެސް އެނބުރި ދިޔައީ އިތުރު ދެކުއްޖެއްގެ ފުޓްބޯޅަ ބޫޓް ވެސް އެގޭގައި ބަހައްޓާފައެވެ.
"ސައި ބޯން ހުރީ ކޯއްޗެއްތޯ އެހީމަ ރޮށްޓާއި ރިހައޭ ބުނީމަ އެ ނުކެވޭނެއޭ ބުނެފައި ބިސްކޯދު ޕެކެޓެއް ގަންނަން ވެގެން ދިހަ ރުފިޔާ ހިފައިގެން ދިޔައީ." އައިޝަތު ބުންޏެވެ.
އައިޝަތު ބުނީ މަޔާމީން އަކީ އާންމު ގޮތެއްގައި މަގުމައްޗަށް ނިކުމެ އުޅޭ ކުއްޖެއް ނޫނެވެ. ނަމަވެސް އޭނާ އަށް ރަނގަޅަށް ފަތަން އެނގޭނެ ކަމަށް އައިޝަތު ބުންޏެވެ.
މަޔާމީން އާއި އަލީ ހޯދުމުގެ މަސައްކަތް ކުރަމުން ދާއިރު އަދި ކުރިއެރުމެއް ނުލިބެއެވެ. ނަމަވެސް އެއް ކުއްޖެއްގެ ޓީޝާޓް ރޭ ވަނީ މޫދުން ފެނިފައެވެ.
މިކުއަޖާގެ ފޮޓޯ މިހަބަރުން އުނިކޮށްްލަން ފެނޭ....މިއީ ބަލަން ފަސޭހަ މންޒަރެއްނޫން
ރަގަޅު ވާހަކަ އެއް ވަރަށްދެރަވެ މިކުއްޖާގެ ފޮޓޯ ފެނުނީމަ ހަމަ ލޮލުން ކަރުނަ
އޮހެނީ ހަމަ އަސްލުގަވެސް މިކުއްޖާގެ ފޮޓޯ ނަގާދީ މި ޚަބަރުން ވަރަށް ހިތްދަތިވޭ
ﷲ ރަޙުމަތުން އެއްވެސް މީހަކު އެކަނލާގެ ބޭރު ނުކުރައްވާނެ! ހުރިހިތާމައެއްގެ ބޮޑުކަމާއެ!
ކެންސަރު ބަލިއައް ފަރުވާ ކުރަމުން ދަނީ މަޔާމީންގެ ކާފަ ?
މަޔާމީންގެ ކާފަ މިދުނިޔޭގަ ނެއްމީހަކުތޯ؟އަޅުގަނޑުމެންނަށް ލިބިފައިވާ ހިތާމަތަށް ކުޑަވެގެންތޯ ބޭކާރު ވާހަކަ ދައްކާ ކޮމެންޓު ކުރަނީ
މަރާއި ހަނގުރާމަ ކުރާ ވާހަކަ ވަރަށް ގިނަ ނޫސްތަކުގައި ލިޔަމުންގެންދާކަން ފާހަގަ ކުރަން، ލޮބުވެތި އަޚުން މަރާ ހަނގުރާމަ ކުރުމަކީ އެއްވެސް އިންސާނަކަށް ނުވަތަ މަޚުލޫގަކަށްވެސް ކުޅަދާނެ ކަމެއްނޫން. އެހެންކަމުން އެގޮތަށް ނޫސް ތަކުގައި ނުލިޔުމަށް ނަޞޭޙަތްތެރިވަން. އަދި ބައެއް ބަލި ތަކާއި ދެކޮޅަށް ހަނގުރާމަ ކުރާ ވާހަކަވެސް ލިޔެ ހަދާކަން ފާހަގަ ކުރަން، އަދި އެއްވެސް ބައްޔަކާއި ދެކޮޅަށް ހަނގުރާމައެއް ނުކުރެވޭނެ. އެހެންކަމުން ނޫސްތަކުގައި ލިޔާއިރު، ބަލިން ދިފާޢު ވުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރަމުންގެންދާ ވާހަކަ ލިޔުން އެންމެ ރަގަޅު،
ބަލިން ދިފާއު ވުމަށް މަސަތްކަތް ކުރުމަކީވެސް ހަނގުރާމައެއް.
މާތްﷲ މިންވަރުފުޅުން ތިޔަ ދެކުދިން ހެޔޮހާލުގައި ތިއްބާ ފެންނާނޭ އިރާދައެއް ކުރައްވާފާނދޭވެ. އަދި ތިޔަ ދެ ކުދިންގެ އާއިލާޔަށް ކެތްތެރިކަން ދެއްވާށި. އާމީން
އާމީން ޔާﷲ
ތިޔާ ދެކުދިން ފެންނާނެ ކަމަށް ތިޔާ އިންސިޑެންޓް ސްމިއުލޭޓް ކުރާއިރު ތިޔާ އިންސިޑެންޓް ހިނގި ވަގުތާއި މަދަރ ނޭޗަރ ގެ ވެދަރ ޕެޓަރން ހުރި ގޮތުން ތިޔާއީ ނާދިރު ކަމެއް ކަމަށް ބުއްދީގެ ހަމަ ތަކުން ފެންނަނީ. އިންސާނުންގެ ބުއްދި ނުފޯރާ ކަންކަން ވެސް ދުނިޔެ މަތިން ފެނިގެން ދެއޭ އެއަށް ކިޔާ އަޖާއިބާއި މުއުޖިޒާތް ނުވަތަ މިރަކުލްއޭ ވެސް އެނޫން އެއްވެސް ހާލަތެއް ނެތް ތިޔާ ދެކުދިން ފެންނާނެ ކަަމަށް އޯޝަނޮގްރަފިކް ސައެންސް އަދި މެރިން ސައެންސް އަދި މެރިން އިންޖިނިއަރިންގް އަދި ވެދަރ އިންޖިނިއަރިންގް ދިރާސާ ކޮށް ބަލާއިރު. ދިސް ވޭ އިޒް ދަވޭ. އައި ގޮޓާ ބިލީވް ދަ ވޭ އިޒް ދަވޭ..
ދިސްވޭ މީ ހާދަ ފުއްޕާ މީހެކޭ މީހުން ނާއުއްމީދުވާ ގޮތަށް ވާހަކަ ނުދައްކާ ހުރިއްޔާ ތަނަކު ރިއްސަނީތަ؟ މާދެން މަމެން ވެގެން ލެއވިހާ ޢިލްމެއް އެނގިގަނެގެން ނޫޅެބަލަ. ޢާއިލާއަށްވެސް އެނގޭ ﷲއީ ހުރިހާ ކމަކަށް ކުޅަދުންވަންތަ ރސްކަލާނގެ ކަން. އެކަން އެނގި ތިބެ ކުދިން ފެންނާނެކަމަށް އުއްމީދުކޮށް ދުޢާ ކުރަނީ
ﷲ އިރާދަފުޅު ކުރެއް ވިއްޔާ ފެންނާނެ...
ﷲ އިރާދަފުޅު ކުރެއް ވިއްޔާ ފެންނާނެ...
އާމީން