ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާ އާއި ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ ޔުއެފާއިން ރަޝިޔާ ގައުމީ ފުޓުބޯޅަ ޓީމާއި ކުލަބުތައް ސަސްޕެންޑުކޮށްފި އެވެ.

މި ބޮޑު ނިންމުން ނިންމާފައިވަނީ މިއަދު ޔުއެފާ އާއި ފީފާއިން ބޭއްވި ކުއްލި ބައްދަލުވުމަށް ފަހު އެވެ.

މި ނިންމުމާއެކު އަންނަ މަހު ވޯލްޑްކަޕް ކޮލިފައިންގައި ޕޮލޭންޑާއި ދެކޮޅަށް ކުޅޭ މެޗުގައި ރަޝިޔާއަށް ނުކުޅެވޭނެ އެވެ. އަދި ފީފާ އިން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ވެސް ރަޝިޔާއަށް ބައިވެރިނުވެވޭނެ އެވެ.

ރަޝިޔާގެ ކުލަބުތައް ސަސްޕެންޑުކުރީ ޔުއެފާއިންނެވެ. މި ނިންމުމާއެކު އެ ކުލަބުތަކަށް ޔުއެފާއިން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ނުކުޅެވޭނެއެވެ.

ފީފާއިން ހާމަކުރާ ގޮތުގައި މިއީ އަދި ވަގުތީ ފިޔަވަޅެކެވެ. ރަޝިޔާއިން ހަނގުރާމަ ހުއްޓާލައިފިނަމަ މި ފިޔަވަޅުތައް އުވާލާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހައްޕު

    ޔަހޫދީ އިޒްރޭލު ފުރަމަ ސަސްޕެންޑްކުރޭ.

    1
    2
  2. ހަޔަސިންތް

    ދުނިޔެ ބެލެންސްވާންޖެހޭ ޕްޓިން އެއް ގޮތަކަށް ވެސް ދޫ ނުދޭތި ދޭތިން އެކެއްޗައްހިފާ

    3
    1