މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އާއި ގުޅުވައިގެން ހުކުރު ދުވަހު ބާއްވާ މިއުޒިކް ޝޯގައި އިންޑިއާގެ ލަވަކިޔުންތެރިޔާ ޝާން ބައިވެރިވާނެ ކަން ހާމަކޮށްފިއެވެ.

މި މިއުޒިކް ޝޯގައި ޝާން ލަވަކިޔާނެކަން ހާމަކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައެވެ.

އެކުވެނި ސިންތެޓިކް ޓްރެކުގައި ޝޯ ބާއްވާއިރު، މި ޝޯ ފަށާގޮތަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ރޭ 20:45 ގައެވެ. މީގެއިތުރުން ރާއްޖޭގެ ނިޝް ބޭންޑާއި ސަފޫރާ ވިތް ސޯ ބްލޫ ަދި ނަޒިއްކޮ ވެސް ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާކަން ވަނީ ހާމަކޮށްދެއްވާފައެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭގަނޑު އެވެ. މި ހަފުލާގައި ދުނިޔޭގެ ކުޅިވަރުގެ ވަރުގަދަ ޝަހުސިއްޔަތުންތަކެއް ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެތެރެއިން ބައެއް މެހެމާނުން މިއަދާއި އިއްޔެ ވަނީ ރާއްޖެ އައިސްފައެވެ. މި ހުރިހާ މެހެމާނުންވެސް ތިބުމަށް ހަމަޖެހިފައިވަނީ ކްރޮސްރޯޑްސް ގައެވެ.

ކޮންމެ ކުޅިވަރަކުން އެންމެ މޮޅު އަންހެން އަދި ފިރިހެން އެތްލީޓު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ކުޅިވަރުގެ އެވޯޑު ހަފުލާއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒީޔަތު

    ސަޅި! މަގޭކުޑަ އިރު ގެ ފެވަރިޓެއް ޝާން އަކީ! އަދިވެސް ޒުވާން ޝާން ބަލާ ހިތް އެބަވޭ!

  2. M

    Thanakun Dhn maa mas hooru meeheh genesgen mithaa mi karaatheh nubon gen ulhey baeh thee