ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ބަޔަކު ސަޕޯޓްކުރާ ބްރެޒިލް އަކީ ވޯލްޑް ކަޕުގައި އެންމެ ކާމިޔާބު ގައުމެވެ. ޖުމުލަ ފަސް ފަހަރަށް ފީފާ ވޯލްޑް ކަޕް ކާމިޔާބު ކޮށް ބްރެޒިލުން ވަނީ ރެކޯޑް ހަދާފައެވެ.

ފުޓުބޯޅައިގެ ލެޖެންޑު ޕެލޭ އަކީ ބްރެޒިލްގެ ކުޅުންތެރިއަކަށްވުމާއެކު ޕެލޭގެ ޖާދުލާއެކު ބްރެޒިލްގެ ނަން ވަނީ މުޅި ދުނިޔޭގެ ފުޓުބޯޅައިގެ ޖައްވުގައި ގުގުމާލައިފައެވެ.

މި އަހަރުގެ ވޯލްޑް ކަޕަކީ ނޭމާ ޖޫނިއާގެ ފަހު ވޯލްޑް ކަޕު ކަމަށް ބޭރުގެ ރިޕޯޓްތަކުން އަންނަނީ ބުނަމުންނެވެ. އެއާއެކު މި ވޯލްޑް ކަޕަކީ ނޭމާއަށް މަރުގެ މުބާރާތެކެވެ.

ފީފާ ރޭންކިން: 1
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1930
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2018
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ޗެމްޕިއަން (1958، 1962، 1970، 1994 އަދި 2002)

ވޯލްޑް ކަޕްގެ ތާރީޙް:

ބްރެޒިލް އަކީ މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި ވާދަކޮށްފައިވާ ހަމައެކަނި ޤައުމެވެ. އަދި މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. ބްރެޒިލް ވަނީ ޖުމްލަ ފަސް ފަހަރު ވޯލްޑް ކަޕް އުފުލާލައިފަ އެވެ. އެއީ 1958، 1962، 1970، 1994 އަދި 2002 ވަނަ އަހަރެވެ.

ބްރެޒިލް އަކީ އަބަދު ވެސް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ނެރޭ ޤައުމެކެވެ. ވޯލްޑް ކަޕް ކާމިޔާބުކުރި ކޮންމެ އަހަރަކު ވެސް، އެ ޤައުމުގައި ތިބީ ފުޓްބޯޅައިގެ ތާރީހުން ފާހަގަކުރެވޭ ކުޅުންތެރިންނެވެ.

އެންމެ ފުރަތަމަ 1958 އަދި 1962 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، ބްރެޒިލްގެ ޓީމު ލީޑުކުރީ ޕެލޭ އާއި ގަރިންޗާ ފަދަ ކުޅުންތެރިންނެވެ.

އަދި 1970 ވަނަ އަހަރު ބްރެޒިލް ތަށި އުފުލާލީ ކާލޮސް އަލްބާޓޯ އާއި ޒިކޯ ފަދަ ކުޅުންތެރިންގެ މަސައްކަތުންނެވެ.

ރޮމާރިއޯ އާއި ބެބޭޓޯ އަދި ޑުންގާ ހިމެނުނު ވަރުގަދަ ޓީމުން 1994 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، 2002 ވަނަ އަހަރު ތަށި އުފުލާލީ ރޮނާލްޑޯ އާއި ރިވާލްޑޯ އަދި ރޮނާލްޑީނިއޯގެ ޖާދުލުންނެވެ.

އެކަމަކު އެންމެ ފަހުން އޮތް ތިން ވޯލްޑް ކަޕްގައި ބްރެޒިލް އަށް އެދެވޭ ކާމިޔާބެއް ނުލިބުނެވެ. 2006 އަދި 2010 ވަނަ އަހަރު ބްރެޒިލް ކެޓީ މުބާރާޓުގެ ކުއާޓާ ފައިނަލުންނެވެ. އަދި 2014 ވަނަ އަހަރު އަމިއްލަ ޤައުމުގައި ކުޅުނު މުބާރާތުގެ ސެމީ ފައިނަލްގައި ޖަރުމަން އަތުން ލަދުވެތި ގޮތަކަށް ބްރެޒިލް ވަނީ ބަލިވެފަ އެވެ.

ކޯޗު

ނަން: ޓީޓޭ
ގައުމު: ބްރެޒިލް
އުފަން ތާރީހު: 25 މޭ 1961 (56 އަހަރު)
ޓީމާ ހަވާލުވީ: 2016 ވަނަ އަހަރު

ބްރެޒިލްގެ ކޯޗު ޓީޓޭ އަކީ އެ ޤައުމުގައި އިހުތިރާމް ލިބިފައިވާ ކޯޗެކެވެ. އެ ޤައުމުގެ ގިން ކްލަބުތަކަށް ކޯޗުކޮށްދީފައިވާ ޓީޓޭ ބްރެޒިލްގެ ޤައުމީ ޓީމާ ހަވާލުވީ 2016 ވަނަ އަހަރެވެ.

ބްރެޒިލްގެ ކޯޗުކަމުން ޑުންގާ ދުރުކޮށް، ޓީޓޭ އަށް ކޯޗުކަން ދިނީ 2016 ވަނަ އަހަރުގެ ޖޫން މަހު އެވެ. ޓީޓޭގެ އިރުޝާދުގެ ދަށުން ބްރެޒިލްގެ ނަތީޖާތައް ރަނގަޅުވި އެވެ. އަދި ވޯލްޑް ކަޕް ކޮލިފައިންގައި ޖެހިޖެހިގެން ހަތް މެޗުން ބްރެޒިލް މޮޅުވި އެވެ. ވޯލްޑް ކޮލިފައިންގައި ބްރެޒިލް އިން ނެރުނު ރަނގަޅު ނަތީޖާތަކާއެކު، މި އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ޓީމަކަށްވެފައިވަނީ ބްރެޒިލް އެވެ.

މުހިންމު ކުޅުންތެރިން.:

ނޭމާ ޖޫނިއާ

ބްރެޒިލް ޓީމުގެ ތަރި އަކީ ނޭމާ އެވެ. އުމުރުން މިހާރު 30 އަހަރުގެ ނޭމާ ވަނީ މި ވޯލްޑް ކަޕަކީ އޭނާގެ އެންމެ ފަހު ވޯލްޑް ކަޕަށް ވެދާނެކަމުގެ އިޝާރާތެއް ވެސް ކޮށްފައެވެ. ދުނިޔޭގެ ރެކޯޑް ޓްރާންސްފާ ފީއެއްގައި ބާސެލޯނާ އިން ޕީއެސްޖީ އަށް ބަދަލުވި ނޭމާ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އުޅޭނެ ކުޅުންތެރިޔެކެވެ. ނޭމާ މިހާތަނަށް ގައުމީ ޓީމަށް 121 މެޗު ކުޅެދީފައިވާއިރު، 75 ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ. ބްރެޒިލްގެ އޯލް ޓައިމް ޓޮޕް ސްކޯރަރގެ ރެކޯޑާ ހަމަކުރަން އޭނާއަށް ދެން ބޭނުން ވަނީ އެންމެ 2 ލަނޑެވެ.

ބްރެޒިލްގެ ސަންތޯސް އިން ކެރިއަރު ފެށި ނޭމާ ޤައުމީ ޓީމަށް ކުޅެން ފެށީ 2010 ވަނަ އަހަރެވެ. އަދި މިހާތަނަށް ގައުމީ ޓީމަށް ކުޅުނު 83 މެޗުގައި އޭނާ ވަނީ 53 ލަނޑު ޖަހައިފަ އެވެ. ނޭމާ އަކީ ހުނަރުގެ ގޮތުން އަރާ ހުރި ކުޅުންތެރިޔެކެވެ. ބްރެޒިލްއާއެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މުބާރާތުގެ ސެމީ ފައިނަލުން ބްރެޒިލް ކެޓިއިރު، އަނިޔާއަކާ ގުޅިގެން ނޭމާ އަށް އިންނަޖެހުނީ ކުޅި ބަލަންށެވެ. ދެން ޖެހިގެން އައި 2018 ވަނަ އަހަރުވެސް ވޯލްޑް ކަޕުގެ ތެރެއިން އަނިޔާގެ މައްސަލަތައް ނޭމާއާ ކުރިމަތިވިއެވެ. އެކަމަކު މި އަހަރު ނޭމާ ތަފާތު ދައްކައި، ބްރެޒިލް ތައްޓާ ހަމައަށް ގެންގޮސްދޭނެ ކަމަށް ގިނަ ބަޔަކު ގަބޫލްކުރެ އެވެ.

ތިއާގޯ ސިލްވާ

އުމުރުން 37 އަހަރުގެ ތިއާގޯ ސިލްވާ އަކީ މިހާރު ވެސް ދުނިޔޭގެ އެންމެ މޮޅު ސެންޓަރ ބެކުންގެ ތެރޭގައި ގުނާލެވޭ ޑިފެންޑަރެކެވެ. 2020 ވަނަ އަހަރު ޗެލްސީއަށް ބަދަލުވި ތިއާގޯ ސިލްވާއަކީ މިހާރު ވެސް އެ ކްލަބްގެ އެންމެ މުހިންމު އެއް ޑިފެންޑަރެވެ. މި ސީޒަންގައި ޗެލްސީއަށް 10 މެޗު ކުޅެދީ 2 އެސިސްޓް ވެސް އޭނާ ވަނީ ހަދާފައެވެ. ތިއާގޯ ސިލްވާ ވަނީ މިހާތަނަށް ބްރެޒިލް ޓީމަށް 109 މެޗު ކުޅެދީފައެވެ.

ބްރެޒިލް ވޯލްޑް ކަޕް ސްކޮޑް

ޓީމުގައި ޕްރިމިއާ ލީގަށް ކުޅެމުން އަންނަ 12 ކުޅުންތެރިން ހިމަނާފައިވެއެވެ. އެހެންނަމަވެސް ބްރެޒިލްގެ ކޯޗު ޓައިޓް ނެގި ޓީމުގައި ލިވަޕޫލްގެ ތަރި ރޮބާޓް ފިރްމީނޯގެ އިތުރުން އާސެނަލްގެ ޑިފެންޑަރު ގެބްރިއޭލް މަގާޅައެސް ހިމަނާފައެއް ނުވެއެވެ.

މި ސްކޮޑުގައި ބްރެޒިލްގެ ފޭނުންގެ އެންމެ މަގުބޫލްކަން ހޯދައިފައިވާ ބްރެޒިލް ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ނޭމާ ޖޫނިއާ ހިމަނާފައިވެއެވެ. މިހާރު އުމުރުން 30 އަހަރުގެ ނޭމާ އަށް މިއީ ފަހު ވޯލްޑް ކަޕަށް ވުން ގާތެވެ.

ގޯލްކީޕަރުން: އެލިސަން ބެކާ، އެޑާސަން، ވެވާޓަން

ޑިފެންޑަރުން: ޑެނި އަލްވެސް، ޑަނީލޯ، އަލެކްސް ސެންޑްރޯ، އަލެކްސް ޓެލެސް، ބްރެމާ، އެޑާ މިލިޓާއޯ، މާކިއުނޯސް، ތިއާގޯ ސިލްވާ

މިޑްފީލްޑަރުން: ބްރޫނޯ ގުމަރައެސް، ކަސެމީރޯ، އެވާޓަން ރިބެއިރޯ، ފަބީނިއޯ، ފްރެޑް، ލޫކަސް ޕަކުއެޓާ

އެޓޭކަރުން: އެންޓޮނީ، ގެބްރިއޭލް ޖީސަސް، ގެބްރިއޭލް މާޓިނެލީ، ނޭމާ ޖޫނިއާ، ޕެޑްރޯ، ރަފީނާ، ރިޗާލިސަން، ރޮޑްރީގޯ އަދި ވިނީޝިއަސް ޖޫނިއާ

ރިއާލް މެޑްރިޑްގެ ފޯވާޑް ވިނީޝިއަސް އަދި ބާސެލޯނާގެ ރަފީނިއާ ސްކޮޑުގައި ހިމަނާފައިވަނީ މި ސީޒަނުގައި ސްޕެނިޝް ލީގުގައި ދައްކަމުން އަންނަ ހުނަރުވެރި ކުޅުމަށް ބަލާފައި ކަމަށް ކޯޗު ޓައިޓް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މީދެން ބަޔަކު ހޭބަލިވާންޖެހޭ ބައެއްބާ؟
    * ނިސްބަތުން ބަލާއިރު ޤައުމެއްގެ އާބާދީގައި މުސްލިމުން އެންމެ މަދު އެއް ޤައުމު
    *ފާހިޝްކަންތަކާއި މުންކަރާތްތައް އިންތިހާއަށް އޮތް ޤައުމެއް.
    * ވައްކަމާއި، މަސްތުވާތަކެއްޗާއި، މަގުފޭރުމާއި އެތައް ނުބައެއް އޮތް ޤައުމެއް
    *އެބައެއްގެ މީޑިއާގައި އިސްލާމްދީނަށް ފުރައްސާރަކޮށް، ޖޯކުޖެހުން ބޮޑު ބައެއް
    ދެންވެސް ހަމަ ހޭރިހޭރިފައި މިމީހުންނަށް ސަޕޯޓުތޯ ކުރަންވީ؟

    6
    4
  2. Anonymous

    ރީނދޫ ހަމެއްވެސް މާ ރަނގަޅުވާނެ ތިޔަ އެއްޗެހިންނަށް ވުރެ.

    5
    2