ފުޓްބޯޅައިގައި ބާރަށް ފިޔަޖަހަމުން އަންނަ މިސްރުގެ ތަރި މުހައްމަދު ސަލާހް އާއި ވަރަށް ވައްތަރު ފުޓްބޯޅަ ކުޅުންތެރިއަކު ފެނިއްޖެއެވެ.
ސަލާހް އާއި ވަށްތަރުވެ ގިނަ ބައެއްގެ ސަމާލުކަން ހޯދައިފައިވަނީ އިރާގުގެ ވެރިރަށް ބަގްދާދަށް އުފަން އުމުރުން 20 އަހަރުގެ ހުސެެން އަލީ ނަމަކަށް ކިޔާ ފުޓްބޯޅަ ކުޅުންތެރިއެކެވެ.
އެ ގައުމުގެ ކުލަބެއް ކަމުގައިވާ އަލް ޒަވްރާ ކުލަބުގެ ސްޓައިކަރެއްގެ މަގާމަށް ކުޅެމުން އަންނަ ހުސެން އަލީ އަކީ މިސްރުގެ ތަރި މުހައްމަދު ސަލާހްގެ ސިފަ ވަރަށް ބޮޑަށްވެސް ލިބިފައިވާ ކުޅުންތެރިއެކެވެ. ބަލާބެލުމަށް މި ދެ ކުޅުންތެރިން ވަކި ކުރަން އުނދަގޫވެފައިވާއިރު އެންމެ ބޮޑަށް މީހުންގެ ލޮލުގައި ހުސެން އަލީ އަޅައިގަތީ އޭނާ ލިވަޕޫލްގެ ޖާޒީއެއް ލައިގެން އާންމުންގެ ތެރެއަށް ނުކުތުމުންނެވެ.
އަދި ލިވަޕޫލް ޖާޒީގައި އޭނާ ސަލާހްއާއި އެއްވެސް ތަފާތެއް ނެތް އިރު ގިނަ ބައެއް ހުސެން އަލީ ފެނިފައި ސަލާހް ކަމަށް ހީކޮށް އޭނާއާއި އެކު ސެލްފީވެސް ވަނީ ނަގާފައެވެ.
އިރާގްގެ ނޫހަކަށް ދިން އިންޓަވިޔުއެއްގައި ހުސެން އަލީ ބުނީ ޗެމްޕިއަން ލީގުގެ ފައިނަލްގައި ސަލާހްއަށް އަނިޔާވުމުން އޭނާ ދިރިއުޅޭ ގެއަށް އެތަކެއް ހާސް ބަޔަކު އައިކަމަށާއި އޭނާއަށް އަނިޔާއެއް ވެފައިވޭތޯ ބެލި ކަމަށެވެ.
" ސަލާހްއަށް އަނިޔާވި ދުވަހު އެތަށް ހާސް ބަޔަކު އަހަރެންގެ ގޭ ދޮށަށް އެއްވި. އަދި އެމީހުން ބެލި އަހަންނަށް އަނިޔާއެއް ވެފައި ވެތޯ. " ހުސެން އަލީ ބުންޏެވެ.
އަދި އޭނާ ގެއިން ނުކުންނަ އިރަށް އެތަށް ބައެއްގެ ސަމާލުކަން އޭނާއަށް ލިބޭ ކަމަށްވެސް ހުސެން ބުނެފައިވެއެވެ.
އަދި އޭނާގެ ކުލަބުގެ ކޯޗުވެސް ވަނީ އޭނާ ސަލާހް އާއި ވައްތަރު ކަމުން އެކަން ފާހަގަކޮށް އޭނާގެ ނަން ކުލަބު ތެރޭގައި މުހައްމަދު ސަލާހްއަށް ބަދަލުކޮށްފައި ކަމަށްވެސް ހުސެން އަލީ ބުނެފައި ވެއެވެ.
މުސްލިމްތަ؟ މުސްލިމު ވެއްޖެއްޔާ ފުޓްބޯޅަ ހުއްދަތަ؟ ކަކުލަށްވުރެން މަތި އައުރައަކަށް ނުވޭތަ؟
ބޮލޭ ކިޔަަބަލަ!!