ލަންކާގައި ކުރިޔަށްދާ މަހިންދަ ރާޖަޕަކްސަ ޓްރޮފީގައި މިއަދު ރާއްޖެއާއި ސީޝެލްސް ބައްދަލުކުރާ މެޗަށް ވަންނަން ބޭނުންވާ ދިވެހި ސަޕޯޓަރުންނަށް ހިލޭ 650 ޓިކެޓު ރާއްޖޭގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ހަދިޔާކޮށްފިއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ރާއްޖެގަޑިން 15:30 ގައި ކުޅޭ މި މެޗަށް ހާއްސަކޮށް ޔޫތު މިނިސްޓްރީން މި ޓިކެޓުތައް ރަސްމީކޮށް ދީފައިވަނީ ލަންކާގައި ތިބި ދިވެހި ސަޕޯޓަރުންގެ އިސް މީހުންނަށެވެ. މީގެތެރޭގައި ހިމެނެނީ ކޮންމެ މެޗަކަށްވެސް ދަނޑަށް ވަދެ ސަޕޯޓުކުރުމުގެ ކަންކަމުގައި އުޅޭ ގްރޫޕަށެވެ.
މީގެކުރިން ޔޫތު މިނިސްޓްރީން ވަނީ ރާއްޖެއާއި ބަންގްލަދޭޝް ކުޅުނު މެޗަށްވެސް 200 ޓިކެޓު ހަދިޔާކޮށްފައެވެ. ރާއްޖޭގެ ސަޕޯޓަރުންނަށް ހިލޭ މިއަދަދަށް ޓިކެޓު ދިންއިރު މި މުބާރާތުގައި ރާއްޖެ ކުޅޭ ކޮންމެ މެޗަކަށްވެސް ޓިކެޓު ދޭން ނިންމާފައިވަނީ ބޮޑު އަގުގައެވެ. ލަންކާ ރައްޔިތުންނަށް 300 ރުޕީސް އަށްވުރެ ދަށުން މެޗު ބެލޭއިރު ދިވެހިން ކުޅޭ މެޗު ބެލެނީ 2500 ރުޕީސްއަށެވެ.
މުބާރާތުގައި ދިވެހިންނަށް ވިއްކާ ޓިކެޓުގެ އަގުތައްވެސް ވަރަށް ބޮޑެވެ. އެންމެ ފުރަތަމަ ދިވެހިންނަށް ޓިކެޓު ވިއްކަން ނިންމީ 5000 ރުޕީސްއަށެވެ. ފަހުން ރާއްޖޭގެ ރައީސްގެ އެދުމުގެ މަތިން އެ އަދަދު 3000 ރުޕީސްއަށް ކުޑަކުރިއެވެ
ލަންކާ ސަރުކާރުން ވަނީ މިއަދުން ފެށިގެން މިމަހުގެ 30 އާއި ހަމަޔަށް އެ ގައުމުގެ އުސޫލުތައް ހަރުކަށިކޮށްފައެވެ. އެގޮތުން ކުޅިވަރު ހަރަކާތްތައް ބޭއްވުމުގެ ހުއްދަ ލިބުނު ނަމަވެސް އެއްވެސް ކުޅިބެލުންތެރިއަކަށް ދަނޑަށް ނުވަދެވެއެވެ.
ނަމަވެސް މުބާރާތަށް ހާއްސަކޮށް އުސޫލުތަކެއް ވަނީ އެކުލަވާލާފައެވެ. އެގޮތުން ދަނޑަށް ވަދެވޭނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން ދަނޑަށް ވަދެވޭ ނިސްބަތުގެ 25 އިންސައްތަ ސަޕޯޓަރުންނެވެ.
މުބާރާތް ފެށުމުގެ ކުރިންވެސް ލަންކާ ސަރުކާރުން ވަނީ ހާއްސަ އުސޫލުތަކެއް އެކުލަވާލާފައެވެ. ނަމަވެސް މުބާރާތާއި ދިމާކޮށް ހާއްސަ އުސޫލުތަކެއް ފަހުން އެކުލަވާލިއެވެ. މި ނިންމުމާއި ގުޅިގެން މިއަދު 15:30 ގައި ރާއްޖެއާއި ސީޝެލްސް ބައްދަލުކުރާ މެޗު ބަލަން ދަނޑަށް ވަދެވޭ ސަޕޯޓަރުންގެ ނިސްބަތް މަދުވާނެއެވެ.
ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ލަންކާ އަތުން އެއްވަރުވިއިރު ދެވަނަ މެޗުން ބަންގްލަދޭޝް އަތުން ވަނީ ބަލިވެފައެވެ. އެހެންކަމުން ފައިނަލުގެ ޖާގައެއް ހޯދަން މިއަދު ރާއްޖެެއިން ސީޝެލްސް ބަލިކުރުން މަޖުބޫރެވެ.
ހިލޭ؟؟/ ހެހެހެހެހެ.ރައްޔަތުންގެ ަފއިސާއިން ދޯ ގަތީ.މަހްސޫފްގެ އަމިއްލަ ފައިސާއެއް ނޫން ދޯ.
މަހުލޫފު ޓިކެޓްތަށް ހަވާލުކުރީ އެންބަސީގައުޅޭ މާޒިންއާ، އޭނަ ޓިކެޓްތަށް ދިނީ އޭނަގެ ވިޔަފާރި އެކުވެރި ނާއިލު ކިޔާ ގިނަބަޔަކަށް ލާރި ދޭންޖެހި ފިލާގެން އުޅޭ މީހަކާ.
ކަނޑައެޅިގެން ދޮގެއްމީ މަހުލޫފު ޓިކެޓުދިނީ ލަންކާގައުޅޭ އޭނަގެ ސޮރެއްގެ އަތަށް އެއިން އެއްވެސް ޓިކެޓެއް ދިވެއްސަކަށް އަދި ނުލިބޭ. ވަކިބަޔަކަށް ދިން އެއްޗެއް އެއީ.
އަދި ނުލިބޭ ކާކަށްބާ ދިނީ އަހަރުމެން ޓިކެޓްގަނެފިން ދަޑުން
އެމް އެމްޕީއާރުސީގެ ފައިސާއިން ގަތްޓިކެޓު ހަވާލުވީ އެމްބަސީން އާންމުންނަކަށް ނުބަހާ، އެމީހުންގެ އާއިލާތަކަށްް އަދި ގުޅާފަ ދެނީ.
ކަންޑައެޅިގެން ހަރާން ފައިސާގެންގުޅުނުކަން ސާބިތުވެފައިވާ މީހަކު ބަހާއެއްޗެއްގަ ޖެހުމަކީ އެފަދަ ކަމަކާ ބައިވެރިވުން
ތިވެސް ސަޕޯޓްކުރަންދާ ދެރަވަރު މީހުންނަކަށް ނުދޭނެ. ފައިސާވެރި ނަން މައްޝޫރު މީހުންނަށްދޭނީ. ދެން ތިމާގެ މީހުންނަށް.