މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ނަތީޖާ އަނބުރާލައި ސައުތު އޭޝިއަން ބާސްކެޓްބޯޅަ އެސޯސިއޭޝަން (ސާބާ) އަންހެން ބާސްކެޓްބޯޅަ މުބާރާތުގައި ނޭޕާލް އަތުން ރާއްޖެ ހޯދި މޮޅަކީ ބަދަލުހިފުމެއް ކަމަށް ދިވެހި ޓީމުގެ ކެޕްޓަން އާމިނަތު ޝިއުރާ އަބްދުލްބާރީ ރޭ ބުނެފިއެވެ.

2019 ވަނަ އަހަރު ނޭޕާލުގައި ބޭއްވި ސާބާ ބާސްކެޓްބޯޅައިގެ ސެމީފައިނަލްގައި މި ދެ ޓީމު ވާދަކޮށްފައިވެއެވެ. ކަތުމަންޑޫގައި ހުންނަ ތުރީޕުރޭޝްވޯރު ހޯލުގައި ކުޅުނު އެ މެޗުން ރާއްޖެ ބަލިވީ ނުވަ ޕޮއިންޓުގެ ތަފާތަކުންނެވެ.

ރޭ ދިވެހި ޓީމަށް ލިބުނު ކާމިޔާބީ އާ ގުޅިގެން ޕީއެސްއެމް ނިއުސް އާ ވާހަކަ ދައްކަމުން ޝިއުރާގެ ވާހަކަ ފެށީވެސް ނޭޕާލުގެ އަތުން 2019 ވަނަ އަހަރު ކުރިމަތިލާން ޖެހުނު ނާކާމިޔާބީ ހަނދާން ކުރަމުންނެވެ. ޝިއުރާ ބުނީ ނޭޕާލުގައި ވީ ގޮތުން ޓީމުގެ ހުރިހާ ކުދިންވެސް ތިބީ އެއް ރޫހެއްގައި މި މެޗުން މޮޅުވުމުގެ އުންމީދުގައި ކަމަށެވެ.

"އަސްލު މިހާރު ނޭނގެ ބުނެދޭކަށް މިވާ އިހުސާސެއް. ވަރަށް އުފާވޭ ހަމަ" ލިބުނު ކާމިޔާބީއަށް ފަހު އުފަލުން ރޮމުން ޝިއުރާ ބުންޏެވެ.

ޝިއުރާ ބުނީ އެންމެ ފަހު ވަގުތު ހިތްވަރު ކުރެވުނީ ސަޕޯޓަރުން ދިން ހިތްވަރުން ކަމަށާއި، އެކަމަށްޓަކައި ހުރިހާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

ޝިއުރާ ބުނި ގޮތުގައި ޓީމުގައި "ގިވަޕް" ކުރާ އެއްވެސް ކުޅުންތެރިއެއް ނުހުންނާނެއެވެ. އެކަން ނޭޕާލް އާ އެކުގައި ކުޅުނު މެޗުން ފެނިގެންދާނެ ކަމަށް ވެސް ޝިއުރާ ބުންޏެވެ.

"އެންމެ ފަހު ވަގުތާ ޖެހެން ދެން ކަށިން ހިތްވަރު ނެރެގެން ހުރިހާ ކުދިން ކުޅުނު، ވަރަށް އުފާވޭ އެގޮތަށް ހުރިހާ ކުދިން ކުޅުނީމަ." ފެންކަޅިވެފައި ހުރެ ޝިއުރާ ބުނެފައިވެއެވެ.

ދިވެހި ޓީމުގެ ކުޅުންތެރިޔާ އާމިނަތު ރިޝްމާ ބުނީ މީގެ ކުރިން ނޭޕާލުގެ އަތުން އެހާ ހިތްދަތިކޮށް ދަށްވުމުން މާލޭގައި އޮންނަ މެޗުން ކޮންމެ ގޮތެއް ހަދާފައިވެސް މޮޅުވުމުގެ އުންމީދުގައި ތިބި ކަމަށެވެ. އަދި މަސައްކަތް ކުރީ އަމިއްލަ ފަސްގަނޑުގައި މި މުބާރާތް ކާމިޔާބުކުރަން ކަމަށްވެސް އޭނާ ބުންޏެވެ.

މި މޮޅާ އެކު، މިއީ ރާއްޖެ އަށް ކުރިއަށް ދިއުމަށް ލިބޭނެ އިތުރު ފުރުސަތެކެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ބުދަ ދުވަހުގެ ރޭ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. ފަހު މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. މުބާރާތުގައި އެންމެ ވަރުގަދަވާނެ ކަމަށް ބެލެވެނީ ލަންކާއެވެ.

މެޗުގެ އެންމެ ފަހު ކަށިގަނޑު ފުމުމާއެކު ކުޅުންތެރިންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ އޮހިގެން ދިޔައެވެ. އެ ދުވަހު ނޭޕާލް އަތުން ބަލިވުމުން ރޮވުނު ނަމަވެސް މިއަދު ދިވެހި ޓީމަށް ރޮވުނީއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހުމަދު

    އަދިވެސް ހަމްދު ކޮށްބަލަ

    15
    4
  2. ލލ

    ސިއުރާ ގެ ކޮއްކޮ ހުރީ ކައިވެއްޏެއް ނުކޮށްތަ...އެމަންޖެ ވަރަށް ފެނޭ ގޭ ދޮރުމަތިން....އެހެން ވެއްޖިޔާމު މަ ބޭނުން އެމަންޖެޔާ ކައިވެނިކުރަން........

    16
    5
    • ސިއުރާ ކޮއްކޮ

      ސިއުރާ ކޮއްކޮގެ ދަރިއެއްވެސް އޮވޭ މިހާރު، ޔޫ މާ ލަހުން މިކަމާ ތިއުޅުނީ

      2
      2
    • ލޮލް

      ނުލިބޭނެ ސިއުރާ ކޮއްކޮ އެއް، ދެން ލަލަލާ

      1
      1
  3. ތިއޭ

    މިހާ އަވަހަށް ފޮނިކަނޑަން ފެށީ….ދެން ބަލަމާ ވާގޮތް

    4
    2
  4. ހުވަދޫ އަލިބެއްޔާ

    ސިއުރާ ސެޓްވާކަށް ނެތްތަ.. ސައިޑް ކަޓަކަށް..