މާލޭ ސްޕޯރޓްސް ކުލަބާއި ކްރިކެޓް ބޯރޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ރަމަޝާން ކްރިކެޓް ކާނިވަލްގެ އޮފީސްތަކުގެ މެދުގައި ކުޅެވޭ މުބާރާތުގެ ފައިނަލަށް ދިޔަ ޓީމުތައް ކަށަވަރުވެއްޖެ އެވެ.
ސެމީފައިނަލުގެ މެޗުތައް މިއަދު ހަވީރު ކުޅުނުއިރު ފުރަތަމަ ސެމީފައިނަލުގައި ބައްދަލުކުރީ ރައްޔިތުންގެ މަޖިލީހުގެ ޓީމާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އެވެ.
ރައީސް ނަޝީދާއި މަޖިލީހުގެ ގިނަ މެމްބަރުންތަކެއް ހިމެނޭ މަޖިލިސް ޓީމުގެ މައްޗަށް ޔޫތު މިނިސްޓަރ މަހްލޫފް އާއި އެ މިނިސްޓްރީގެ އިސްވެރިން ހިމެނޭ ޓީމު މޮޅުވީ 7 ވިކެޓުންނެވެ.
ގުރުދިމާވުމުން މަޖިލިސް ކުޅެންއަރާ 8 އޯވަރު ހަމަވިއިރު ހެދިފައިވަނީ 97 ލަނޑުއެވެ. އެންމެ ރަގަޅަށް ކުޅުނީ 15 ލަނޑުހެދި ހަސަން ލަތީފްއެވެ. ޖަވާބުގައި ޔޫތް މިނިސްޓްރީ ކުޅެންއަރާ 7 ވަނަ އޯވަރުގައި 100 ލަނޑުހަދާ މެޗް ކާމިޔާބުކުރިއެވެ. އެންމެ ރަގަޅަށް ކުޅުނީ ނުބައިނުވެ 34 ލަނޑުހެދި ސައިފުލް އިސްލާމްއެވެ.
މިއަދުގެ ސެމީފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރީ އިމިގްރޭޝަން އާއި ކަސްޓަމްސް އެވެ. މެޗުގެ ޓޮސް ދިމާވެގެން އިމިގްރޭޝަންގެ ޓީމް ކުޅެންއަރާ 8 އޯވަރު ހަމަވިއިރު 4 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 70 ލަނޑުއެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 13 ލަނޑު ހެދި އައިމަން އެވެ.
ޖަވާބުގައި ކަސްޓަމްސް ކުޅެންއަރާ 5 ވަނަ އޯވަރުގައި އެންމެ ކުޅުންތެރިއެއް ނުބައިވެގެން 73 ލަނޑުހަދާ މެޗް ކާމިޔާބުކުރިއެވެ. އެންމެ ރަނގަޅަށް ކުޅުނީ 32 ލަނޑުހެދި މުހަންމަދު އާމިރުއެވެ.
މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މާދަމާ އެވެ. ފައިނަލުގައި ބައްދަލުކުރާ ދެ ޓީމަކީ ޔޫތް މިނިސްޓްރީއާއި ކަސްޓަމްސްއެވެ. ކުޅުން ކުރިއަށްދަނީ ކުޅިވަރު އެކުވެނީގެ އެއްނަންބަރ ދަނޑުގައި ހަވީރު 16:30 ގައެވެ.
މަޖިލިސް ޓީމަށް މޯދީގަންނަންފެށޭ ، އެބަފެށޭ ޓްރާންސްފަ މާކެޓެއް
ފަރީއްނުކުޅެއްވޭތީ އެ ބަލިވީ، މޭ ބީ