ޓެރަރިޒަމާއި ހަރުކަށި ފިކުރާދެކޮޅަށް ދައުލަތުން ގެންގުޅެނީ ޒީރޯ ޓޮލެރެންސް ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން، ޓެރަރިޒަމާއި ހަރުކަށި ފިކުރުތައް ދިވެހިރާއްޖޭގައި ފެތުރުން ހުއްޓުވައި މިފަދަ ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި (ޓެރަރިޒަމާއި ވައިލެންޓް އެކްސްޓުރީމިޒަމް ޕްރިވެންޓް ކުރުމަށްޓަކައި) ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށްޓަކައި ދައުލަތުން ކަނޑައަޅާފައިވާ ސިޔާސަތަކީ "ހޯލް އޮފް ގަވަރމަންޓް އަދި ހޯލް އޮފް ސޮސައިޓީ" ގެ ސިޔާސެތެވެ. ޓެރަރިޒަމާއި ވައިލެންޓް އެކްސްޓުރީމިޒަމް ޕްރިވެންޓް ކުރުމަށްޓަކައި ގައުމީ އިދާރާތަކާއި، ދައުލަތުގެ މުއައްސަސާތަކާއި، މަދަނީ އިޖުތިމާއީ އެންމެހާ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމެވެ.

ހަރުކަށި ފިކުރާއި ޓެރަރިޒަމްގެ ވަބާފެތުރެން ދިމާވާ ސަބުތައް ދެނެގަނެ، އެފަދަ ކަންކަމާމެދު ދައުލަތުގެ އިދާރާތަކާއި، މުޖުތަމައު ހޭލުންތެރިކޮށް، ދިވެހިންގެ ޒަމާންވީ ސުލްހަވެރި އާދަކާދަތައް ދިރުވައި އާލާކޮށް، ރާއްޖެއަކީ އެންމެނަށް އަމާން ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ގައުމީ އިދާރާތަކާއި، ދައުލަތުގެ މުއައްސަސާތަކާއި، މަދަނީ އިޖުތިމާއީ އެންމެހާ ފަރާތްތަކާއި ގުޅިގެން އެންސީޓީސީގެ ހާއްސަ މަސައްކަތްތަކެއް ވަނީ ފެށިފައެވެ. މިކަމަށްޓަކައި އިސްތިރާޖީ އެކަށައެޅުމާއިއެކު ގައުމީ ސިޔާސަތެއް ކަނޑައެޅި، މި ސިޔާސަތުގެ ދަށުން ގައުމީ އަމަލީ މަޝްރޫއެއް ވަނީ އެކުލަވައިލެވިފައެވެ.

nctc
އެންސީޓީސީން ބޭއްވި ހައިލެވެލް ބައްދަލުވުމުގައި ރައީސް ސޯލިހު ބައިވެރިވެ ވަޑައިގަންނަވަނީ/ ފޮޓޯ: އެންސީޓީސީ

ޓެރަރިޒަމާއި ވައިލެންޓް އެކްސްޓްރީމިޒަމް ނުވަތަ ހަރުކަށި ފިކުރުގެ ވަބާއަކީ އެންމެ މުއައްސަސާއަކުން އެކަނި މަސައްކަތް ކޮށްގެން ހައްލުކުރެވޭ ވަރަށްވުރެ ބޮޑު މައްސަލައެއްކަން އެންސީޓީސީއަށް ގަބޫލުކުރެވެއެވެ. އެކަމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް މަގު ފަހިކުރުމަށްޓަކައި "ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިން އެންޑް ކައުންޓަރިން ވައިލެންޓް އެކްސްޓްރީމިޒަމް 2020- 2020" ނަމުގައި ޕްލޭނެއް ވަނީ އެކުލަވާލާފަ އެވެ.

އިސްލާމީ ރިވެތި އުސޫލަތަކަށް ތަބާވާ ތަހުޒީބު ޖީލެއް ބިނާކޮށް އަމާން މާހައުލެއް ބިނާކުރެވި، އަނިޔާވެރިކަމާ ދެބަސްވުންތައް މަދުކުރުމަށް މަގުފަހިވެ ރާއްޖެއަކީ އެންމެނަށް އަމާން ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަކީ އެ ޕްލޭންގެ އަމާޒެކެވެ. މިއީ ކައިރި އަދި ދުރުމުސްތަގްބަލަށް ބިނާކޮށް ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ތެރެއަށް މީހުން ވަނުމަށް މަގުފަހިވާފަދަ އެންމެހާ ކަންކަމަށް ރިއާޔަރްކޮށް މުޖުތަމައުގައި ފެންނަންހުރި އެފަދަ ކަންކަން ހައްލުކޮށްގެން މި ނުރައްކަލުން ސަލާމަތްވުމަށް އަމާޒުކޮށްފައިވާ ޕްލޭނެކެވެ. ޕްލޭންގެ އެންމެ މުހިއްމު މަގްސަދަކީ މި މަސައްކަތުގައި ގައުމުގެ އެންމެހާ ވަސީލަތްތަކާއި، މުއައްސަސާތަކާއި ފަރުދުން ޝާމިލްކުރުމެވެ. މިއީ މިދާއިރާގެ ތަޖުރިބާކާރުންގެ އިތުރުން ކަމާގުޅޭ އެންމެހާ އިދާރަތާކާއި މަދަނީ ޖަމިއްޔާތަކާއި މަޝްވަރާކޮށްގެން އެކުލަވާލާފައިވާ ޕްލޭނެކެވެ.

"މި އެކްޝަން ޕްލޭންގައި ދައުލަތުގެ މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތްތައް ކަނޑައަޅާފައިވާނެ. އަދި މި ޕްލޭންގެ ދަށުން ދައުލަތުގެ މުއައްސަސާތަކުން ކުރަންޖެހޭ އެންމެހައި ކަންތައްތައް އެ އިދާރާތަކާއި ވަކިވަކިން ބައްދަލުކޮށް، ބްރީފް ކުރެވިފައިވާނެ" އެންސީޓީސީގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.

މަންފާތައް

އެންސީޓީސީން ބުނާ ގޮތުގައި މި ދާއިރާއަކީ ވަރަށް ޓެކްނިކަލް މަސައްކަތްތަކެކެވެ. މި ޕްލޭން ގެ ސަބަބުން، އެ އެކްޝަންޕްލޭންގެ ދަށުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް ބޭނުންވާ ހުނަރާއި ގާބިލްކަން އިތުރުކުރުމަށްޓަކައި އެ ދާއިރާއިން ފަންނީ މީހުން ބިނާކުރުމާއި، މުއައްސަސާތަކުގެ ގާބިލްކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެ އެވެ.

އެންސީޓީސީގެ އިސްވެރިޔާ ޒަކަރިއްޔާ މަންސޫރު، ރައީސް ސޯލިހުއާ އެކު

"މިންތީގެ ހަމަހަމަކަން ދެމެހެއްޓޭގޮތަށް، ދެޖިންސުގެ ޒުވާނުން ބާރުވެރިކުރުވާ، ޞުލްޙަ ދެމެހެއްޓުމަށް ދައުލަތުން ހިންގާ މަޝްރޫއުތަކުގައި ދެޖިންސުގެ ޒުވާނުންގެ ދައުރު ފުޅާވެގެންދިއުން" އެންސީޓީސީން އެކުލަވާލި ޕްލޭންގެ މަގުސަދުގެ ތެރޭގައި ހިމެނެއެވެ. ޕްލޭންގައި ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް އެކި އިދާރާތަކަށް ބްރީފް ކުރުމުގެ މަސައްކަތް ނިމި، އަމަލީ މަސައްކަތްތައް ފެށިގެން މިހާރު ކުރިއަށް އެބަދެއެވެ.

މި ޕްލޭން އެކުލަވާލާފައިވަނީ ޒުވާނުން ހަރުކަށި ފިކުރުގެ ނުރައްކަލަށް ހުށައެޅޭ ސަބަބުތައް ދެނެގަތުމަށްޓަކައި، ޔޫތް ވަލްނަރަބިލީ އެސެސްމަންޓް ހެދުމަށްފަހު، އެ ދިރާސާގެ އަލީގައިއެވެ. ޔޫތް ވަލްނަރަބިލީ އެސެސްމަންޓް ރިޕޯޓެއް އެކުލަވާލުމުގެ އިތުރުން، "ވިމަން އޭސް ޕީސް ބިލްޑަރސް އެ ންޑް އެޖެންޓުސް އޮފް ޗޭންޖު"ގެ ނަމުގައި ރިޕޯރޓް ތައްޔާރުކޮށް އާންމުކޮށްފައިވެއެވެ. މިއީ ޔޫއެންޑީޕީ އާއި ގުޅިގެން ކޮށްފައިވާ މަސައްކަތްތަކެވެ.

ހަރުކަށި ފިކުރު މައިތިރިކުރުން

ޓެރަރިޒަމްގެ މައްސަލައަށް ރާއްޖޭގެ ސިޔާސަތު ރާވާ ފެންވަރުގައި ފުރަތަމަ ފަހަރަށް ރައީސް އާއި ކެބިނެޓްގެ ވަޒީރުންނާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި ފުރަތަމަ ހައިލެވެލް ކޮންފަރެންސް އިންތިޒާމްކޮށް ބާއްވާފައިވަނީ 2019 އަހަރު ފެބްރުއަރީ މަހުއެވެ. ލޯކަލް ކައުންސިލް ރައީސުންނަށް ހާއްސަކޮށްގެންވެސް، ހަމަ އެ އަހަރު ވަނީ ހާއްސަ ޝެޝަންތަކެއް ބާއްވާފައެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް މައުލޫމާތު ދިނުމަށް އެންސީޓީސީން ހިންގި ތަމްރީނު ޕްރޮގްރާމެއް
ފޮޓޯ: އެންސީޓީސީ

ހަރުކަށި ފިކުރާ ދެކޮޅަށް މީހުން ހޭލުންތެރިކޮށް ނިރުބަވެރިކަމަށް ހުށައެޅުން ހުއްޓުވައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި މަދަނީ ޖަމިއްޔާތަކާއި ޒުވާނުންނާއި، މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައި ރާއްޖޭގެ އިތުރުން ބޭރުގެ ފަރާތްތަކާއެކު އެންސީޓީސީން ވަނީ ގިނަ ޕްރޮގްރާމްތަކެއް ހިންގާފައެވެ.

ހަރުކަށި ފިކުރު ހުއްޓުވަން ތައުލީމީ ދާއިރާ

ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް އެންމެ އިސްދައުރެއް އަދާކުރެވޭނެ އެއްބަޔަކީ ތަޢުލީމީ ދާއިރާގެ ބޭފުޅުންނެވެ. އެޑިއުކޭޝަނާއި، އެންސީޓީސީއާއި ޔޫއެންޑީޕީ އަދި އިސްލާމިކް ޔުނިވަރސިޓީ ގުޅިގެން، ރާއްޖޭގެ ނުވަ އަތޮޅު ހިމެނޭ 65 ރަށެއްގެ 106 ސްކޫލްގެ ޕްރިންސިޕަލުންނާއި ލީޑިންގ ޓީޗަރުން ފެންވަރުގެ ބޭފުޅުންނަށް އަމާޒުކޮށް ޕްރޮގްރާމްތަކެއް އެންސީޓީސީން ވަނީ ހިންގާފައެވެ.

ޖުމްލަ 274 ބައިވެރިން ތަމްރީން ކުރެވިފައިވާއިރު އެ ޕްރޮގްރާމްތަކުގައި ބެލެނެވެރިންނަށް އަމާޒުކޮށް ހިންގުނު ސެޝަންތަކުގައި ދެ އަތޮޅު ހިމެނޭހެން 250 އަށް ވުރެ ގިނަ ބެލެނިވެރިން ބައިވެރިކުރެވިފައި ވެއެވެ. މި އަހަރު މާޗް މަހު ޕްރިންސިޕަލުންނަށް އަމާޒްކޮށް އޮންލައިންކޮށް ކުރިއަށްގެންދިޔަ ޕްރޮގްރާމްގައި 287 ބޭފުޅުން ބައިވެރިވެފައިވެއެވެ.

NCTC Training
ތައުލީމީ ދާއިރާއަށް ހާއްސަކޮށްގެން އެންސީޓީސީން ހިންގި ޕްރޮގްރާމެއްގެ ބައިވެރިން ފޮޓޯ: އެންސީޓީސީ

އެ ސެޝަންތަކުގެ ސަބަބުން ސްކޫލްތަކުގެ މާހައުލަކީ ހަރުކަށި ފިކުރަށް މަގުފަހިވާފަދަ ހަރަކާތްތައް ހިންގަން ފަސޭހަ ތަންތަނަށް ވިޔަނުދިނުމާއި، އެފަދަ ކަންކަން ފާހަގަކުރުމުގެ ގާބިލްކަން އިތުރުވެ، ހުއްޓުވުމަށް މަގުފަހިވުމާއި، ދަރިވަރުންގެ ތެރޭގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް މަގުފަހިވުން އަދި ޓީޗަރުންގެ ފަރާތުން ހަރުކަށިފިކުރު ފެތުރުމަށް މަގުފަހިވިޔަނުދިނުމުގެ އިތުރުން ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމުގައި ތައުލީމީ ދާއިރާގެ އިސް ބޭފުޅުންނާއި ބެލެނިވެރިންގެ ދައުރު ފުޅާވެގެންދިއުން ހިމެނޭނެ ކަމަށް އެންސީޓީސީން މައުލޫމާތުދެއެވެ.

ޔޫއޭއީގެ ހިދާޔަތު ސެންޓަރާއި، ސަޢުދި އަރަބިޔާގެ ނާއިފް އަރަބް ޔުނިވާސިޓީ ފޯ ސެކއިރިޓީ ސައިންސަސްއަ ގުޅިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގައި އެ ދެ ޕްރޮގްރާމް 118 ފަރާތެއް ވަނީ ތަމްރީނުކޮށްފައެވެ.

މި ފަދަ ޕްރޮގްރާމްތައް ކުރިއަށް އޮތްތާ ފުޅާކޮށް ހަރުކަށިފިކުރާ ދެކޮޅަށް ކާމިޔާބު ހޯދުމަކީ އެންސީޓީސީގެ އެންމެ އިސް ވާޖިބެވެ.

"ޕްރިވެންޝަން ދާއިރާގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް، މިފަދަ ޕްރޮގްރާމްތައް އިތުރުކޮށް، ފަސްޖެހުމެއްނެތި މި މަސައްކަތްތައް ކުރިޔަށް ގެންދިއުމަކީ އަމާޒު. މި މަސައްކަތުގައި މުޅި މުޖުތަމައުގެ ބައިވެރިވެލެއްވުމަކީ މި މަސައްކަތަށް ލިބޭނެ އެންމެ ބޮޑު ކުރިއެރުން." އެންސީޓީސީގެ އިސްވެރިޔާ ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ސަމްކުޅިބޭ

    މޮޅެތިނަންނަން ކިޔާ ޒާތްޒާތުގެ ބައްދަލުވުންތައް ބާއްވާ ރީތިފޮޓޯތަކެއް ނެގިއަސް ވާކަމެއް ހަރާން. ތިޔަހުރިހާކަމެއްގައި ތިއްބާ ބޮންގޮއްވާލީ. އަދިވެސް އެއީ ކޮންބައެއްގެކަމެއްކަން ޔަގީނެއްނޫން. ތުހުމަތުކޮށް ބަންދު ކުރި ބައެއްމީހުން ދޫކޮށްލާފި. ޝަރީއަތުގެ މަރުހަލާގައި ގާނޫނުގެ އަކުރެއްގައި އިން ފިއްޔެއްގެ ސަބަބުން ދެންތިބި މީހުން ސަލާމަތްވާނެ.

    4
    1
  2. ޖަޒީރާމަނިކު

    މުޖުތަމައު ހޭނުލައިގެންތޯ ހަރުކަށި ފިކުރު ހިންގަނީ؟ މުޖުތަމައު ހޭލާފައި އޮތް ބޮޑުކަމުން އިންޓެލިޖެންސަށް ދޮންކަޅުވެސް އަންގާނުލާ ކަންކަން ހިންގާލަނީ. ފޮނިބާސާ ކެނޑުންނޫންކަމެއް ތިޔަތަންތަނަކުން ނުކުރޭ. ތުުހުމަތަށް ބަންދު ކުރެވޭމީހުން ވެސް ދަލުފުލުން ހޮނޑެލި ދެމޭހެން ދެމިގަނެގެން ސަލާމަތްވެގެން އެދަނީ.

  3. އަލީ

    ވެންޓިލޭޓަރުގެ މައަސަލަ ހަމައޮތީދޯ؟

  4. Anonymous

    އެންސީޓީސީ ކުރެން އަހާލަން ބޭނުންވާ ސުވާލަކީ ތުނބުޅި ދިގުކޮށް ފަޓުލޫނުގެ ފައިކުރި ބުރިކޮށް މޫނު ބުރުގާ އަޅާ އަދި ވައްކަން ކުރާ މީހުންގެ އަތް ބުރިކުރުމާ ޒިނޭކުރާ މީހުން ރަޖަމްކުރުމާ ބޭންކް އިންޓްރެސްޓަކީ ރިބާ ކަމަށް ބުނުމާ އަންހެނުން އޮރިޔާން ނިވާކުރުމަށް ބުނާ މީހުންނަކީ ޓެރަރިސްޓުން ނުވަތަ ހަރުކަށި ފިކުރުގެ މީހުންތޯ. އަދި ހާކިމާ މިކަންކަން މަނާ ނުކުރާނަމަ ހާކިމާއަށް ކިޔަމަން ނުވާ މީހުންނަކީ ވެސް ހަމަ ޓެރަރިސްޓުން ނުވަތަ ހަރުކަށި މީހުންތޯ.

    10
    2
  5. ހާމަ

    ޑްރަގް ހުއް ޓުވީމަ ތިހުރިހާ ނުބައިކަމެއް ހައްލުވީ، މުޖުތަމައު ހަލާކުވެފަ މިއޮތީ ޑްރަގުގެ ވަބާއިން

    • އަހަންމަދު

      ބަރާބަރު ވާހަކައެއް! އެއެކަމަކ ތިލިސްޓްގަ ބަގުރާވެސް ހިމަނަންޖެހޭ!
      އަލަކުން ދެނެގަންނަންޖެހޭ
      އެއްޗެއްނެތް!ބަގުރަލާ ޑްރަގު
      ހުއްޓުވަންވީ! ހުއްޓުވައިފިނަމަ
      ޖާބިރު ކުރާކަންކަމަށްވުރެ
      ހުތުރު ކަންކަން ކުރާބަޔަކު ފެނިގެންދާނެ!
      އެކަމެއް މިތިބަމީހުންނަކަށް ނުވާނެ!

  6. ހިތުގެ އުދާސް

    ސުވާލަކީ ރާއްޖޭގަ ކަންބޮޑުވާކަމަކަށް އޮތީ ހަމައެކަނި ހަރުކަށި ފިކުރު އެކަނިތޯ؟؟ކޮބައިތޯ މަޑުށި ފިކުރުގެތެރޭގަ ހިމެނޭ މަސްތުވާ ފިކުރު؟؟މަސްތުވެގެން ހުރެ މީސްމީހުން މެރުމާ މީހުންގެ މުދަލަށާއި ގޯތި ގެދޮރަށް ދެމުން އަންނަ ގެއްލުންތައް މަދެއްނޫނޭ އިނގޭތޯ.މިކަން މިގޮތަށް ހިނގަމުން އަންނަތާ އެތައް އަހަރެއް މިވަނީ.މީ މިޤައުމަށާއި މުޅި ދުނިޔެއަށް ޖެހިފަވާ ބޮޑުވެގެންވާ މުސީބާތެއް..މިފިކުރުގަ ޖެހިފަ ހަލާކުވެގެން ގޮސްފަވަނީ އަދި ވަމުންދަނީ ހަމައެކަނި ޒުވާނުންނެއް ނޫން..ހުރިހާ އުމުރު ފުރައެއް ހިމެނޭ..މިކަމުގެތެރޭގަ އުޅޭމީހުން ތިޔަބުނާ ހަރުކަށި ފިކުރަށްވުރެ އެތައް ގުނައެއް އިތުރުވެފަ ނުރައްކާ.ކީއްވެބާ މިމައްސަލަ ހައްލުކުރަން ރޮކެޓު ސްޕީޑުގަ މުއައްސަސާތަކަށް މަސައްކަތް ނުކުރެވެނީ؟؟ސިޔާސީ ބޭނުމަކަށް ވަކިކަމަކަށް އެކަނި ފޯކަސް ކުރިޔަކަސް ޤައުމުގަ ދެންހުރި ބޮޑެތި މައްސަލަތައް ނުފެނަކަމަށް ހަދައިގެން ހުރީމަ މައްސަލަތަކެއް ހައްލެއް ނުވާނެ؟؟ވަގުތުން މިކޮމެންޓު ޖަހައިދޭނެ ކަމަށް އުއްމީދުކުރަން.

    8
    1
  7. ޅަވިޔަނި

    މީ މި ސަރުކާރުން ހުޅަނގުގެ ޖަމްއިއްޔާތަކުން ޑޮލަރު ހޯދަން ހިންގާ ލާދީނީ ބައިގަނޑުގެ ނުބައި ރޭވުމުގެ ޕްރޮޕެގެންޑާގެ ޑްރާމާ ގެ ބައެއް! ލާދީނިއްޔަތު ހުއްޓުމަށް ރައްޔިތުން ނުކުމެ މިވެރިކަން ބަދަލުކުރީމާ ކޮވިޑްވެސް ގައުމުގެ ހުރިހާ ނުބައި ފިކުރެއް ނުބައިމީހުންނަށް ނެތިކެގެން ދާނެ ! އިންޝާﷲ. އެމްޑީޕީގެ އެއްވސް އަސާސެއްނެތް ސަކަރާތް ރައްޔިތުން ދަސްކޮށްފި! ނުވާނެ މިސަރުކާރަކަށް އެއްކަމެއްވެސް . އިސްތިއުފާ ދެއްވާ ވަޑާގަންނަވާ!

  8. މިތުރާ

    ފުރަތަމަ ޒުވާނުން މަގުމަތިން ފިލުވާބަލަ! ކުށްގިނަވަނީވެސް ވަޒީފާ ނުލިބި ޒުވާނުން ކުޜާނެ ކަމެއްނެތި މަގުމަށްޗަށް ގިނަވެ، ނުފޫޒު ގަދަބަޔަކު މިކުދިންގެ ބޮލަށް ފައިސާ އަޅައިގެން، ގައުމުގެ އާބާދީ އަށްވުރޭ ބިދޭސި ލޭބަރުން ގިނަ،

  9. މެން

    ހޭލައްވަންވީ ދައުލަތުގެ އިސްފަރާތްތަކުން ދިވެހިރާއްޖެ ވިއްކާލާ ރައްޔިތުން އަޅުވެތިކުރާކުރުން.