ދުވާ މީހުންނަށް ހާއްސަކޮށް ހަދާފައި އޮންނަ ހުޅުމާލެ ސިންތެޓިކް ޓްރެކް ޝޯތަކަށް ކުއްޔަށް ދޭތީ އެތުލެޓިކްސް ކޯޗު އަބްދުﷲ އިބްރާހިމް (އަބުޅޯ) ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހުޅުމާލެ ސިންތަޓިކް ޓްރެކްގައި ބައިސްކޯފް އިން އިންތިޒާމުކޮށްގެން ރޭ ވަނީ "ޗަންޗަނާ 2022" ގެ ނަމުގައި ހާއްސަ މިއުޒިކް ޝޯއެއް ބާއްވައިފައެވެ. ސްރީލަންކާގެ ލަވަ ކިޔުންތެރިޔާ ރޮހާނީގެ ހުށަހެޅުންތައް މި ޝޯގައި ފެނުނު އިރު، ޝޯ ފެށުމުގެ ކުރިން ދެތިން ދުވަސް ކުރިން ޝޯއަށް ތައްޔާރުވުމުގެ މަސައްކަތް ކުރިއެވެ.

ފަހަކަށް އައިސް އެ ޓްރެކްގައި އެކިއެކި ހަފްލާތައް އަންނަނީ ބާއްވަމުންނެވެ.

އަދި މާދަމާރޭ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ހާއްސަ ދަރުހެއް ވެސް އެ ތަނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަބުޅޯ ކޯޗު ކުރި ޓުވީީޓެއްގައި ބުނެފައި ވަނީ، އެ ދުވާ ޓްރެކުގައި ޕްރެކްޓިސްތައް ހުއްޓުވުމަށްފަހު ޝޯތަކަށް ކުއްޔަށް ދީގެން އާމްދަނީ ހޯދުމަށް ހާއްސަ ކުރުމަކީ ނުހަނު ހިތާމަ ކުރާ ކަމެއް ކަމަށެވެ. އޭނާގެ ޕޯސްޓުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ޓެގް ކުރެއްވިއެވެ.

މީގެއިތުރުން ދުވާ ޓްރެކުގައި ބައެއް މީހުން ސައިކަލު ޕާކުކޮށް އެ ޓްރެކްގައި ދުއްވާތީ ވެސް އަބުޅޯ ކޯޗު ވަނީ ކަންބޮޑުވުން ފާޅުކޮށް ފޮޓޯއާއެކު ޓުވީޓުކޮށްފައެވެ.

އެތުލެޓިކްސް މުބާރާތްތަކުން ރާއްޖެއިން މީގެ ކުރިން ރަން ވަނަތަކެއް ހޯދާފައިވާއިރު، ކުރިއަށް އޮތް މުބާރާތްތަކަށް ފަރިތަކުރުމަށް ފުރުސަތު ލިބިގެން ނުދިއުމަކީ އެތުލެޓިކްސްގެ ކުރިމަގަށް އެޅޭ ވަރަށް ބޮޑު ހުރަހެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    ސަރުކާރު ވެރިން އަޗާތަޅާނެ ފައިސާ ހޯދަން ކުއްޔަށްދިނުން މަޖުބޫރޭ

  2. ޙަަަހަ

    ތިތަންވެސް އެހެން ވެރިކަމެއްގަ ބިނާކުރީތީ އެއްވެސް މަރާމާތެއް ނުކޮށް މަހްލޫފްމެން އެތިބެނީ ، އެކަމަކު ފައިސާކޮޅެއް އަތަށް އަރަންޏާ ތިތަންވެސް ބޭނުން

  3. މއކ

    އެތުލެޓިކްސް ޕްރެކްޓިކްސް ހުއްޓިފައޭ ބުނާއިރު އެތަން އޮތީ ފުނޑިފަ. މެއިންޓެނެންސްއެއް ނުކުރެވޭ

  4. މުޙައްމަދު

    މިސޮހާނީ އަންނަތީއޭ ކިޔައިގެން މިޓްރެކްގަ މިގަނަތެޅޭތާ މިހަތަނަށް 10 ވަރަކަށްވުވަސްވެދާނެ. ސިފައިންވެސް ބަރުވެހިކަލްތަކުގަ ޓްރެކްމަތީ ދުއްވާ ، މުޅިވިނަގަޑަށް ދަގަޑުޖަހާ ސުއްނާފަތިކޮށްލައިފި. ބޮޑުބަލާވެރިކަމެއް. މިޙުޅުމަލޭގައި މިހާރުކޮންމެކަމެއްކުރިޔަސް މިކުރެވެނީ އެތާގަ. ކިހާދެރަވަރުކަމެއްމީ. ހައެރާންހީވޭ.

  5. ހެލޮވީން

    ދުނިޔޭގައި ވަރަށް ގިނަ ގައުމުތަކުގައި ހެލޮވީން އޮކްޓޫބަރުމަހުގެ ފަހު ހަފުތާގައި ފާހަކުރާނެ. ރާއްޖޭގައި އެނަމުގައި ފާހަގަކޮށްގެން އެވާހަކަ ދައްކަފާނެތީ އެހެން ނަމެއްގައި އެކަން ތިއޮތީ ފާހަގަކޮށްފައި. ސައުތު ކޮރެޔާގައި އެކަން ފާހަގަކޮށްގެން އެތައް ބަޔަކު މަރުވެގެން މިހާރުވެސް އެ އުޅެނީ.