20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ފަހުވަގުތު ސްރީލަންކާއިން 1-1 ގެ ނަތީޖާއިން ރާއްޖެ ހިފަހައްޓައިފިއެވެ.

އިންޑިއާގައި ކުރިޔަށްދާ މި މުބާރާތް ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީ ލަންކާ އިންނެވެ. މިގޮތުން އެޓީމުން ވަނީ ތިންވަނަ މިނެޓުގައި ރަނގަޅު ހަމަލާއެއްވެސް އުފައްދާފައެވެ. މިގޮތުން ތިންވަނަ މިނެޓުގައި ލަންކާއިން ފޮނުވާލި ހަމަލާއެއް ރާއްޖޭގެ ގޯލު ދަނޑިއަށްވެސް ވަނީ އަމާޒުވެފައެވެ.

މިއާއެކު ރާއްޖެއިން ކުޅުން އިތުރަށް ރަނގަޅު ކުރަން މަސައްކަތް ކުރި ނަމަވެސް، މާ ގިނަ ހަމަލާތަކެއް ރާއްޖެއަށް އުފެއްދިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ލަންކާއިން ދިޔައި ރާއްޖެއަށް ޕްރެޝަރުކޮށް ލީޑު ނެގުމަށް މަސައްކަތް ކުރަމުންނެވެ.

ފުރަތަމަ ހާފް 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެފައިވާއިރު، ދެވަނަ ހާފް ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ. މިގޮތުން ދެޓީމުންވެސް ކުރިޔަށް ޖެހި ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ. އަދި ލީޑު ނެގުމަށް ގިނަ ފުރުސަތުތަކެއް މި ހާފްގައި ދެޓީމަށްވެސް ވަނީ ލިބިފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ރާއްޖެއިންނެވެ. މި ލަނޑު 74 ވަނަ މިނެޓުގައި ރާއްޖެއަށް ކާމިޔާބުކޮށްދިނީ އައިހަމް ހަމްދޫންއެވެ. ނަމަވެސް ރާއްޖެއަށް ލީޑުގައި މެޗު ނިންމާނުލެވެނީސް، އިތުރު ވަގުތުގެ ތެރޭގައި ލަންކާގެ ކެޕްޓަން ސަންތޭޝް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މި ނަތީޖާއާއެކު ރާއްޖެއަށް ވަނީ ތިން މެޗުން އެއް ޕޮއިންޓް ލިބިފައެވެ. އަދި ލަންކާއަށްވެސް ލިބިފައި ވަނީ ތިން މެޗުން އެންމެ ޕޮއިންޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ީސަޅިއޭތިގޮތް

    ބޯޅަ ކުރިއެއް ނާރާނެ ދޮން ކޯޗަކު ގެނަޔަސް ތައްޔާރު ކުރުމަށް މެޗް ތަކެއް ކުޅެބަ އެހެން ބައްރުގެ ވަރުގަދަ ޓީމްތަކާ އެމެޗް ކުޅެން ސަރުކާރުން ދޭ ލާރި ވެސް ކެވޭތޯ ބޮޑެތިން ބަލަނީ ބައްސާމް އަންހެނުންގެ ކެއުމާ މޭކަޕް ސެޓް ބިލް ވެސް އެފްއޭއެމް ބަޖެޓުން

  2. ަިސިޑިބަރިން

    ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގަމޮޅު ކުޅުމެއް ދެއްކި ކުޅުންތެރިން މިއީ. އެކަަކު ނަތީޖާ ނުނެރެވުނީމަ ވަރަށް ދެރަ ކަމެއްމިއީ. ރާއްޖޭގެ ޑިފެންސްގެ މައްސަލަ އެބހުރިކަމަށް ގަބޫލުކުރަން އެބަޖެހޭ. އަދިކައުންޓާ އެޓޭކުގައި ލިބޭ ބޯޅަތައް ނިންމާނުލެވުނީމަ ދެރައީ. މިސާލަކަށް މެޗު ނިމެން 3 މިނެޓަށް ވަފަވަނިކޮށް ފުލުފުލުގައި މެދުތެރެއިން ލަމާން ތަނަވަސްކޮށްދިން ރީތި ދެބޯޅަވެސް ސްޓްރައިކަރުންނަށް ބޭނުން ނުކުރެވި ދިޔަކަން ފާހަގަ ކުރެވުނު. މެޗުން 3 ޕޮއިންޓް ގެންނާނެ ކމަށް އެންމެން އުއްމީދުކޮށްގެން ތިބީ. ފަހުމާނުއާ ޒައިންއާ ލަމާން ފަދަ ކުޅުންތެރިންގެ ބޭނުން ފުރިހަމަ ގޮތުގަ ކޯޗު ވެއްޖެ ހިފަން ދަސްކުރަން.

  3. ގިނިހިލަ

    ސްކޮޑު މޮޅު. ޓެލެންޓެޑް ޕުލެޔަރުން. އެކމަކު ކިތައްފަހަރު މި ޔަންގު ޓީމު ރާއްޖޭގެ ސީނިއާ ޓީމާ އެކީގަ ޕްރެކްޓިސް ކުރިތޯ؟ ބައްސާމު އަނހެނުންގެ ހަރަދަށް އެފްއޭއެމް ބޖެޓުން ފައިސާ ނެގީމާ ފަހަރުގަ ދުނިޔޭގެ ނުވަތަ މިބައްރުގެ ގިނަ ގައުމުތަކަށް ޓްރޭނިން މެޗުތަކަށް 20 އަހަރުން ދަށުގެ ޓީމު ނުދެވިދާނެ. އެކަމަކު ރާއްޖޭގެ ގައުމީ ސީނިއާ ޓީމާ ދެކޮޅަށް ކުޅެވިދާނެ ދޯ.