ގެއްލުންވާ ކަމަށް ބުނެ މަސްދަޅުގެ އަގުބޮޑު ކުރި ސަރުކާރު ކުންފުނި މިފްކޯ އިން ސަރުކާރުން ބާއްވާ ފައިގަތަޅާ ކުޅުމުގެ މުބާރާތެއްގައި ބައިވެރިވެއްޖެއެވެ.

ޔުނިކް ސްޕޯޓިން އާއި ސްޕޯޓްސް ކޯޕަރޭޝަން ގުޅިގެން ބާއްވާ، ފައިގަތަޅާ މުބާރާތުގައި 38 ޓީމް ބައިވެރިވެއެވެ. އޭގެތެރޭގައި މިފްކޯގެ ފިރިހެން ޓީމް ހިމެނެއެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރ އިިސްމާޢީލް ފައުޒީ ވަނީ ފައިގަތަޅާ މުބާރާތުގައި ބައިވެރިވާ މިފްކޯގެ ޓީމާއި ޖޯޒީ ހަވާލު ކުރުމަށް ރަސްމިއްޔާތެއް ބާއްވާފައެވެ. މިމުބާރާތައް މިފްކޯ އިން ކުރަނީ ކިހައި ވަރެއްގެ ހޭދައެއް ކަމެއް އެކުންފުނިން ނުބުނެއެވެ.

މިފްކޯއަށް ގެއްލުން ވަމުންދާ ކަމަށް ބުނެ އެކުންފުނިން މަސްދަޅުގެ އަގު ބޮޑުކުރީ މިމަހުގެ އެއްވަނަ ދުވަހުއެވެ. މިފްކޯއިން ވަނީ ތެޔޮ މަސްދަޅު ކޭހަކުން 150ރ ބޮޑުކޮށްފައެވެ. މީގެ ކުރިން މިފްކޯއިން މަސް ކޭސްއެއް ވިއްކާފައި ވަނީ 610ރ އަށެވެ. އެހެންކަމުން މަސް ދަޅަކުން ތިން ރުފިޔާ 13 ލާރި ބޮޑުވެފައި ވެއެވެ. އާއްމުންނަށް މަސް ދަޅެއް ގަންނަން ފިހާރަތަކުން ލިބޭ އަގު ކުރިއަށްވުރެ 4 ރުފިޔާ އާއި 5 ރުފިޔާ އާއި ދެމެދުގެ މިންވަރަކަށް މިހާރު ވަނީ ބޮޑުވެފައެވެ.

މިފްކޯ އިން ފައިގަތަޅާ މުބާރާތެއްގައި ބައިވެރިވާއިރު ސަރުކާރުން ވެސް ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރަން މިހަފްތާގައި ދައުލަތުގެ ހުރިހާ އިދާރާއަކަށް ވެސް އަންގާފައެވެ. ފިނޭންސް މިނިސްޓްރީން ފޮނުވި ސާކިއުލާއެއްގައި ވަނީ ކޮންމެހެން ކުރަން ޖެހޭ ހަރަދުތައް ފިޔަވައި އެހެން ހުރިހާ ހަރަދެއް ކުރުން ހުއްޓާލަން އަންގާފައެވެ.

ފައިގަތަޅާ މުބާރާތް އިންތިޒާމް ކުރާ ސްޕޯޓްސް ކޯޕަރޭޝަނަކީ ވެސް ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުމެއް ކުރިމަތިވަމުން އަންނަ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އާތިކާ

    ވަރަށް ލޯބި މި ލިޔުން ކޮންމެއަކަސް 3>

    18
  2. 🙄

    ،ތީކީ އަލަކަށް ވާކަމެއްނޫނޭ...ހަރަދު ކުޑަކުރަންށޭ މިމީހުން ދުވާލަކު އެއްފަހަރު މަސް ދަތުރު ގޮސްފަ ބޮޑެތިން އަބަދު ރެސްޓޯރެންޓްގަ އެތިބެނީ

    14
  3. Anonymous

    ބޯޅަައިގެ ބަދަލު ބޭނުންކުރާނީ މަސްދަޅުބާ؟ 😏

  4. މީ މަ

    ފައިގަ ތަޅާ ކުޅުނީމަ ފައި ދާވާނެ އެއްނު.

    7
    1
  5. 🐐

    ދެން ކޮބާ މައްސަލަ އަކީ

    4
    5
  6. އަދިއެއްވާހަކަ

    ބަޖެޓު ތާށިވެގެން މުވައްޒަފުންގެ އޯވަޓައިމް އާ އެލަވަންސާ ސްކޮލަސިޕުތައް ކަނޑާލާފަ ދެން މިބުނަނީ ފުޅަނދުބުރު ބާއްވާވާހަކަ! ހެޔޮނުވާނެ މަޒުމޫނެއް ލިޔެބަ