ގައުމީ އަދި ބައިނަލް އަގުވާމީ ފެންވަރުގައި ކުޅިވަރުގެ ދާއިރާއިން ރަން ވަނަތައް ހާސިލް ކުރާ ދަރިވަރުންނަށް ދޭ ކަލާސް އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.

މިއަހަރުގެ ކަލާސް އެވޯޑު ދޭނީ މައިގަނޑު 13 ކުޅިވަރަކުން ހަތަރު އުމުރު ފުރަޔަށް ބަހާލައިގެންނެވެ. އެއީ ފުޓްބޯޅަ، ވޮލީބޯޅަ، އެތްލެޓިކްސް، ބެޑްމިންްޓަން، ފެތުން، ބާސްކެޓް ބޯޅަ، ކްރިކެޓް، ނެޓްބޯޅަ، ޓެނިސް، ޓޭބަލް ޓެނިސް، ހޭންޑް ބޯލް، ކެރަމް އަދި ޗެސް އިންނެވެ.

އެވޯޑު ދޭން ހަމަޖެހިފައިވާ 4 އުމުރުފުރާ އަކީ އުމުރުން 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަދި 18 އަހަރުން ދަށުގެ ދަރިވަރުންނަށެވެ.

ކަލާސް އެވޯޑް ތައާރަފްކޮށްފައި ވަނީ 2014 ވަނަ އަހަރުއެވެ.