ދުނިޔޭގެ ފުޓުބޯޅައިގެ ފަލަ ސުރުހީގައި މިހާރު އެންމެ ބޮޑަށް ދެކެވެމުންދާ އެއް ވާހަކައަކީ ރާއްޖޭގައި ކުޅުނު ބައިނަލްއަޤްވާމީ ފުރަތަމަ މެޗުގައި ސީޝެލްސްގެ އަންހެން ޓީމު ބަލިކޮށް ސައުދީ އަރަބިއްޔާގެ އަންހެން ޓީމު ހޯދި ތާރީހީ ފުރަތަމަ މޮޅުގެ ވާހަކައެވެ.

ދުނިޔޭގައި ވެސް އަންހެނުން ބާރުވެރިކުރުމުގައި މިހާރު ނަމޫނާއަކަށް ވަމުން އަންނަ ސައުދީން ދަނީ ކުޅިވަރުތަކުގެ ތެރެއިން އަންހެނުންނަށް ފުރުސަތުތައް ތަނަވަސްކޮށްދިނުމުގެ ގިނަ އުސޫލުތަކެއް ހަދަމުންނެވެ. އޭގެތެރެއިން މި މެޗަކީ އެ ގައުމުގެ ކުޅިވަރު ތާރީހުގައިވެސް ފާހަގަކޮށްލެވޭ ބޮޑު މެޗެކެވެ.

ސަައުދީ ސަރުކާރުގެ ހުއްދައާއި އެކު ރާއްޖޭގައި ސައުދީގެ ތާރީހީ ފުރަތަމަ މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެ ޓީމުގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ އަލްދަންބާރީ މުބާރަކް އަދި މަރްޔަމް އަލްތަމައިރީ އެވެ.

ދިވެހި ފޮޓޯގްރާފަރުންނާއި ވީޑިއޯގްރާފަރުންނަށް މި މެޗުގައި ވީޑިއޯ އަދި ފޮޓޯ ނެގުމުގެ ފުރުސަތެއް ނުދެއެެވެ. ނަމަވެސް ސައުދީގެ ފޮޓޯގްރާފަރުންނާއި ވީޑިއޯގްރާފަރުންނަށް އެ ފުރުސަތު ވަނީ ލިބިގެންގޮސްފައެވެ. މިކަމާއި ގުޅިގެން ބޭރު ދުނިޔޭގައި ސައުދީގެ އަންހެން ޓީމަށް ދުނިޔޭގެ ފުޓުބޯޅައިގެ ވަރުގަދަ ބްރެޒިލްގެ ޕެލޭ ފަދަ ކުޅުންތެރިން ދަނީ މަރުހަބާ ކިޔަމުންނެވެ.

ޕެލޭގެ މެސެޖުގައި މިއީ ދުނިޔޭގެ ފުޓުބޯޅަައަށް ބޮޑު ދުވަހެއް ކަމަށާއި ސަައުދީއަށް މަރުހަބާކިޔާފައިވެއެވެ. މި މަރުހަބާއާއި ގުޅިގެން ސައުދީ ފުޓުބޯޅަ އިދާރާގެ ރައީސް ޔާސިރު ވަނީ ޕެލޭއަށް ޝުކުރުއަދާކޮށްފަައެވެ. މީގެއިތުރުން ސައުދީގެ ބޮޑެތި ނޫސްތަކުގައި ވެސް މި ހަބަރު ދަނީ ބާރަށް ފެތުރެމުންނެވެ.

ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗުތަކުގެ ސިލްސިލާތަކުގެ ތެރެއިން ސައުދީ އާއި ރާއްޖެ ބައްދަލުކުރާ މެޗު ކުޅުމަަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ރޭގަނޑު 21:00 ގައެވެ. މީގެކުރިން ޜާއްޖެއިން ވަނީ ސީޝެލްސް އާއެކު ދެ މެޗެއް ކުޅެފައެވެ. ފުރަތަމަ މެޗުން ރާއްޖެ މޮޅުވިއިރު ދެވަނަ މެޗުން ރާއްޖެ ވަނީ ބަލިވެފައެވެ.

ރާއްޖެ އަތުން ހޯދި މޮޅަކީ ސީޝެލްސްގެ އަންހެން ފުޓުބޯޅައިގެ ތާރީހުގައި ހޯދި ފުރަތަމަ މޮޅެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކެރަފާ

    ސައުދީން އަންހެނުން ބާރުވެރިކުރަނީ އެމީހުން ބަރަހަނާ ކޮންގެންދޯ

    33
    2
    • މަ

      ބަރަހަނާ ވަނީ އަމިއްލަޔަކަށް ނޫންތޯ

  2. Anonymous

    މިހާރު ބޮޑެތި ޓީމުތަކުގެ ޚަބަރު ގެނައުން ހުއްޓާލީތަ. ބްރޭކިންގ ގަނޑެއްވެސް އަރުވާނުލާ ވިއްޔާ. ޕީއެސްޖީ . މެންސިޓީ މެޗުން ބަލިވި ޚަބަރެއްވެސް ނުފެނޭ.

    އެމީހުންވެސް "އިންޑިއާ އައުޓް" ނުޖައްސާތީ ކަވަރު ނުކުރަނީ ދެއްތޯ.

    3
    5