މި އަހަރުގެ ހޫނުމޫސުމުގައި ޖަޕާނުގެ ޓޯކިޔޯގައި ބާއްވާ އޮލިމްޕިކްސްގައި ބައިވެރިނުވާނެ ކަމަށް ސެރީނާ ވިލިއަމްސް ބުނެފިއެވެ.
39 އަހަރުގެ ވިލިއަމްސް ބުނީ ޓޯކިޔޯ އޮލިމްޕިކްސް ގައި ބައިވެރިނުވަނީ މި އަހަރުގެ އޮލިމްޕިކްސް ލިސްޓުގައި އޭނާގެ ނަން ނެތުމުން ކަމަށެވެ. އަދި އޭނާ ދާހިތްވެސް ނުވާކަމަށް ވިލިއަމްސް ވަނީ ބުނެފައެވެ.
އެމެރިކާއަށް ނިސްބަތްވާ ވިލިއަމްސް އަކީ ޓެނިސްގެ ދުނިޔޭގައި ފާހަގަ ކޮށްލެވޭ ޝަހްސިއްޔަތެކެވެ. ފާއިތުވި އަހަރުތަކުގައި ވިލިއަމްސް އަށް ގިނަ ކާމިޔާބީތައް ވަނީ ލިބިފަ އެވެ.
ޔޫއެސްގައި ފާއިތުވި ހޫނުމޫސުމުގައި ބޭއްވި ގޭމްސް ގައި ވިލިއަމްސް އަށް ވަނީ ހަތަރު ގޮލްޑް މެޑަލްސް ލިބިފަ އެވެ. ވިލިއަމްސް އަށް ލިބިނު ޑަބަލް ގޯލްޑްސް ލިބިފައި ވަނީ އޭނާގެ ދައްތަ އާއި އެކު ކުޅެގެން ދެމީހުންގެ ހިތްވަރުންނެވެ.
2016 ވަނަ އަހަރު ރިއޯ ޑޭ ޖަނެއިރޯ ގޭމްސްގައި ސެރީނާ ވިލިއަމްސް ވަނީ އެލީނާ ސްވިޓޯލީނާ އާއި ވާދަކޮށް ތިންވަނަ ބުރުގައި ބަލިވެފައެވެ.
ތީ ސެރޒިނާގެ ފޮޓޯ އެއްނުން.