ނެދަލެންޑްްސް ގެ ފެއިނޫޑް ގެ ކޯޗު މި ސީޒަން ނިމުމުން ލިވަޕޫލް އަށް ދޫކޮށްލުމަށް އެ ޓީމުން އެއްބަސްވެއްޖެއެވެ.

ނެދަލެންޑްސްގެ ފެއިނޫޑް ގެ ކޯޗު އަންނަ ސީޒަންގައި ލިވަޕޫލްގެ ކޯޗަކަށް ގެނައުމަށް އެ ޓީމުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވެފައިވާއިރު ލިވަޕޫލް އިން އާ ކޯޗެއް ހޯދުމުގެ މަސައްކަތް ފަށާފައި މިވަނީ އެ ޓީމުގެ މިހާރުގެ ކޯޗު ޔޯގަން ކްލޮޕްސް މި ސީޒަން ނިމުނުން އެ ޓީމުގެ ކޯޗުކަމުގެ މަގާމުން އިސްތިއުފާ ދޭން ނިންމާފައިވުމާއި ގުޅިގެންނެވެ.

އެތުލެޓިކްސް އިން މި ހަފްތާގެ ކުރީކޮޅު ރިޕޯޓްކުރި ގޮތުގައި ލިވަޕޫލުން 9 މިލިއަން ޔޫރޯ (7.7 މިލިއަން ޕައުންޑް 9.6 މިލިއަން ޑޮލަރު) ގެ އޮޕަނިން އޮފާއެއް ހުށަހެޅި ނަމަވެސް ފެއިނޯޑް އިން ދެކޮޅު ހެދި ނަމަވެސް މިހާރު ދެ ފަރާތުން ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. ކުޅިވަރުގެ އިތުބާރު ނޫސްވެރިޔާ ފެބްރިޒިއޯ އާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އާނޭ ސްލޮޓް ލިވަޕޫލްގެ ކޯޗުކަމަށް ހަމަ ޖެއްސުމަށް 13-15 މިލިއަން ޔޫރޯގެ ފީއެއް ދެއްކުމަށް މިހާރު ލިވަޕޫލް އާއި ފެއިނޯޑް އާއި ދެމެދު ވަނީ އެއްބަސް ވެފައެވެ. އެހެންކަމުން އާނޭ ސްލޮޓް ވެގެން ދާނީ ނެދަލެންޑްސް ގެ އެންމެ އަގުބޮޑު ފީ އެއް ދައްކައިގެން ގެންދާ ކޯޗަށެވެ.

ފެބްރިޒިއޯ ރޯމަނޯ އާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލް އިން ހުށައެޅި އަގަށް ފެއިނޯޑް އިން އެއްބަސް ވުމާއި އެކު މި ހަފްތާގެ ތެރޭގައި ދެފަރާތުން ކަރުދާހުގައި ސޮއިކުރުމަށްވެސް ވަނީ މިހާރު ނިންމާފައެވެ.

ސްލޮޓް ގެ އެޓޭކިން ފުޓްބޯޅަ އާއި ޒުވާން ކުޅުންތެރިން އުފެއްދުމުގެ ހުނަރަށް ގިނަ ބައެއްގެ ތައުރީފު ހޯދާފައިވާއިރު، ފެއިނޯޑް މިދިޔަ އަހަރުގެ ނެދަލެންޑްސް ލީގު ހޯދިއިރު އެ ޓީމުގެ ކޯޗުކަންވެސް ކޮށްދީފައިވަނީ އާނޭ ސްލޮޓް އެވެ. އަދި މި ސީޒަންގެ ބާކީ 3 މެޗު ކުރިއަށް އޮތްއިރު ސްލޮޓް ގެ ފެއިނޫޑް އޮތީ ނެދަލެންޑްސް ލީގުގެ ދެވަނައިގައެވެ.

މިހާރުގެ ލިވަޕޫލްގެ ކޯޗު ޔޯގަން ކްލޮޕް 9 އަހަރަށްފަހު އެ ޓީމު ދޫކޮށްލަން ނިންމާފައިވާއިރު ކްލޮޕް ވަނީ ލިވަޕޫލްގެ ހެޑް ކޯޗުގެ މަގާމުގައި ލިވަޕޫލްއަށް ގިނަ ކާމިޔާބީ ތަކެއްހޯދައިދީފައެވެ. އަދި މީގެ އިތުރުން އެ ޓީމަށް އަލަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ނެދަލެންޑްސްއަށް އުފަން އުމުރުން 45 އަހަރުގެ އާނޭ ސްލޮޓް އަށް ކްލޮޕް ވަނީ ވަރަށް ބޮޑަށް ތައުރީފުވެސް ކޮށްފައެވެ.

އާނޭ ސްލޮޓް ނެދަލެންޑްސްގެ ފެއިނޫޑް ގެ ހެޑް ކޯޗުކަމާއި ހަވާލުވީ 2021 ވަނަ އަހަރުގައެވެ. ފެއިނޯޑް ގެ ހެޑް ކޯޗު ކަމާއި ސެލޮޓް ހަވާލުވި ފަހުން 2022 ވަނަ އަހަރުގެ ޔުއެފާ ޔޫރަޕާ ކޮންފަރެންސް ލީގުގެ ފައިނަލަށްވެސް އެ ޓީމު ގެންގޮސްދީފައިވެއެވެ. އަދި އޭގެ ފަހުން ނެދަލެންޑްސް ލީގު އެ ޓީމަށް ހޯދައިދިނުމުގެ އިތުރުން ނެދަލެންޑްސް ކަޕް ވެސް އެ ޓީމަށް ހޯދައިދީފައިވެއެވެ.