އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފެއްދި ކޮވިޝީލްޑް ވެކްސިން ރާއްޖޭގައި ދޭން ފެށުމާ އެކު، އެއް ބަޔަކު އެ ވެކްސިން ދިނުމާ ދެކޮޅު ހެދިއެވެ. އެއީ ރައްކާތެރިކަން ކަށަވަރުނުކޮށް ކޮވިޝީލްޑް ވެކްސިން ޖަހާ ކަމަށް ބުނެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވެކްސިނަށް ހުއްދަ ނުދެނީސް ރާއްޖޭގައި ވެކްސިން ޖަހަން ފެށުމުން ބައެއް މީހުންގެ ނުރުހުން ވެސް އަމާޒުވިއެވެ.

އެކަމަކު، ރާއްޖޭގައި ވެކްސިން ޖަހަން ފެށިތާ މާ ގިނަ ދުވަސްތަކެއް ނުވެ، ޑަބްލިއުއެޗްއޯ އިން ކޮވިޝީލްޑް ވެކްސިނަށް ހުއްދަ ދިނެވެ. ރާއްޖޭގައި މިހާތަނަށް ކޮވިޝީލްޑް ވެކްސިން 18 އަހަރުން މަތީގެ ދެ ލައްކަ އަށް ވުރެ ގިނަ މީހުންނަށް މިހާރު ވަނީ ދީފައެވެ.

ރާއްޖޭގައި ކޮވިޝީލްޑްގެ އިތުރުން މިހާރު ދެމުން އަންނަ ވެކްސިނަކީ ޗައިނާ އިން އުފެއްދި ސިނޮފާމް ވެކްސިނެވެ. މާލެ ސަރަހައްދުގައި ސިނޮފާމް ވެކްސިން ޖަހައި ދެނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް އެކަންޏެވެ. ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާތާ އެއް މަސް ފަހުން ދެ ވަނަ ޑޯޒް ޖެހޭނެއެވެ. އެކަމަކު ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒް ޖަހަން ޖެހޭނީ ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުންނެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމިއުނައިޒޭޝަން ޓެގް ޓީމުގެ ޗެއާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވީ ސިނޮފާމްއަކީ އެހެން ވެކްސިންތަކެކޭ އެއްގޮތަށް ހުރިހާ ދިރާސާތަކެއް ނިންމައި އޭގެ ރައްކާތެރިކަން ކަށަވަރުކޮށް، އޭގެ ބޭނުންތެރިކަން ފުރިހަމަ އަށް ތަފްސީލްކޮށްފައި އޮތް ވެކްސިނެއް ކަމަށެވެ. ދުނިޔޭގެ 21 އަށް ވުރެ ގިނަ ގައުމުގައި ސިނޮފާމް ވެކްސިން ޖަހަމުން ގެންދާ އިރު، މިހާތަނަށް އެތައް މިލިއަން ޑޯޒެއް ޖަހާފައިވާ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ އެހެން ވެކްސިންތަކެކޭ އެއްގޮތަށް މި ވެކްސިނަކީ ހުރިހާ މަރުހަލާއެއް ނިންމާފައިވާ ވެކްސިނެކޭ،" ފައިސަލް ވިދާޅުވިއެވެ.

ސިނޮފާމް ވެކްސިން ފުރަތަމަ ޓެސްޓް ކުރީ 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ކަމަށްވީ ނަމަވެސް އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ވެސް މި ވެކްސިން ދެމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ފެނޭތޯ ޓެސްޓް ކުރުމަށްފަހު، ތަފްސީލްތައް މިހާރު ޑަބްލިއުއެޗްއޯ އަށް ހުށަހަޅާފައި އޮތް ކަމަށްވެއެވެ.

މީގެއިތުރުން ތިން އަހަރުން މަތީގެ މީހުންނަށް މި ވެކްސިން ބޭނުން ކުރަން ފެނޭތޯ ބެލުމަށް ޓެސްޓްތަކެއް ވަނީ ހަދައިފައެވެ. މިހާތަނަށް އައިއިރު، އެ މައުލޫމާތުތައް ހިއްސާކޮށްފައި ނުވާ އިރު، އެ ދިރާސާތައް ނުކުންނަ ގޮތެއް ބުނާކަށް އަދި ނޭނގެއެވެ.

ފައިސަލް ވިދާޅުވީ ވެކްސިންތަކުގެ ބޭނުމަކީ ބަލިވާ ފަރާތްތަކުގެ "ބަލި ބޮޑުވުން" މަދުކުރުން ކަމަށެވެ. ހާއްސަކޮށް ހޮސްޕިޓަލްގައި ބާއްވަން ޖެހުމާއި ވެންޓިލޭޓަރަށްލުމާއި ނިޔާވާ މީހުންގެ އަދަދު ސުމަކަށް ގެނައުން ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. ކޮވިޑް ވެކްސިންތަކުގެ އެފިކަސީ ރޭޓް ވެސް އާންމުކޮށް އުޅެނީ 70-80 އިންސައްތައިގައި ކަމަށާއި މިއީ ރަނގަޅު ވަރެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރީމަ ވާނީ އާންމު ރޯގާއަކަށް މާނައަކީ ބަލީގައި ބޮޑުވަރުވެގެން ނުދާނެ،" ފައިސަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިރާސާވެެ ރ

    ބޮޑު ވަރެއް ނުވާނެ ކުއްލިޔަކަށް ވާނީ މަރު، ރާއްޖެގެ ސިއްހ ހީ ނިޒާމުގައިހ ކިތަންމެ ބޮޑު ބައްޔެއް ހުންނަ މީ ހަކު ނުވަތަ ބޮޑު ކަމެއް ވެގެން ހޮސްޕިޓަލަށް ނުވަތަ ޑޮކްޓަރ ކުރިމައްޗަށް ދެފައިމައްޗަށް ކޮޅަށް ހުރެވެންޏާ ސީރރިޔަސް އެއް ނުވާނެ.. ތިޔަ ވެކްސިން ގެ ބޭނުމަކީ ޑޮކްޓަރުންނަށް ފަސޭ ހަ ކުރުން، އެމީ ހުންނަށް އިންޕޭޝަންޓް ކޭސް ލޯޑު ކުޑަކުރުން.. ވެކްސިންއަކުން ކޮވިޑު އޮބިނޯވޭ.. ޖެ ހިޔަސް ބަލި ޖެ ހޭ.. ޢެކަމަކު ބޮޑުވަރު މާކަމެއް ބޭރަކަށް ނޭނގޭނެ.. މީ އެތެރެ ހަށީގެ ކިޑްނީއެއް 30 ފަސެންޓަށް ފަންކްޝަން ތިރިވާ ފަ ހުން ޑޮކްޓަރުން ކިޑްނީ މައްސަލަ އުޅޭ ކަން ޑޮކްޓަރުންނަށް މިއިނގެނީ.. ރާއްޖެގެ ކިޑްނީ ފެއިލްވެފައިވާ ކަމަށް ބުނެފައިވާ 100 އަށްވުރެ ގިނަމީ ހުން ރާއްޖެގެ އެކިކަންކޮޅުތަކުގައި އުޅެއެވެ. މިއެންމެންނަކީވެސް ނޭނގި އޭގެ 10 ވަރަކަށް ކުރިން ފެށިގެން ފަންކްޝަން ދަށްވާން ފަށާފައިވާ މީ ހުންނެވެ.. އެކަމަކު ޑޮކްޓަރުން ޓެސްޓް ހަދާފައި ރޭންޖުގައި ކަމަށް ބުުނެ ފޮނުވާލަނީ.. ކުރީގެ ރޕޯޓަކާއި އަޅާ ނުކިޔާނެ....

    1
    2
  2. ސަމްކުޅިބޭ

    ތިޔަވެކްސިން ތަކުގެ ބާރު ހުރިވަރެއްނޭގެ. އިންޑިޔާއަކީ ވެކްސިން އުފައްދާ ގައުމެއް. އެގައުމުގެ އެތައް މިލިއަން މީހުންނަކަށް ވެކްސިންދީފި. އެކަމަކު މިހާރު އިންޑިޔާގައި ކޮވިޑް އިހުވަރު އަރުވާލާ އެދަނީ ފެތުރެމުން. ދުވާލަކު އެތައްސަތޭކަ މީހުން މަރުވަމުން. އަހަންނަކަށް ފައިސަލް ތިކިޔާއެއްޗެއް ދިމާވަ ކަމަކަށް ނުފެނޭ. ބަލިޖެހޭ މީހުންވަނީ އިތުރު. އެނދުމަތިކުރާ މީހުން މަދެއްނުވޭ.

    • ވެކްސިން ދީފި މިލިއަނުން

      އިންޑިއާ އަކީ 1 ބިލިއަން މީހުންގެ އާބާދީ އޮތް ތަނެއް.

  3. ....

    ތިވެކްސިންތަކުގެ ހިމެނޭ މާއްދާތައް އެނގޭ މީހަކު އެބަހުރިތަ...ކާފަރުންނަށް އިތުބާރު ކުރެވޭނީ ކިހިނެއް...ހެއްދެވި ފަރާތައް އުރެދިފަ އަހަރެމެނަށް ހެޔޮ އެދިދާނެ ކަމަށް ހީކުރެވޭ ސިނކުޑިއެއް ނަމަ އޮޅިފަ އޮތް ބަރަނި ފުރަތަމަ ނިއުޅުވަން

    3
    1